އައިއީޑީ ބޮމެއް ގޮއްވާލައިގެން ދިން ނިރުބަވެރި ހަމަލާއަށް ފަސް މަސް ފަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ފައްޓަވައިފިއެވެ.

ހަމަލާގައި ލިބިވަޑައިގެންނެވިި ޒަހަމްތަކަށް ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދެއްވުމަށް ފަހު ނަޝީދު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މާލެ ވަޑައިގެންނެވުމާއެކު ނަޝީދުގެ ސަލާމަތީ ކަންކަންވަނީ ވަރުގަދަކޮށްފައެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވީ ތިން ދުވަހަށެވެ.

މިއަދުގެ ޖަލްސާ ފައްޓަވައި، ސަރުކާރުގެ އާމްދަނީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިިއަހަރު ތެރޭގައި މަޖިލީސް މެންބަރުން އެންމެ ބޮަޑަށް ކުރެއްވި މަސައްކަތަކީ ދައުލަތުގެ ދަރަނި ހުރި މިންވަރު ހޯދުމާއި އެ ދަރަނި އަދާކުރަމުން ގެންދާ ގޮތްތައް ހޯދައި ބެލުން ކަމަށެވެ.

އެއަށް ފަހު އެމަނިކުފާނު ދެއްކެވީ ޗައިނާގެ ވާހަކައެވެ. ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ކުރީ ސަރުކާރުގައި ޗައިނާ ސަރުކާރުންނާއި ކުންފުނިތަކުން އިންޓްރެސްޓް ބޮޑުކޮށް ނަގާފައިވާ ލޯނުތައް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން ނަގާ ލޯނުތަކަށް ދައްކަން ޖެހޭ މުއްދަތު ގާތްކޮށްފައި ބައެއް ފަހަރު ލުއި ބައެއް ލިބުނަސް އެކަމަށް ބޭނުންވަނީ ޖުމްލަ ހައްލެއް ކަމަށެވެ.

"އެހެން ނަމަވެސް އެއީ ދައުލަތް އިންތިޒާމް ކުރަމުންދާއިރުގައި އެހާ ކުޑަ މުއްދަތެއް ލިބިގެން ދަރަނި ދެއްކުން ލަސްކުރުން، ފަސްކުރުން، އެހެންވުމަށް ވުރެ ޖުމްލަ ހައްލެއް ލިބިފައި އޮތުން މުހިއްމު" އާންމުކޮށް ޗައިނާއަށް ފާޑުކިޔާ ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ނަޝީދު ވިދާޅުވި ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ "ދަރަނި ދަންތުރަ" އެކެވެ. އެ މައްސަލާ ގައި ޗައިނާގެ ކުރީގެ ސަފީރާ ނަޝީދާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރެވިފައި ވެއެވެ. ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި ޗައިނާގެ ނުފޫޒުން ރާއްޖެ ސަލަމާތްވާން ޖެހެއެވެ. އަދި ގާތް ގުޅުމެއް ބާއްވަން ޖެހެނީ އިންޑިއާއެެވެ.

ދިވެހި ދައުލަތުގެ ބޭރުގެ ދަރަނީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ވެސް ޗައިނާގެ ލޯނުތަކަށެވެ. ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމްޑީޕީގެ އިސް ބޭފުޅުން އަބަދުވެސް ވިދާޅުވެ ވާހަކަ ދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސޮއްޓި

    ބަލަ ތި ދަރަންޖާ އެތްޗެހި ދެއްކޭނެ މަޖުލިސް މެންބަރުންގެ މުސާރަ ކުޑަކޮށްލަބަލަ

    39
    1
  2. ސަމާ

    ދަރަނީގެ ވާހަކަ ދައްކާނީ ރައީސް، ފޮރިންގ މިނިސްޓަރ.
    ކަލޭ ހީކުރަނީ ތިމަންނަ މިއީ ބޮޑުވަޒީރޭ ދޯ ؟

    38
    1
  3. ސަޑުހަސަނު

    މިސަރުކާރުން މިހާތަނަށް ނަގާފައި ހުރި ލޯނުގެ އަދަދާއި ކުރީ ސަރުކާރުން ނަގާފައިވާ ލޯނުގެ އަދަދު އަދި ލޯނުފައިސާ ބޭނުންކޮށްގެން ކުރީސަރުކާރުން ނިންމާފަ އަދި ނިންމުމުގެ މަގުމަތީގައި ހުރި ކަންތައްތައް ތަކާއި މިސަރުކާރުން މިހާތަނަށް ނެގި ލޯނުން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް އަޅާކިޔާލަން ފަސޭހަގޮތަކަށް ގެނެސްދިނުމަށް ވަގުތު ނޫހުގެ ކިބައިން އެދެން.

