މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފްލީޓަށް ވެހިކަލްތަކެއް އިތުރުކޮށްފިއެވެ.

އެމްޓީސީސީގެ ފްލީޓަށް އިތުރު ކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 30 ޓަނުގެ 10 ހައިމާކާއި 25 ޓަނުގެ 15 ލޮރީ އަދި ހަލޯޑާރުއެވެ.

އެމްޓީސީސީގެ ފްލީޓު ވަރުގަދަކޮށްފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުން ފަދަ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ދަނޑިވަޅުގައެވެ.

އެމްޓީސީސީއަކީ ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުން އަންނަ ކުންފުންޏެވެ. އެކުންފުނީގެ އަމާޒަކީ، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތްތައް ފުރިހަމަ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު