ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލްގެ ޖިންސީ ގުނަވަން މަޖިލީހުގެ އެއްވެސް ފިރިހެން މެންބަރަކަށް ފެނިފައި ނުވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ މިދިޔަ ހަފްތާ ނިމުނުއިރު އޭނާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ކަމަށާއި އެއިން އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ.

ނާޒިލް ފުރަތަމަ ދޮގު ކުރެއްވި ކަމަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ދެކެވޭ ވާހަކައެވެ. ނާޒިލް ވިދާޅުވަނީ އެއްވެސް ފިރިހެން މެންބަރަކަށް އޭނާގެ ޖިންސީ ގުނަވަން ފެނިފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެކަން، ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ވަކިން ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން،" ނާޒިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހުންނަ އަސްލަމްގެ އަނބިކަނބަލުންގެ ގޯތި ރޯކޮށްލަން ބަޔަކު އުޅުނު އިރު އޭގެ ފަހަތުގައި ނާޒިލް ހުންނެވި ކަމަށް ތުހުމަތު ކުރެވޭއިރު، އެއީ ވެސް ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި މިފަދަ ގޭންގް ކުށްތަކުގައި ބައިވެރިވެ، ކުށްވެރިންނާ ގުޅުން އޮވެ، މީހުންގެ މުދަލާއި ގޯތިގެދޮރު ރޯކުރަމުން ދުވާ މީހެއް ނޫން، މުޅިން ދޮގު ބުހުތާން ވާހަކަތައް ފަތުރާފައި އޮތީ،" ނާޒިލް ވިދާޅުވިއެވެ.

މަޖިލިސް ތެރޭގައި ހިނގި ޒުވާބެއްގައި ނާޒިލް އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެކަން އަސްލަމް ދޮގެއް ނުކުރައްވައެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ އެ މައްސަލަ ސުލޫކު ކޮމިޓީއަށް ހުށަހަޅައިފައެވެ.

މަޖިލީހުގައި ހިނގި ކަންތައްތަކާ ގުޅޭ ގޮތުން އަސްލަމްއާ ސުވާލު ކުރުމުން އެ ވާހަކަ ދައްކަވަން އަސްލަމް ބޭނުމެއް ނުވިއެވެ. ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް އަސްލަމް ނުދެއްވައެވެ.

އަސްލަމް ވިދާޅުވި ވާހަކައަކީ ނާޒިލްގެ އަމަލުތައް ފެނިގެން އޭނާ "ޝޮކެއްގައި ހުރި" ކަމަށެވެ. އަދި މަޖިލީހުގައި "ކަމެއް ހިނގައިގެން އުޅޭ" ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި "އެހެންވާ ކަންތަކާއި އަޅާނުލާ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ނާޒިލްގެ ކުރިމަތި ފަރާތް ދައްކާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަސްލަމް ދޮގެއް ނުކުރައްވައެވެ. އެ ނުހިނގާ ކަމެއް ކަމަށް ވިދާޅެއް ނުވެއެވެ. ވިދާޅުވަނީ އެ ކަމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތައް ދައްކަވަން ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ މީޑިއާ ކޮމިއުނިކޭޝަން ޑިރެކްޓަރު ޒިޔާއު ވިދާޅުވީ މެންބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ ގޮތަށް މެންބަރަކު ހުށަހަޅުއްވާ މައްސަލައެއް އެ އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

މި ޚަބަރާ ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފާޑުކިއުންތައް ނާޒިލްއަށް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ނިޒާރު

    ދެއްކީމަ އެކަކުވެސް ނުބެލިދޯ، ދެންވެސް ނުދައްކާތި

    61
    3
  2. ދުންތަރި

    ކަލޯ ނިއުކުލިއަރު ހަތިޔާރެއްތަ އޮތީ؟ މިކަލޭގެ ބަލާލީމަވެސް އެނގޭ .......

    32
    3
  3. ލޮލް

    މިއަދު އެޖެންޑާ ކޮށްގެން މިއުޅެނީ ޖިންސީގުނަވަނާ ބެހޭ ގޮތުން ޚިޔާލު ހޯދުމުގެ ބިލެއްތަ؟

    71
    • އަލިބެއްޔާ

      ދިވެހި ރައްޔިތުންގެ މަޖިލީހަކީ ދިވެހިންނަށް ލާބަ މަންފާއަށް އޮތް ތަނެއްނޫން..

      51
  4. ބޮލި މުލައް

    ހުރިހާ އަންހެން މެމްބަރުންނަށް ދޯ ދެއްކީ

    66
    1
  5. ޟަމީރު

    އެހެން ވީމާ އަންހެން މެންބަރުންދޯ ތިޔަބުނާ ގުނަވަނެއްބެލީ
    ޢެއްވެސް ފިރިހެން މެމްބަރަކު ނުބެލިދޯ އަންހެން މެމްބަރުން ބަލާފަހުންނާނީ ސިއްރު ސިއްރުންވެސް

    44
    1
  6. ކަކުނި

    އަންހެނަކަށޭތަ ތިބުނީ ދެއްކީ؟

    42
    1
    • އަޙްމަދު

      އެމަޖްލީހުގައި އެނާގެ އަންހެނުން އުޅޭކަން ނޭނގޭތޯ!