  4. ޖާނޭ

    ސަމާލުކަން ހޯދުމާއި އިންޑިއާ ރުއްސައިގެން ބޮޑުވަޒީރުކަން ހާސިލު ކުރުމަށް ބޮޑެތި ދޮގު ހަދަނީ. ދަރަންޏާ އަރަނި އެގޭނީ ތަންދޮރު ދަންނަ މަޔާ ބަފަޔާ އަދި ދަރިން ވަކިވާ، ދުނިޔޭ އާޖުފާޖު އެގޭ މީހަކަށް.

    14
  5. އަބުދުﷲ

    ކަލޭމެންނައް ކުރަން އެނގޭ އޮންންނާނީ އެއްމެކަމެއް . !!!!! އެއީ ދަރަނި ނެގުމާ ދަރަނި ނުދައްކާ ދިންމީހާއާ ޒުވާބުކޮއް އަދާވާތްތެރިވުން. .

    12
  6. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    41
    1
  7. މަސްއޫދު

    ޗައިނާގެ ވާހަކަ ދައްއިރު ޗައިނާއިންދޯ ކަމެއްކުރެވިފައި އޮތީ! ބޮޑު އިބުލީސް ހުޅުލެއިން މާލައައީ ޗައިނާއިން އަޅައިދީފައި އޮތްބުރިޖުމަތިން! މީހަދަހާވާ ހަޔާތްކުޑަ ގޮތެއްފޮތެއްނެތް މީހެއްދޯ! ދަރަނީގެ ވާހަކަ ތިޔަ ދައްކަނީ މިޝައިތޯނެއްނުން ބުނީ ރާއްޖޭގއ 16 ރައް ޗައިނާއަށް ދީފައިވާކަމަށް! އެރައްތައް ދައްކަލަބަލަ!މިސަރުކާރުން އިންޑިޔާއަށް ރާއްޖޭގެ ކިތައްބިން ދީފިންތޯ!

    11
  8. މުފައްކިރު.

    ގުނާފި ނަމަ އިންޑިއާގެ ދަރަނި ޗައިނާ އަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވާނެ. ދައްކަން ޖެހޭ މުއްދަތު ކުރުވެފަ އިންޓްރެސްޓްވެސް ބޮޑުވާނެ. އިންޑިއާގެ ދަރަނި އަށް ކަންބޮޑުނުވާތީ ޙަގީގަތަށް ވާސިލުވުމަށް އުދަނގޫ ކަމެއް ހުރިހެން ހީވޭ. އަދިވެސް އިތުރު ފަރުވާ އެބަ ބޭނުންވޭ.

    10
  9. ބުއްޅަބޭ

    މިމީހާ ޗައިނާއާ އަޅައިގަނެގެން ނެއްޓެން ނޭގިގެން މިއުޅުނީ ކިހިިނެތް ވެގެންތަ؟ އިންޑިޔާ އިން ނަގާފައޮތް ދަރަނި ތަކުގެެ ވާހަކަ ދެއްކިއްޔާ މާރަނގަޅެއްނު. ޢަމިއްލަ ޖީބަށް އެޅޭބައި ބޮޑުކަމުން އެވާހަކަ ދައްކަން ނުކެރެންޏާ އަނގަމަޑުން ލައިގެން ހުންނަންވީ އެންނު

