ރާއްޖޭގެ ޖަލުތައް ހުރުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ޖަލުތައް މަސާޖު ޕާލާތަކަށް ބަދަލުކޮށް އެ ތަންތަން ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ މީހުންނާ ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޑީއާރްޕީގެ ލީޑަރުކަންވެސް ކުރައްވާ ޖާބިރު ވިދާޅުވީ ޖަލުތައް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ވެރިކަމަށް އައިއިރު ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް އެކަން އެހެން ކުރިއަށް ނުދަނީ ކީއްވެގެންތޯ ސުވާލު ޖާބިރު އުފެއްދެވިއެވެ.

"ކީއްވެގެންތޯ އަފުއާމްވެސް ނުދީގެން އުޅެނީ" ޖާބިރު ވިދާޅުވިއެވެ.

ޖަލުގައި ތިބި "ބޮޑުުން" ދޫކޮށްލައި ޖަލުގައި ކުރިއަށްދާ ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖާބިރު އެ އިޝާރާތް ކުރެއްވީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދުގައި ހުންނެވުމާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ މުުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ހުކުމް، ގޭގައި ތަންފީޒު ކުރައްވަމުން ގެންދަވާތީ އެކަމަށެވެ.

"ނުބައިކޮށް ހުކުމްކޮށްފައި ތިބި މީހުން ރައީސްގެ އަފުއާމްގެ ދަށުން ދޫކޮށްލަން ޖެހޭ" ޖާބިރު ވިދާޅުވިއެވެ.

އިންސާނީ ކަރާމާތެއް ނެތް ގޮތަށް މުއްދަތު ޖަހާފައި އެއްވެސް ބަޔަކު ޖަލުގައި ބޭތިއްބުމާ ދެކޮޅުކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ޑިއާރްޕީގެ ވެރިކަމެއްގައި ރާއްޖެ ކަހަލަ "ސުވަރުގެ" އެއްގައި ޖަލެއް ނުހުންނާނެ ކަމަށެވެ.

"މިހާރު ހުރި ނާއިބް ރައީސް، ސްޕާ މެނޭޖަރަކަށް ބަދަލުކޮށްލަންވީ ނޫންތޯ. ހުރިހާ ޖަލުތަކެއް ސްޕާތަކަށް ބަދަލުކޮށްލަންވީ" މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާގެ ޗެއާމާން ގާސިމް އިބްރާހިމްގެ ރިސޯޓުތަކުގައި މީގެ ކުރިން ސްޕާ މެނޭޖަރުކަން ކުރެއްވި ފައިސަލްއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. މާމީ

  ކާށިދޫ މީހުން ފައިސާގެ ދަހިވެތިކަމުގަ މަޖިލިހައް ހޮވާފަ މިހިރީ ބޮލުރޮދި އޮޅިފަހުރި އެއްޗެއް..

  6
  1
 2. ޤައިދީ ނަމްބަރު 420

  ޖަލަށް ދިއުމަށް ފަހު ކުށްވެރިންނަށް ލޮލީ ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް ޢިއްޒަތްރެރި މެމްބަރުގެ ކިބައިން ވަރަށް ބޮޑަށް އެދެން

  3
  1
 3. ޤައިދީ ނަމްބަރު420

  ޖަލަށް ދިއުމަށް ފަހު ކުށްވެރިންނަށް ލޮލީ ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް ޢިއްޒަތްރެރި މެމްބަރުގެ ކިބައިން ވަރަށް ބޮޑަށް އެދެން

 4. ޟމ

  ޢެކަމަކު މައުމޫން ލާން ވީމަ ސްޕާތައް ޖަލުތަކަށް ބަދަލު ވާންޖެހޭނެ ދޯ

  3
  1
 5. ކޮރަލް

  ކާށިދޫ ދާއިރާގެ މީހުން މީނަ މެމްބަރު ކަމުން ވަކި ކުރަން ތެދުވެ ބަލާށެވެ.