      1
      1
  7. Anonymous

    އެހެންނޫންނަމަ މީގެކުރިން ތިބޭފުޅާއޭކިޔާފަ އެފަދަ އެއްވެސްވާހަކައެއް ދައްކާފައިނުވާއިރު މިހާރު ކުއްލިގޮތަކަށް ހަމަހިލާ ހުއްޓާތޯ ތިވިދާޅުވަނީ؟؟؟ހުރިހާ މީހުންނަކީ ނުވިސްނޭ ގަމާރުންޖަމަށްވެސް ދެކިގެނެއްނުވާނެ، ދޮތެ

    35
    1
  8. އަހްމަދު

    މިއަމަލަކީ ގަސްތުގައި ރާވައިގެން ނަޒިލްގެ އަގްވައްޓާލަން ބަޔަކު އިންގާ ޖަރީމާއެއް!

    9
    40
  9. ފައިރޫޒު

    ރޮޒޭނާ މެންނަށް ފެނުނުބާ!

    38
    1
  10. ފާއިޒު

    ނާޒިލް ބުނެދީބަލަ އަސްލަމަށް ދައްކަން މަސައްކަތް ނުކުރާކަން.

    31
    1
  11. ޝާނީ

    އެހެންވީމަ މަޖިލީހުގެ އަންހެން މެންބަރުންނަށް ފެނިފަތާ އޮތީ އޭނަގެ އޭތި

    37
    • އަޙްމަދު

      ހިސާން ހުސެއިންއަކީ އޭނާގެ އަންހެނުން!

  12. Anonymous

    އަދިވެސް ނުބުނަމެއްނޫންތޯ ނުދައްކަމޭ، ދެއްކީމަވެސް އެއްވެސްމީހަކު އެއެއްޗާއިދިމާލަށް ބަލާފައިނުވާކަން ތިބޭފުޅާއަށް ޔަގީންވާނަމަ ބުނެވިދާނެ އެއްވެސްމީހަކަށް ފެނިފައި ނުވާނެއޭ، ތިފަދަ ނާތަހުޒީބު ކުފުރު އަމަލެއް ކުރިކަމަށްވަނީ މިސަރުކާރުގެ އެއްމެއިސް އެއް ފަނޑިޔާރު އަދި އެމްޕީ ޙިސާނުގެވެސް ފިރިކަލުން ވީމަވެސް ރ.މަޖިލީހުގައާއި މުޅިގައުމަށް އަގުވެއްޓި ނިމިއްޖެ!! ޢަދި މަޖިލިސްކުރާ ގެއަކީ ވަލު ޖަންގައްޔަކަށްވުރެވެސް ދަށުދަރަޖައިގެ ތަނަކަށްވެ ނިމިއްޖެ،

    35
  13. ޢޭނަ

    އެހެން ވީމަ އަންހެން މެންބަރަކަށް ދެއްކިންދޯ...

    30
  14. އަލީ ދިއްދޫ

    އަންހެނުންނަށް ދެއްކީ ދޯ؟؟

    28
  15. ބިސް

    ދެން އަންހެން މެންބަރުންނޯ؟

    27
  16. މުހައްމަދު އަހްމަދު

    މަޖިލީހުގަ ތިބޭ އަންހެންވެރިންނަށް ދައްކަންދޯ؟

    29
  17. ޑަމް

    ފިރިހެނަކަށް ނުފެންނާނެ. ދެން އަންހެން މެމްބަރުނަށްތަ ފެނުނީ؟

    26
  18. ށަވިޔަނި

    އެހެންވީމާ އަންހެނުންނަށް ދޯފެނުނީ.

    25
  19. ތާނިޔާ

    ތިހެން ބުނީމަ ހީވަނީ ެައަންހެން މެންބަރަކަށް ދެއްކިހެން

    28
  20. Anonymous

    އެހެންވީމަ ތިތާ އުޅޭ އަންހެން ވެރިންނައް ދެއްކިފަތާ ދޯ ހުރީ...؟؟

    25
    1
  21. ކަލޭ

    ކިތަށް އަންހެން މެމްބަރުންނަށް ދެއްކިންތޯ؟ މިހާރު އެނގިއްޖެ އެއްވެސް ފިރިހެން މެންބަރަކަށް ނުދައްކާކަން ތިމެމްބަރުގެ ބަހުން.

