ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ގައުމަށް ޣައްދާރުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމަކުން މިނިވަންކަމަށް ނުރައްކާވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ޖަމީލް ދެއްކެވީ އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ދިން ދިނުމަށެވެ. ޖަމީލް ވިދާޅުވީ އެފަހަރު ވެސް އެއާޕޯޓް ވިއްކައި ރައްޔިތުންނަށް އަނިޔާދިން ކަމަށެވެ.

"ރައީސް ސޯލިހާއި ނަޝީދު މިއަދު ވަނީ ޤައުމަށް ޣައްދާރުވެފައި. ބޭރު ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ. އެފަދަ ވެރިކަމެއްވެސް ނިންމަންޖެހޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު މިދިޔަ ހަފްތާގައި ނަޝީދު ވިދާޅުވެފައި ވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ޕެޓިޝަނުގައި މައްޗަށް ގޯޅި މެދުދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު ޒަމީރު ސޮއި ކުރެއްވި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ އިންޑިއާ އަކީ ރާޢްޖޭގެ އެންމެ އަވަށްޓެރި އަދި އެންމެ ގާތް ޤައުމު ކަމުން ދިވެހިންނަށް މޮޅުވާނީ ވަކި ފަރާތަކަށް ނުޖެހި ތިބުމުގެ ބަދަލުގައި އިންޑިއާ އާއި އެކު ތިބުން ކަމަށެވެ.

ނަމަވެސް މިއަދު ނަޝީދު ވަނީ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާއި ގުޅޭ ގޮތުން ސަރުކާރުން އިންޑިއާ އާއިއެކު ސޮއި ކޮށްފައިވާ އެއްބަސްވުން މަޖިލީހަށް ދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދޭނެ ކަމަށް ވިދާޅުވެފައެވެ. މިއެއްބަސްވުން މަޖިލީހަށް ފޮނުވަން ނުޖެހޭނެ ކަމަށް ކުރިން ނަޝީދު ވިދާޅުވެފައި ވެއެވެ. މިއަދު އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ އެއްބަސްވުމެއް މީގެ ކުރިން މީޑިއާގައި ލީކްވެފައިވެއެވެ. އެއެއްބަސްވުން ބުނާ ގޮތުގައި އިންޑިއާ ސިފައިން އުތުރުތިލަފަޅުގައި ތިބޭނެއެވެ. އެއީ ހަގީގަތަކަށް ވެއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ސަރަހައްދުތަކުގެ އަދަދު ހަތަރަކަށް އަރާނެއެވެ. މިހާރު ވެސް އައްޑޫ ސިޓީ ގަމާއި، ލ.ކައްދު އަދި ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޯލިބޭ

    ތާއީދު

    13
    4
  2. ތިމަންނަ

    މާޒީވެދިޔަ ތަނަށްބަލާއިރު ، ތިޔަ ކަލޭގެއަށް ރަގަޅު އެއް ގޮތެއްވެސް ނޯންނާނެ.

    7
    3
  3. އިބްރާހީމް

    ކަލޯ... ކަލޭ އަމިއްލަ ވިޔަފާރިއަށްޓަކައި ، ޤައުމު ޤުރުބާން ނުކުރޭ... ވަކީލޫ.....
    ޑރ.ޖަމީލް އަކީ ޤައުމިއްޔަތުގެ ކަންފުޅެއްވެސް ހުރި މީހެއް ނޫން... ތިޔަ ގެންގުޅުއްވާ "ކޭސް" ކާމިޔާބުވޭތޯ އުޅޭ ގޮތެއް ދެން... އެހެރީ ވިއްޔަ އިހަކައްދުވަހަކު ދެއްކި ވާހަކަތަކުގެ ރެކޯޑިންގް ތައް ލަންޑަނުގައި ހުރެގެންވެސް

    3
    6
  4. ކަނީރު

    ބަގާވާތެއް ނުގެނެވިދާނެތީ ބިރުންތެޅެނީ. އާން ބޭރުސިފައިން ތިބިއްޔާ އެކަން ކުރަން ވަރަށް އުނދަގޫވާނެ. ތާއީދު ކުރަނީ ބޭރުސިފައިން އިތުރުކުރުމަށް

    3
    9
  5. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    7
    2
  6. ވެރިން

    ގާތް މީހާ އޭ ކިޔާފަ ނުޖެހެ ގެޔަށް ވައްދާފަ ލާން ގެއްގުޅެ ހެދުމާ އިދެގެން އުޅޭ އަބިމީހާޔަ ނިދަންއެއްނަ ތައްމަތި ދޭކަށް.

    6
    1
  7. މަކޯނީ

    ޖަމީލޫ ކަލޭ ސަރުކާރުގެ މަގާމެއް ބޭނުންވާއިރަށް ވެރިކަން ވައްޓާލަން ޖެހޭދޯ، ކުރިންވެސް އެހެންދޯވީ އެކަމު ދެނެއް އެހެނެއް ނުވާނެ ވޯޓުލައިގެން ވެރިކަން ބަދަލުވަންދެން ކެއްކޮށްލާ އެވަރުގެ ކެތްތެރިކަމެއް ހުންނަންޖެހޭދޯ

    4
    9
  8. މަކޯނީ

    ﷲގެ އިރާދަފުޅުން ހަމަ އެހެންވެދާނެ ނުވެވެސްދާނެ އެނގޭކަމަކީ ﷲއީ ކޮންމެކަމަކަށްވެސް ކުޅަދުން ވަންތަރާސްކަލާންގެ މިހާރުމިކުރާވެރި ކަމަކީ ލިބުނު ވެރިކަމެއްވެސް ނޫނެތްނު އެހެންވީމާ ﷲގެ އިރާދަފުޅުން މާބޮޑު ހަމަނުޖެހުމެއް ނުހިގާ ހަމަހިމޭންކަމާއެކުވެސް މިވެރިކަން 5 އަހަރަށް ދެމިގެން ނުދިއުމަކީވެސް ހަމަވެދާނެކަމެއް ނޫންތޯ ؟؟؟

    1
    1