މި ފަަހަކަށް އައިސް ރާއްޖެއަށް ވައި ޖެހޭ މިންވަރާއި ކަނޑުގެ ލޮނުގަނޑު އިތުރުވާ މިންވަރު މާ ބޮޑަށް އިތުރުވެއްޖެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ނޮވެންބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން މަޖިލީހުގެ އިތުރުން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
"މި ޖަަލްސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބޮޑަށް ގެއްލުންތައް ދިމާވަ ގައުމުތަކަށް ވަރަށް މުހިއްމު ބައްދަލުުމެއް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 97 އިންސައްތަ ރަށްތަކަކީ ފެނުގެ މައްސަލަ ދިމާވެފައިވާ ރަށްތައް ކަމަށެވެ. އަދި 90 އިންސައްތަ ރަށްރަށަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެއީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ކަންކަމަށްވާއިރު ސަލާމަތްކުރަން ޖެހޭ އުޅަނދުތަކުގެ އަދަދުވެސް ގިނަވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި 20 އަހަރާއި އަޅާބަލާއިރު ރާއްޖޭގެ މޫސުމަށް ވަރަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.
"ފާއިތުވި 20 އަހަރަށް ބަލާއިރު ވައިޖެހޭ މިންވަރު ބޮޑުތަނުން ބާރުވެއްޖެ. ވިއްސާރަ ވެހޭ މިންވަރު އިތުރުވެއްޖެ. ވައިޖެހޭ މިންވަރު އިތުރުވެއްޖެ މޫސުމަށް ބަދަލު އަތުވެއްޖެ. ލޮނުގަނޑު މައްޗަށް އުފުލިއްޖެ" ނަޝީދު ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަމަލުކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު ކަމަށެވެ.
ގައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުން ދިފާއުވުމުގެ ގާބިލުކަމާއި، މާލީ ތަނަވަސްކަން ނެތް ގައުމުތަކަށް، ތަނަވަސް ގައުމުތަކުން ކުރާ ހޭދައާއި، ދޭ އެހީ އިތުރުކުރަންޖެހޭނެ ކަމަށެވެ.
"މޫސުމީ ބަދަލުތަކާ ގުޅޭ މި ޝަކުވާއާއި، ކުރާ ވަކާލާތުގައި، އަމާންދީ، ފަހަށްޖެހުމަކީ ދިވެހިންނަށް އޮތް އިޚްތިޔާރެއް ނޫން" އދ. ގައި ދެއްވި ތަގްރީރުގައި ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މުޖުތަމަޢުގެ މަދަދާއި އެހީއާއެކު، 2030 އަށް ނެޓްޒީރޯއަށް ވާސިލުވުމަށް ރާއްޖެއިން ވަނީ އަޒުމް ކަނޑައަޅާފައެވެ.
ދެން އެވައިތައް ހިފަހައްޓަން ވީއެއްނޫން! ބަލަހައްޓައިގެން ތިޔަހުންނަނީ ކީއްވެތަ!
މިކަންކަންވެސް ރަނގަޅުކުރުމަށްޓަކައި މި ޤައުމުން އިންޑިޔާގެ ކާފަރު ސިފައިން ބާލަންޖެހޭ.
ކުރީގައި ރާބުއީމަތާ ފަހުން ރާނުބޯ ސެޓްފިކެޓް ހޯދައިގެން އުޅުނީ.
ދިހަ މީހަކަށް ބަނގުރަލުގެ ޙުކުމް އޮތްއިރު ކީއްވެބާ މަޤާމަށް ކުފޫ ހަމަވީ
ވައިބާރުވެގެންގޮސް ވަޔާ މިސަރުކާރު އެއްލާލާފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ދެން މީނާ ދައްކާފާ ނުދައްކާނެ ވާހަކައެއް ނޯންނާނެ. ހުރިހާކަމަކަށް އަނގަބާނާނެ. އޭރުންތާ މީނާގެ ގުނބޯތައް ނަށާނީ. މިއުޅެނީ ގުނބީ ނަށުވަންވެގެން.
ކަލޭގެ ބޮލަށް ތެޔޮއަރާ މިންވަރުވެސް އިތުރުވެއްޖެ
އެއްކަލަ ހެޑްލައިން ފުތު. ބޭކާރު އަނގަ ނުތަޅާ ގޭގަ އޮވެބަލަ
މައުމޫނު މިހެންބުނީމާ ކަމުނުދިޔަ މިހާރު ކޮންއެއްޗެކޭ މިކިޔަނީ؟؟
ރާއްޖެއަށް ވައިޖެހޭމިންވަރުވެސް ރާޅުއަރާ މިންވަރުވެސް އިތުރުވާނެ މި ޤައުމަށް ބަލާޔާ މުސީބާތް ފާވެގެން އުޅެންޏާ ތިޔަ ބަލާވެރިކަމުން މިޤައުމު ސަލާމަތްވީ ދުވަހަކުން ހުރިހކަމެއް ރަނގަޅުވާނީ
މީނަ ކިހާ ދުރު މާޒީއަކައް ބަލާފަބާ މިވާހަކައެއް ބުނެލަނީ؟؟؟؟؟. ފުރިހަމަ ޔަގީން އެއީ ދޮގުކަން. ބޮލައް ނޮހޮރުއްޕާން މީހެއް..!!!!!!
