ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލި ގޮތާއި ވެރިކަން ބަދަލުކޮށްލި ގޮތް ހޯދަން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

މި މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އަށް އިންތިގާލީ އިންސާފުގެ އޮފީހުން ފޮނުވި ސިޓީއެއްގައި ވަނީ އެ މައްސަލައަކީ އެ އޮފީހުގެ އިހްތިސާސްގެ ތެރެއަށް ވަންނަ މައްސަލައެއް ކަމުގައި ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައަކީ އާންމު މަސްހަލަތާ ގުޅުން ހުރި މައްސަލައެއް ކަމަށްވާތީއާއި، ގިނަ ދުވަސްވީ މައްސަލައެއް ކަމުން، މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ކަމާ ހުޅުން ހުރި ފަރާތްތަކުން މައުލޫމާތު ހޯދުމަށް ފަހު ތަހުގީގު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ސިޓީގައިވެއެވެ.

އަށް ނުކުތާއެއް ފާހަގަކޮށް އެ މައްސަލައިގެ ފޯމުގައި ވަނީ ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށް ފަހު ފަތްޖެހި އެނދުކޮޅަކަށް ލައިގެން ގެނެސް އެމަނިކުފާނު ޝަރީއަތަށް ހާޒިރުކުރީ އެމަނިކުފާނުގެ ކަރާމާތް ގެއްލޭ ގޮތަށް ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އަދި އަމީނުގެ ވެރިކަން ނިމުނު ގޮތް ސާފުވެފައި ނުވުމާއި އަމީނުގެ މައްޗަށް ދިވެހި ދައުލަތުގެ ފަރާތުން ކުރި ދައުވާތަކުގެ ސީޣާ ސާފުވެފައި ނެތުމާއި އެކަމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ އާއި އެކަމުގެ ހަގީގަތް ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން އަމީނުގެ މައްޗަށް ދައުލަތުގެ ޝަރީއަތެއްކޮށް އަމީނަކީ ޚާއިނެއް ކަމަށް ނިންމާފައިވާ ކަމަށް ތުންތުން މަތިން ވާހަކަތައް ދެކެވެމުން ދިއުމާއި އެއްވެސް ރަސްމީ ތާރީހީ ލިޔުމަކުން އޭގެ ސައްހަކަން ކަށަވަރުވެފައިނުވާތީ އެކަމުގެ ސައްހަކަން ކަށަވަރުކުރުމާއި އަމީން، ހަވަރަށްލާ ތެޅުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނާއި އެކަން ރާވާ އިންތިޒާމުކުރުމުގައި ޝާމިލްވި މީހުންންނަކީ ކޮން ބަޔެއްކަން ބެލުމަށް ވެސް ވަނީ އެދިފައެވެ.

ރައީސް އަމީން ރައީސްކަމުގެ މަގާމު ފުރުއްވީ 1953 ވަނަަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޮގަސްޓު މަހަށެވެ. މަގާމުން ދުރުކުރީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރީ ވިހަމަނާފުށީ ނުވަތަ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. މުޙައްމަދު

  މަރުހޫމް އަމީން އަންނާނެބާ.ގަބުރު ކޮނެގެން ެމީހުން ތިބިތަނަކުން ނަގައިގެން ސުވާލުކުރާތި. އިންސާފު ލިބޭނެ.

  7
  2
 2. ކަތްދަ

  ޙޭބަަލި ވެދާނެ ކިހިނެއް އެމައްސަލަ ބަލާނީ އެއިރުގެ އެކަން ދެނަހުރި މީހުން މިހާރު ދުނިޔޭގަ އެބަ ތިބިބާ
  މިއޮތީވާ ސަރުކާރެއް.

  12
 3. ސަލްމާ

  ނޮވެމްބަރ 3 ގެ މައްސަލަ ބަލައިދެވޭނެތަ ؟
  ކޯޓްތަކުގައި ރޯކުރި މައްސަލަ
  ޖމރ އަށް އެއަރޕޯރޓް ނުއަގުގައި ދިން މައްސަލަ ؟

  14
 4. މޮޔަވެދާނެ

  މި އުޅެނީ ދާދި ފަހުން ހިނގާދިޔަ އެތައް މަރުތަކެއްގެ ވާނުވާ ނޭނގިގެން..އެއިން މައްސަލައެއް ފިނިހަކަ ސްޕީޑްގަވެސް ކުރިޔަށް ނުގޮސްގެން..ދެން މާކުރީ ޒަމާނެއްގަ ހިނގާފަ އޮތް މަރެއް ތަހުޤީޤުކުރަން ތިއުޅެނީ..ހެއްވާ ވާހަކަ ނުދައްކަބަލަ..!!ކުރެވޭ ކަންތައް ކޮށްބަލަ..!!އިރުން އިރަށް ކައި ބަނޑުފުރާލައިގެން އައިސް މަޖިލީސްތެރޭގަ އަޑު ނެތްތަނަށް ހަޅޭލަވާބަލަ..!!ދެން މަހުން މަހަށް މުސާރަނަގާބަލަ..!!މިބުނީ ކުރެވޭ ކަމެއްގެ ވާހަކަ.

