ދުނިޔޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ހައްޔަރުކޮށްފިއެެވެ.

އަމީން ހައްޔަރުކޮޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ނިރުބަވެރިކަމުގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހު

    އއއޭﷲ މިނުބަ އި ލާދީނީ މީހުން ބަލިކުރަ އްވާދޭވެ.

    10
    2
    • ކިސަޑު

      އާމީން

  2. ލޮލް

    ޓެރަރިސްޓު ނަސީދު މާލެ ވަޑައިގެންފި. ނަސީދަކީ ރާއްޖޭގެ ކޯޓަކުން ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ހުރި މީހެއް. އެހެންވީމާ ނަސީދާ ދިމާލަށް ޓެރަރިސްޓެކޭ ބުނެވޭނެ. އެކަމަކު އަމީނުގެ މައްޗަށް އެއްވެސް ކޯޓަކުން ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުކުރެވޭ. ތުހުމަތެއް އެކަނި ކުރަނީ. އެހެންވީމާ ޓެރަރިސްޓު އަމީނެކޭ ނުބުނެވޭނެ.

  3. ޢަލީ

    މިެއީ ކޯޓުގެ ހުރުމަތް ކެނޑުން.