ފައިނު އެއާޕޯޓް އެޅުމާއި ދެކޮޅަށް މިއަދު އެރަށުން ނިކުތް މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް ނިސްބަތްވާ "ފަސް" މީހުން ކަން "ވަގުތު"އަށް ކަށަވަރުވެއްޖެއެވެ.

އެރަށުގައި އެއާޕޯޓް އެޅުމައި ދެކޮޅަށްކަމަށް ބުނެ ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކޮށް މިއަދު ޓުއަރިޒަމް މިިނިސްޓްރީއަށް ހުށަހަޅާފައެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނިގޮތުގައި، އެ ޕެޓިޝަން ހުށަހަޅަން މިއަދު ދިޔަ ގިނަ މީހުންނަކީ އެރަށަށް ނިސްބަތްވާ ބައެއް ނޫން ކަަމަށެވެ.

ފައިނުގައި އެއާޕޯޓް އެޅުމާއި، ދެކޮޅަށް ޕެޓިޝަން ހުށަހެޅުމަށް ނިކުތްކަމަށް ބުނާ އެރަށު މީހުންގެ ފޮޓޯތަކެއް މީސް މީޑިޔާގައި ދައުރުވަމުންދާއިރު، އެތާ ތެރޭގައި ހިމެނެނީ އެރަށަށް ނިސްބަތްވާ ފަސް މީހުންނެވެ.

އެ ޕެޓިޝަންގައި 140 ވަރަކަށް މީހުން ސޮއިކޮށްފައިވާކަމަށް ބުނެފައިވާއިރު، އޭގެ ތެރެެއިން ބައެއް މީހުން ލައްވާ ސޮއިކުރީ އޮޅުވާލައިގެންނެވެ.

"ބައެެއް މީހުންގެ ކައިރީ ބުނީ ކައުންސިލް އިން އެކަށީގެންވާ މައުލޫމާތު ނުދޭތީ ސޮއި ކުރުވާ އެއްޗެއް ކަމަށް. އެއާޕޯޓް އެޅުވުން ހުއްޓުވަންށޭ ނުބުނޭ". އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ޕެޓިޝަން ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި މި ވަނީ، އެއާޕޯޓް އެޅުމުގެ ކޮންޓްރެކްޓްތަކުގައި ސޮއި ކޮށްފައިވަނީ އެއާޕޯޓް އެޅުމާ ގުޅޭ ގޮތުން ރައްޔިތުންނާ އެއްވެސް ވަރަކަށް މައުލޫމާތު ހިއްސާނުކޮށް ކަމަށް ބުނެއެވެ.

ފައިނުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއާ ހަވާލުވެފައިވަނީ އައިލެންޑް އޭވިއޭޝަނެވެ. އެ ރަށުގައި އެއާޕޯޓަކާއެކު ސިޓީ ހޮޓަލެއް ވެސް ތަރައްގީކުރުުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހަށްދޭބަލަ

    ފައިނު އެއާރޕޯރޓް ހަދާތީވެ ތިޔާ އެމްޑީޕީގެ ވަހީދު މެން ދެކޮޅު ހަދަނީ އެއީ ތިމާވެއްޓަށް އެއްވެސަް ގެއްލުމެއް ވާތީއެއް ނޫނޭ އެއީ އެއާރޕޯރޓް ހެދީމާ އެމްޑީޕީ އަށް ރާ އަތޮޅުގެ އެކަކު ވެސް ތާއީދު ނުކުރާތީވެ އެކަމާއި ޖެލަސްވާ ވަރުންނެވެ. ތަމެން މަހަށް ދޭބަލަ ތަމެންނަށް އިނގޭނެ ތިމާވެށި ހުންނާނެ ކަމަށް މަމެން ނުދެނެހުރިން ދޯ. ތަމެން މަހަށް ދޭބަލަ ދެން މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ...

  2. މިހަާރު ކޖހ

    ތިޔަ ދެން ރައްދުވަނީ

  3. ކަމަނަ މުހައްމަދު

    ތި ކަމާ ދެކޮޅު މީހުން ގުރައިދޫ އިން ރަށްވެހިކަން ހޯދައިދީ

  4. ރެޓޭ

    ފަސޭހަ ގޮތް ބޭނުން ނުވަނީދޯ

  5. ޔާމީން

    މިއުޅެނީ ރާއްޖޭން މީހުންބާލަން

  6. އިބްރާހީމް

    އެހެންވީމާ ފައިނު ރައްޔިތުންނާ ، އެއާޕޯތް އެޅުމާއި ގުޅޭގޮތުން އަވަހަށް މަޝްވަރާ ފެށުމަށް ސަރުކާރަށް ގޮވާލަން. އަދި އެމަޝްވަރާ ތަކުގައި ދާ ޚަރަދުގެ ބައެއް އެ ރަށު ރައްޔިތުން ޒިންމާ ވާންވެސް މަޝްވަރާކުރުން އެދެން.

  7. ކުލަވަރު..

    ރަށުގެ ތިމާވެށީގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ރަށް ސާފުކުރުމުގައި ތިޔަ ޕެޓިޝަނުގައި އިސްކޮށް ތިޔަ އުޅުއްވާ ފަރާތްތަކުގެ އާއިލާގެ ކިހާވަރެއްގެ ހިއްސާއެއް އޮވޭބާ؟