  15
 5. މޯޑު

  ތިކަމުގެ ސައްހަގޮތުގައި ޖަވާބުދާރީ ވާނެ ބަޔަކު ދުނިޔޭގަ
  މިހާރު އެބަތިބިތޯ؟

 6. ދުންމާރި

  ކަލޯގަޔާ މިފެންނަނީ ހުވަފެނެއްތަ؟ މީގެ އެތަށް އަހަރެއް ކުރިން ހިނގާފަހުރިކަންކަން ބަލާނެ ގޮތެއްނުވިސްނޭ އެހެންވީމާ އަމީނު ދީދީއާ އެކަމާގުޅުންހުރި ހުރިހާހެކިންނާ އެންމެން އަޅުން ފުރާނަ އަޅުއްވައިގެންގެނެސް ދުނިޔެމަތީގަ އަދާލަތަށް ހާޟިރުކުރަނީބާ؟ މި ލާދީނީ އެމްޑީޕީ ސަރުކާރު މިތެޅިބާލަނީ ކޮންކަމެއް ނުވެގެންތަ؟އަދިވެސް ކުރެވުނުވަރު ކުޑައީތަ؟

 7. ހ1932

  ކީއްވެބާ 1932 ވަނަ އަހަރުންފެށިގެން ހިނގާފަހުރި ހުރިހާ މައްސަލައެއް ބަލަން ނުނިންމީ އެމްޑީޕީ ވެރިކަމުގެ ބޭނުމުގަ މިޤައުމުގަ ހިނގި ޖަރީމާތަކުގެ މައްސަލަތައްނޫން ހުރިހާ މައްސަލަތަކެއް ބަލަންޖެހޭނެ އެހެންނޫނީ އެމްޑީޕީއަށް ކަމެއްކުރެވުނުކަމަކަށްނުވާނެ

 8. Anonymous

  ކުރާނެ އެހެން އެއްވެސ

 9. އިބުރާ

  ކުރާނެ އެހެން އެއްވެސް ކަމެއް ނެތިގެން އުޅޭ ބަޔެއް ދޯ؟ މުސާރަ ހަލާލު ކުރަން ވާނެ ތާ! ހަހަހަ ހަމަ ހިނި އަންނަނީ. ކަމެއް ކުރަން އަދި ކުރެވެން ނެތިއްޔާ ގޮސް ގޭގަ ތިބެ ބަލަ އިސްތިއުފާ ދީފަ. އަޖައިބެއް ފަހެ ނުވާނެ.

 10. ކާފަބޭ2020

  😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

 11. ނާރު

  މި ގައުމު އިންޑިޔާގެ ކަންނަންނޫރުން އައިސް ގައުމުން އެތައްބަޔަކު މަރާ އަންދާ

 12. ގަބަރާ

  ނުޖެހޭނެ މިހާރު ބަލާކަށް. ތިއުޅެނީ ދިވެހިންގެ ރިސޯސް ތައް ބޭކާރުގޮތުގަ ޚަރަދު ކުރަން. ތިހެންވެއްޖިއްޔާ ދެ ބޮޑު ހުޅާ، މުހަންމަދު އަމީން ޑީޑީ އައް ފަންޑިތަހެދި ކަންތަކާ ރުކުގަ ބަދެ ބަޑިޖަހާ މެރިސަބަބާ މިހުރިހާކަމެއްބަލަންވާނެ. މަމިހުރިހާމައްސަލައެއް ހުށަހަޅާނަން. މޮޔަނުވޭ.

  10
 13. ށުމަން

  ދައުލަތުގެ މާލިއްޔާތުން ފައިސާ ގަޑެއް ދަވާލުމުގެ ހީލަތް ތެރި ރޭވުމެއް މީ! ޢަމީން ދީދީ މަރާލި މީހަުން ވެސް ތިބީ ކައްވަޅުގަ. ދެން މީ ކޮން ސަކަރާތެއްތަ!

