އޭލެވެލް އިމްތިހާނުން ގަދަ 10 އެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މި މަހުގެ 17 ގައި ބާއްވަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އޭލެވެލް އިމްތިހާނުގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައި ވެއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަތް ދަރިވަރަކު ޔަގީންކޮށްފައިވެއެވެ.

ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް ކޮންމެ އަހަރަކުވެސް އެޑިއުކޭޝަނުން އެވޯޑް ދެއެވެ. ނަމަވެސް ކޮވިޑާއ ގުޅިގެން 2019 ވަނަ އަހަރުގެ ޖަލްސާ ނުބޭއްވެއެވެ. އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ.

އެޑިއުކޭޝަނުން ކުރިން ނިންމީ އޯލެވެލް އާއި އޭ ލެވެލް އިން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ރާއްޖެ އާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާއެއް ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    ޔާމީނު ވެރިކަމުގެ ފަހު ދުވަސްތަކުގެތެރޭގައި އެއްރެއަކު މިހާރުގެ ހައި އެޑިއުކޭޝަން މިނިސްޓަރ ޓީ.ވީ އަށް އަރާ ބުނި، ޓޮޕްޓެން ހޮވޭކުދިންނަށް ޖަލްސާ ބާއްވާ ތައުލީމު ބޮޑު މުބާރާތަކަށް ހަދާކަމަށް....ނޭގުނު.