  10. ކާފަބޭ2020

    ޚަބަރުދާރު! އިންޑިއާގެދަރަނީގެވާހަކަނުދައްކާތި! ދައްކައިފިނަމަ ވެރިކަމަށްގެނައުމަށްކުރިޚަރަދުގެވާހަކަދައްކާނަން ޤާނޫނާޚިލާފަށްކުރިޚަރަދުތައްފަޅާއަރުވާނަން! މަންޒަރުރީތިވާނީ ޗައިނާޗައިނާޗައިނާ ތަސްބީއެއްހެންކިޔާލަކިޔާލާ ދަރަނިދަންތުރައަކީޗައިނާކަމަށް ދައްކަންމަސައްކަތްކުރިވަރަކަށް ނޫނީ މަންޒަރުހަޑިވެ ކަޅާހުދުގެމަންޒަރުފެންނަންފަށާފާނެ!

  11. ނާސިރު11

    ވެރިކަމާހެދި ބޫޗުކެެއީމަ ރަނގަޅު އެއްޗެއް ނުކިޔޭނެ. އިންޑިޔާއިން ނެގިލޯނުގެ އަދަދު 3 ގުނައަށް ބޮޑު. އެކަމަކު ކުރިކަމެއް އިންސާނެއްގެ ލޮލަކަށް ނުފެންނާނެ. ކުރާހާވެސް ކަމަކީ އިނގިރޭސިވިލާތުގެ ހުންނަން މަހަކު އެތައްލައްކައެއް ޚަރަދުކުރުން.

  12. ބޯހަލާކު

    ކޮބާ އިންޑިޔާ އިން މިނަގާދަރަނި ޗައިނާއިން ނެގީމާ ދަރަނި އިންޑިޔާ އިން ނެގީމާ ހިލޭއެހީ ނިމޭއިރު އަޅުވެތިވަނީ ޤައުމުގެ ބައެއް އެމީހުން ނަށް ބޯގޯސް ވާހަކަދައްކަން އައީ ކަލޭ ބޮޑުވަޒީރު ހެދެން ތިއައީ މީވަރުގަދަ އާފާތެއް ދިވެހިންނަށް މިހާރު ދޮގު ތެދު ވިސްނޭނެ ކޮންމެހެން މީހުންގެ ބޮލަށް ރީއަޅަން އުޅޭނެ ކަމެއްނެތް ފަހުޒަމާނުގެ އިބިލީހު ގެ ކިބައިން މި ޤައުމާއި ރަތްޔަތުން ސަލާމަތް ކޮށްދެއްށި އާމީން

  13. އަހުމަދު

    އިންޑިއާއިން ނެގިދަރަނި ހުރީކިހާވަރަކައް

  14. އަބުދުﷲ

    ހުރިހާ ދިވެހިން ގައުމުގެ ސަލާމަތައްޓަކާ ކުރަންޖެހޭ މަސައްކަތަކީ ލަދެއްނެތި ހައްގު ނޫން ބޯޑެތި މުސާރަތައް ނަގާ މީހުންނާ އިދިކޮޅުވެ އެމީހުންނާ ވާހަކަ ނުދައްކާ އެމީހުން އެކަހެރިކުރުން .

  15. ސސ

    ޑިމޮކްރަސީގެ ބޮޑު ތިލަފަށް ޖަހައިގެން ރައްޔިތުން އަޅުވެތިކޮށްގެން ޓެކުސް ފައިސާއޭ ކިޔާއިގެން ރައްޔުތުންގެ ފައިސާކޮޅު ޖަމާކޮށް ދެ މުސާރަ ނަގައިގެން މިއުޅެނީ ސިޔަސާ ވަފާތެރި ކެހިވެރި ޗޯރުން މުޅިންވެސް، ރައްޔިތުންނަށް މާރަގަޅު ބަޔަކަށް ހެދިގެން އުޅެނީ !

  16. ލާހި

    ސިޔާސީ ވަފާތެރި ކެހިވެރިން މީ ހައްތާވެސް ދެ މަޤާމުގެ މުސާރަޔާއި އިނާޔަތް ނަންގަވައިގެން ލަގުޒަރީ ދިރިއުޅުން އަދުލުގެ ތިލަފަތާއި ޑިމޮކްރަސީ އޭ ކިޔާއިގެން އޮޅުވާލާ ރައްޔިތުން ފަޤީރު ހާލުގައި !