 14. Anonymous

  ޙެހެ އެޒަމާނުގެ މީހަކު ދުނިޔޭގަވެސް މިހާރު ނުހުންނާނެ ހުއްޓަސް ހުންނާނީ 100 އަހަރާއި ގާތްވެ ބުއްދި ފިލާ ގޮސްފަ މި ދެން ބޮޑު ޖޯކެއްތާދޯ

  33
  2
  • އަހުމަދު

   ކިހާގަދަ ފުލުހުންނައްވުރެވެސްމޮޮޅު ބައެއް

   4
   1
 15. Anonymous

  ޢަސްލު ވަރައް ކާފަރު މީހެކޯ ކިޔާތީ އިވޭ އަންހެނުންނާ ހެދި ވަރަށް ފޯރިހުރެޔޯ ކިޔ

  17
  8
 16. Anonymous

  ކުރާނެ ކަންތައް ހުސްވިއްޔާ އޭނަގެ ކާފަ ދަރިންނަށް ލާރިގަޑެއް ބަދަލުގެ ގޮތުގައި ދީފަ ތިކަންތައް ހުއްޓަބަލަ ނޫނިއްޔާ ކޮންމެ ކާފަ ދަރިއަކައް ރިސޯޓެއް ދީބަ
  ޤ

  25
  2
 17. Anonymous

  ކެރަފާ ދޮންބެ އަލުން ދިރިގެން ދުނިޔެއަށް އައީތަ

  21
 18. ސަންގު

  ސަޅިހަބަރެއް.!!!

  8
  1
 19. Anonymous

  އިޝްގީ ތާރަބެޔެއް ދޮތަ

  10
  2
 20. މުހަންމަދު

  މީކިހާވަރަކުންދާނެ ބައެއްބާ !! ފެންވަރު ފެންނާނެބާ !! މި ރާއްޖޭގަ ކަތިލާ މަރާފަ އޮތް އެއްކަމެއްވެސް ނިންމަބަލަ //
  ދިވެހި ފުލުހުންނަށް ވުރެވެސް ކުރީގަ ހިތުން އުޅޭ ބައެއްތާ ))

  22
 21. ޏުުނޮ

  ރަންގަޅު.ނުހައްގުނ މަރާލާފައި ވާނަމަ އާއިލާ އައް ހައްގު ހޯދައިދޭން ޖެހޭނެ

  10
  3
 22. ދޯކާ 1

  ނުފޯރާ ފޮތިން ފުލެއް ނުގެޅޭނެ ،،،،،،،،،،،،، ބޮޑުގޮނޑި އެއްގަ ކޮންމެމީހަކު ބޭންދިޔަސް އިނދެދާނެ ،،،،،،،،

  22
  1
 23. ދެރަވވ

  ވޭތުވެދިޔަ 10 އަހަރުގެ މަރުގެ ތަގުގީގު ނިއްމާށޭ ހަޔާތް ގޮއްވަން ނޫޅޭށޭ.

 24. ޏނ

  ތި ކަންހުއްޓާފަ ނިކަން ހަނނާވަމުން މިދާ ރައްޔިތުންނަށް އަޅާލާބާ

 25. ޙހހހ

  ހަށިގަނޑު ނަގާގެން ޕޯސްޓްމޯޓަން ހަދަން ވެސް ޖެހޭނެބާ ، ކިހާދެރަކަމެއް ، ފާޑުފާޑުގެ ކޮމިޝަންތައް ހަދާގެން ޚަޒާނާ ދަވާލައިފި ، ގުއިތަފާލުގައި ދަނޑިން ތެޅުން ނޫން ކަމެއް ނުކުރޭ ، އަމިއްލައަށް ތެޅީމަ އަމިއްލަ ގަޔަށްބުރާނީ

 26. ބެރުގޮ

  ހަޙަޙަޙަޙަޙަ

 27. މޯދި

  ދިވެހި އެތަކެށް އަންހެން ކުދިންނާއި ކަބަލުންނައް ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން އަމީންގެފަރާތުން ލިބިފައިވާ ކަމަށް ތުހުމަތު ކުރެ ވިފައިވާ މައްސަލަތައް ބެލުން މުހިއްމު

  2
  1
 28. ބޮލި މުލައް

  މި ވެރިކަމުގެ ބާކީއޮތް ދުވަސްތައް ތިޔަ މައްސަލަ ބަލާށޭ ކިޔާފަ ހޭދަކޮށްލާ ބޭތުލްމާލުން މުސާރަ ދޭނެއްނު

 29. ޟމ

  އިހަކަށް ދުވަހު ލޯމަތީގައި ހިނގާދިޔަ ކަންކަން ތަޙްޤީޤް ނުކުރެވިގެން އުޅޭއިރު މި ދެން ކޮންކަމެއް ހާސިލް ކުރަން ކުރާކަމެއްބާވައޭ މިހާރު ހިތަށް އަރައެވެ. ޢެ މަރުޙޫމް އެ އޮތްތަނެއްގަ އޮތަ ދޭންވީނުން

 30. ސސ

  ރަސްކަމަށް ފަހުގައި މިރާއްޖޭގެ ވެރިކަން ކުރި ކޮންމެ ވެރިއަކަށް ފަހުން އަންނަ ވެރިމީހާގެ ފަރާތުން އަނިޔާލިބޭ ކަމީ މިއަދުވެސް ފެންނަމުންދާ ހަޤީގަތެއް، ރައީސު އަމީނަށް އަނިޔާ ދިނީ އޭނާގެ ފަހުން ވެރިކަން ކުރި މީހުން !