    24
  22. ނަޒީމާ

    ނާޒިލްގެ ގުނަވަން އެހެންވީމާ ފެންނަނީ އަންހެން މެންބަރުންނަށް އެކަނިތާ

    27
    1
  23. އުދުހޭ ކާޕެޓް

    ކޮވިޑާއި ގުޅިގެން ޖެހޭ ތިކަހަލަ ނަފްސާނީ މައްސަލަތަކަށްވެސް ައްލު ހޯދައިދޭންޖެހޭނެ.
    އަސްލަމް އަށް ފެނުނު އެއްޗެއް ފެނުނު ގޮތަށް ސިފަކޮށްދީ އަދި ތެދުދޮގު އުދުހޭ ކާޕޭޓް ކައިރިން އަހާލީމާ ޔަގީންވާނެ.

    22
  24. ޢެބޭއުޅާ

    ނާޒިލް އާއި އަނބި ކަނބަލުން ހިސާން އާ ދެމެދު މައްސަލަތަކެއް އުޅޭތަން ދުވަސް ކޮޅައްފަހުމް މިކަމެއް ހިނގީ.މުއުތަބަރު ހަބަރެއްމީ.

    20
    2
    • ސަބަބު

      ޢެހެންވެ ތަ ދައްކްންޖެހުނީ؟

    • ސަބަބު

      ޢެހެންވެތަ ދައްކަންޖެހުނީ؟

  25. ޚިޔާލު

    މަޖްލިސް ރައީސް ބުނީ ޔައުމިއްޔާ ބެލީމައޭ އެނގޭނީ މެމްބާރަކު އަދި އެއްޗެއް ފެނުނު ވާހަކަ ބުންޏެއްކަމަކު ރަސްމީހައިސިއްޔަތަކުން ނޭގޭނެކަމަށް

  26. ޔޫތް

    ދެއްކީ ފިރިހެން ބޭފުޅުކައް ނޫން އަންހެން ބޭފުޅަކައް

  27. މުޙައްމަދު އަނީލް ޖަންބުމާގެ

    އެހެންވީމާ ކަލޭ ތިބުނީ އަސްލަމް އަކީ އަންހެނެކޭ ދޯ؟؟؟

  28. Anonymous

    މަޖްލީހުގައި ނާޒިލްގެ އަންހެނުން އުޅޭކަންވެސް ކޮމެންޓް ކުރާމީހުންނަށް ނޭގެނީބާ!

  29. އައްޑަނަ

    ދެއްކިކަމަށް ތިޔަބުނާ އެއްޗަކީ ލޯޔަރު ހިސާނުގެ "ގާނޫނު އަސާސީ" ނޫންބާ

  30. ވަސްކޮޑަގާމާ

    ހަޑިގުނަވަން ކުޑަ މީހާ. ޗީޗީ

  31. ޒުވާން އަންހެނުން ކުދިން

    އޭނާ މަޝްހޫރުވާން ވެގެން ކުރާ ކަން ކަން ނިކަން ބަލާބަލަ ހުރި ގޮތެއް ، ބޭއި އޭއި ބޭއި، ލަދު ނުދައްކައި މަޑުން ހުރެބަލާ، އޭނާ ހިތުން އެވާހަކަ ދައްކައި އަންހެންކުދިން މާގަޔާވާނެ މީހަކަށް ވެވޭނެ ކަމަށް އެކަހަލަ ގޮތަކުން އިސްތިހާރުވީމާ، ކޮބާ ތިގޮލާގެ އަންހެނުން ގެޔަށް ދިޔައިމާ އަހުވަ ދައްކާލާތި، ނަނިކަންކަން ކުރަންޏާ

  32. ނުފެނުނީ

    ބޮކްސާ ލައިގެން ހުރިކަމަށްވާނަމަ ޔަގީނުންވެސް ނުފެންނާނެ.

  33. ޙައްސާނު

    މަޖްލިސްގެ މެމްބަރުން ނޫން ފިރިހެނުންނަށް ދައްކަން ދޯ ؟

  34. ލައްޗޭ

    އަސްލަމާއި ދިމާލަށް އެބުނީ އެއީ އަންހެނެކޭ

  35. ކޮއްޔާ

    މަާނައަކި މަޖިލިސް ފިރިހެނުނަށް ނޫން ފިރިހެނުންނަށް / މަޖިލިސް އަންހެން މެމްބަރުންނަށް ،،،،،،،، ތީ ކަށިގާ ހިފާފަހުރި ކަމެއްތާ ،،،،،

  36. ދުރޫސުލްއަޙުލާގު

    ހޫން ހޮކީ ކުޅޭ ދަބެއް މީނަ ގެންގުޅެނީ

  37. ކޯކް

    ހުދް މަޖްލިހުގެ ރައީސްވެސް ރޯބަރަހަނާގަ ފޮޓޯނަންގުވާފަ މާސްމީޑިއާ އައްދޫކޮއްލިދޯ؟ އެކަމެއްގޯސްނުވިދޯ.