ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާ ކަން އާއިލާއިން "ވަގުތު" އަށް ކަށަވަރުކޮށްދެއްވައިފިއެވެ.

ނަޝީދުގެ އާއިލާއިން ޔަގީންކަން ދެއްވި ގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަނިކުފާނު ދަތުރު ކުރައްވާ އެމިރެޓްސްގެ ފްލައިޓް ޖައްސާނީ 3:00 ޖަހާކަށް ހާއިރު ކަމަށް އެނގިފައިވެއެވެ.

ނަޝީދު އަނބުރާ ރާއްޖެ މި ވަޑައިގަންނަވަނީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދެވުމަށް ފަހުގައެވެ.

އެންމެ ފުރަތަމަ އޭޑީކޭގައި ހަފުތާއެއްހާ ދުވަހު ފަރުވާދީ ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އެ ހަމަލާއިން އެމަނިކުފާނުގެ ސަލަމާތްވެވަޑައިގަތީ ހަނި ގޮތަކަށެވެ.

އިނގިރޭސިވިލާތުގައި ހުންނެވިއިރު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގެންފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ހަމަލާގެ ރޭވުންތެރިންނާއި ފަންޑު ކުރި މީހުން ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށެވެ.

އޭރު ނަޝީދުގެ އަރިސް ބޭފުޅުން ވެސް ގެންދެވީ ރާއްޖެ ވަޑައިނުގެން މަޑުކުރައްވަން އެދިވަޑައިގަންނަވަމުންނެވެ.

މިއަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ އާއިލާއިން ވަނީ އެމަނިކުފާނު ކަސްރަތު ކުރައްވާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވެސް ޓްވިޓާގައި އާންމުކުރައްވައިފައެވެ. ނަޝީދުގެ ހާލުކޮޅު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކީލި

    ހަމަލާ ދިން މީހުންނާ ފަންޑުކުރި މީހުން މިހާރު އެގުނީމަ ސަލާމަތާ ރައްކާތެރިކަން ލިބުނީކަމަށް ވެދާނެ

    40
  2. ސީނު

    ބަލާވެރިކަން ޖެހުނީ މި.

    56
    4
  3. ބާޣީ

    ބޮޑުވަޒީރުކަން ލިބުނީތަ މާލެއަންނަނީ؟ އަނެއްކާ ބލ މސބތ ޖެހުނީތާ

    44
    2
  4. Anonymous

    ނަޝީދަކީ ރައީސް އެއްކަމައް ދުވަހަކުވެސް ގަބޫލެއް ނުކުރާނަން.

    44
    3
    • ޒިމް

      ކަލޭ ޤަބޫލްކުރިޔަސް ނުކުރިޔަސް އެއީ ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއް.. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް.. ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ.. ކަލޭގެ މުސްކުޅި މައިންބަފައިންނަށްވެސް އައިސްކޯން ބޯލަން ފައިސާގެ އެލަވަންސް ދެއްވި އަދި ކަލޭގެ އައިޑީކާޑަށްވެސް ހިލޭބޭސްފަރުވާކުރެވޭގޮތް ހަމަ ޖައްސާދިން ރައީސް..

    • އަމީތާބް

      ކަލޭގެ ބައްޕައަކީ ބައްޕަކަމަށްވެސް ޤަބޫލްނުކުރާ މީހެއްތީ!

  5. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    30
    9
  6. ބޯގޯސް

    ކަންތަކާ ޖެހުނީ

    49
    2
  7. އިސްޢާފް ސަލީމް

    ސްޓަންޓްގެ ވަރެއް ނެތްކަން ކަށަވަރުވީތޯއްޗެއް!!!!

  8. ދާދް

    ޤައުމު ވިއްކުމުގެ އެއްމެ އިސްލީޑަރ އަދި ބޮޑު ހާއިނު ހައިޖާން ހަދަން ޤައުމަށް އެނބުރި އަންނަނީ. މާތްﷲ މިބަލާ މުސީބާތުން އަޅަމެން މިންޖުކުރައްވާށި. އާމީން.

  9. ޙުސެން

    ޜާއްޖޭގޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރާއްޖެއަށް ތިންދުވަހުގެ ރަސްމީ ދަތުރު ފުޅެއް ކުރައްވަނީ

  10. ހުސޭނުބޭ

    ހުތްވެގެން ތި އަންނަނީ. އިގިރޭސިވިލާތު ބޮޑުވަޒީރުކަން ލިބޭތޯ މުޒާހަރާކޮށްނަމަ ކިހާ ރަގަޅު

  11. ހަވާސާ ހަމީދު

    އަނެއްކާއަނެއް ގޭސްގަނޑު އަނބުރާލައި ސަރުކާރު ހިންގަން ޖެއްސުންކުރުމުގެ މަސައްކަތް މެކުހައްޖެހުނީ!

  12. އަލިބެ

    ރާއްޖެއަމާން އޮމާން ބިއްލޫރިގަނޑަކަށް ވީބާ!؟

  13. އަބްދޫ

    އަފްރާސީމާއި ރިޒްވާނުގެ މައްސަލާގަ ނަސިދު ހައްޔަރުކޮށް ދޫނިދޫ ކުޑަގޮޅިޔަށް ގެންދޭ.