 31. މއކ

  ރަންނަމާރި އަރާ އަންހެން ކުދިން ރޭޕްކުރި މައްސަލަވެސް ބަލަންވީނު

 32. އަބުދުﷲ

  އެއްވެސް ކަމެއް ކުރަން ދައްކާ ވާހަކަ ތަކެއް ނޫން . މުސާރައޭ ކިޔައިގެން ދައުލަތް ލޫޓުވައިގެން ކަމުންދާކަމުގެ އިހުސާސް ރައްޔިތުންނައް ވިޔަނުދީ އަބަދު ފޯކަސް ބަދަލުކޮއްފަ ބަހައްޓަން ދައްކާ ހަރާމް ކޯރު ގައްދާރު ވާހަކަ.!!!!!!!

 33. އަބާން

  ސިޔާސީ ބޮޑެތި މަޤާމުތަކަށް އަރާތިބި ނާޤާބިލް ބަޔަކު ޤައުމުގެ ކުރިމަގު ރާވާނެގޮތެއް ނޭނގިގެން ތަޅާނެ އަނގައެއް ނެތިގެން މާކުރީ ޒަމާންތަކެއްގެ ވާހަކަ ނަގަނީއެވެ. އަހަރެންވެސް މުޙައްމަދު އަމީންގެ ކަންކަން ހިނގި ގޮތުން ވަރަށް ރުޅުއާދެއެވެ. އަދި އޭރު ތިބި ވެރިންނަށް ވަރަށް ނަފުރަތުކުރަމެވެ. ނަމަވެސް ދާދި ފަހުން އެންމެންގެ ކުރިމަތީ ވަޅިހަރާ މަރާލި އަނަސް އަށްއިންސާފު ހޯދައިދޭން އުޅުނިއްޔާ މާރަގަޅުވާނެތާއެވެ. އެ ފަކީރުގެ މަންމައާ ބައްޕަ އަދިވެސް ދުނިޔޭގެ އެބަހުރިވިއްޔާއެވެ. މުޙައްމަދު އަމީންގެ ހުރި ހަމައެކަނި ދަރިކަނބަލުންވެސް އަވަހާރަވެއްޖެއެވެ. ދާދި ިދާކަށް ދުވަހާ ޖެހެންދެން އެކަމަނާ ދުނިޔޭގަ އިންއިރުވެސް ތިކަމަކާ ނޫޅެއެވެ. އެކަމަކު މިއަދު މާމޮޅު ވާހަކައެއް ދައްކަން މާކުރީގެ ކަންކަމަށް އިންސާފޭ ކިޔައިގެން އުޅުނަސް ވާނެކަމެއް އޮންނާނެ ހެއްޔެވެ؟ މިއަދުގެ ކަންކަމަށް މިއަދު އިންސާފު ނުލިބިގެން އުޅޭއިރު އެ ހަދިސާއެއް ހިނގި އިރު ދުނިޔޭގެ ހަނދާން ހުރިމީހުންވެސް ދެއަތުގެ އިނގިލިތަކުން ގުނޭހާ މަދުވުމުން އެކަންކަމަށް އިންސާފު ހޯދަން އުޅުނަސް ބޭކާރު ފައިސާތަކެއް ޚަރަދުވުން ފިޔަވައި އެހެންކަމެއް ނުވާނެއެވެ. އަބަދު މާޒީފަހަތުން ދުވެގެންނެއް ދުވަހަކު ކުރިއެރުމެއް ނުލިބޭނެއެވެ. މާޒީގަ ކަންހިނގިގޮތައް ބަލައިލިޔަސް އެއީ އަބަދު އަޅައިގަނެގެން އުޅެންޖެހޭ ކަމަކަށް ވެގެން ނުވާނެއެވެ. އަދި އަމުދުން ކުޅިފަސް އަތުވާންނެއްކަމެއްގާ އެއީ ބޭކާރު މަސައްކަތްގަނޑެކެވެ. އެކަމުން މުޖުތަމަޢު އަނެއްކާވެސް ފިތުނަވާ ކަންކަމާ ރަނގަޅުވާނީ ނޫލުނިއްޔާއެވެ.