ކޮންކަހަލަ ދިރާސާ އެއްތޯ ހެއްދެވީ؟ އެއްވެސް ކަހަލަ ދިރާސާއެއް ނުހަދައި ތިކަހަލަ ފުލޯކު ވާހަކަ ދެއްކީމާ ތިޔަވަނީ ރޯނު އެދުރަކަށް، ނޫނީ ގޯނިބޭ ކަޑަ އަލީ ފަދަ މީހަކަށް، އެއްވެސް ދިރާސާ ނުކުރާ މީހަކު ކަރުބުޑަށް ވާގިލިއަސް އެއީ ސައިންސްވެރިއަކަށް ނުވާނެ ތޯއްޗެއް.
އެންމެ ބާރައް ވައިއަންނަނީ ނަޝީދާ ދިމާލުން.
ކަލޭގެ ސެކިއުރިޓީއަށް ކުރާ ޚަރަދާއި ގަނޑުވަރުކޮޅަށް ކުރާ ޚަރަދާއި ދަތުރުފަތުރަށް ކުރާ ޚަރަދާއި ވަށައިގެން ދުވާ ލަޝްކަރީންނަށް ކުރާ ޚަރަދު ބޮޑުވެގެން ރައްޔިތުން އެވާހަކަ ދައްކާނެހެން ހީވާތީ ރައްޔިތުންގެ ބޮލަށް ސަވާރުވާންވެގެން ކަލޭގެ ވައި އަނގައިން ނުކުންނަ ބަސްތައް ބާރުވެފައި ނުލަފާވެފައި އަޑުގަދަވާން ފަށައިފި.
އިންތިހާ ބައް ބޭރުން އެހީ ހޯދައިގެން ކެޔައުމައް ޖަހާ މަޅިއެއް ހެންހީވޭ
މީހުން ފޮޑި ޖަހާ ލެއް ގިނަ ވީ މަ ވާ ކަމެއް ކަމަށް އަންނި ގެ ރިސާޗުން ދައްކަނީ
ބޯގޯސް މޮޔަގޮވަން ފެށީ ދޯ
އަސްލުވެސް ތިހެންބުނީމަ މަށަށްވެސް މި އެނގުނީ ވައިޖެހޭ މިންވަރު ބާރުވެއްޖެކަން. އަހަރެމެން ދިވެހިންމީ ދޮޅުރޯނާ އަރާފަތިބޭވަރުން އެވަރުވެސް ނޭނގޭވިއްޔާ. ޝުކުރިއްޔާ ނަޝީދު
ކަންފަތުލާ މުދިވެސް މިހާރު ބާރު ވެއްޖެ.
ނަޝީދޫ. ވައިޖައްސަވާ، ކަނޑުގެ ރާޅުތައް ބަދަލުކުރައްވާ މޫސުން ބަދަލުކުުރު މަކީ އެއްވެސް މަޚުލޫޤެއްްގެ ބާރުގެ ދަށުގައި ހުންނަ ކަންތައް ތަކެއް ނޫން. އެއީ ﷲ ސުބްޙާނަހޫ ވަޠަޢާލާު އެކަނި ހިންގަވާ ބަލަހައްޓަވާ ކަންތައްތައް. މީހެއްގެ އަތެއް މީހެއްގެ ހިއްސާއެއް އެ ކަންތައް ތަކަށް ވާކަން ޤަބޫލުކުރު މަކީ ﷲ އަށް ޝަރީކުކުރުން.
އިންޑިއާ މީހުން ފޮޑި ޖަހާލެއް މާގިނަ ވެގެން އުޅެނީ
ހާދަ މޮޅު ސައިންސްވެރިއެކޭ އަހަރުމެން ހީކުރަންވީތަ؟
ކަލޭ މާލެއަށް އައީމަ ވީގޮތެއް. އަވަހަށް އައިތާކަށް ދާންއުޅޭ
ދުނިޔެ ހޫނުވުމާއި، އޯޒޯން ފަށަލައަށް ނުރައްކާ ވަމުންދާ ކަމާއި، ޖަރީމާ ޤައުމު ތަކަށް ކުރިމަތި ވަމުން އަންނަ ޙާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައީ ރައީސް މައުމޫންކަމީ އަހަރުމެން މި ދިވެހި ޤައުމުގެ ތަޞައްރަފް ފުދިފައި މިއޮތް ޖީލުގެ އެންމެން ހެކިވާކަމެއް.
މިކަލޭގެ މިދެން ކާކު...ލަދެއް...ފިނޑި ގަންޖާ