  3
  1
  • މާހިރު ހުސެއިން

   ގައުމުގެ އެންމެންވެގެން އޭނަ ނެރެލެވެންޖެހޭނެ. ވަކި ދާއިރާއަކުން ވޯޓު ގަނެގެން މުޅި ގައުމަށް ދުއްޕާން ކުރާކަށް ހުރެވިގެން ނުވާނެ. ނޫނީ އެއީ ހަމަ މަހުޖަނުންނާ ބޭރުގެ ނުފޫޒުން ގޮނޑި ގަތުމަށް ހިއްވަރު ދިނުން.

   ކާށިދޫ ދާއިރާއަށް ބެލުމެއްނެތި ގައުމުގެ މީހުންގެ އަގުލަބިއްޔަތުން އޭނަ ނެރެވެންޖެހޭނެ.

 6. ތޒ

  ދިވެހި ރައްޔިތުން އަތުން ކުރެވޭ އެންމެ ބޮޑު އިސްރާފަށް ވެެއްޖެ މީނައަށް މުސާރަދީފަ މަގާމެއް ދިނުން.

  4
  1
 7. މިހާރު ބޯ

  ރާޑިވެގެން ހުރެ ފައި އައްޑޫ މާލޭ އައުމުނެ ހިތްވަރު ލިބިގެން ލާދީނީ ރޫޙަށް ވާގިދޭން ފެށީއެވެ. ޖަލު ތަކެއް ސްޕާ އަކަށް ވެސް ބާރ އަކަށް ވެސް ބަދަލެއް ނުކުރާނޫއެވެ.

  2
  1
 8. Anonymous

  ޖާބުންޏަސް ތިޔްއިީ ރަގަޅު ވާހަކައެް ކުރިންވެސް އޭނަކުރި މަސަތްކަތައް ރުޖޫއަވުން ރަގަޅު ސްޕާ މަސާޖު ޕާލާހިންގަން ބަރާބަރު ވާނެ

 9. ލޮލީޔަރު

  ޖާބެ ގެންދަންވާއިރަށް ޖަލުތައް ސްޕާ އަކަށް ވެސް ނައިޓް ކޮލަބް ތަކަކަށްވެސް ބަދަލެއް ނުރުރާނަމެވެ.

 10. ތެދު ބަސް

  ތިޔަ ޖާބިރު ޖަލަށް ލީމާ ޖަލުތައް ބަދަލު ކުރަން ޖެހޭނީ ލޮލީ ފެކްޓަރީއަކަށެވެ.

  2
  1
 11. ދިރާސަތުލް

  ނާއިބު ރައީސް ފައިޞަލާ ނަސީމު ގެ މަޤްބޫލުކަން ކާށިދޫ ދާއިރާގައި ވަރަށް މައްޗަށް ވަނީ ގޮސްފައެވެ. އެމަނިކުފާނު ކާށިދޫ ރައްޔިތުންނަށް ދޯގާ ދީފައެއް ނުވެއެވެ. ލާދީނީ ޙަރަކާތް ތަކެއް ތަމްސީލެއް ނުކުރައްވައެވެ. ފައިޞަލާ ވާދަކުރަން ޖެހިއްޖެ ނަމަ ޖާބެ ޖެހޭނީ ލޮލީ ޓައްޕު ހިފައިގެން މަހައްދާށެވެ.

 12. ހޮޑާ

  ޖާނުން ކުޑަ އަގަބޮޑު ޖޭ ގޮވެން އޮތް އެއްޗެއް ގޮވާ ފިޔަވަޅުއަޅާކަށް ނުކެރޭނޭ މިސަރުކާރުގެ ބޮޑު އޮރިޔާން ބޮޑުސްކްރީނުގައި އަޅުވާލެވިދާނެކަމަށް ބުނެލާތި ސަރުކާރު މުޅިން ގުޑުގުޑު އަޅައިގަންނާނެއެވެ. ބަލާ މަހޭ ކިހާ ބޯބޮޑު ސޮރެއް ކުޑައި ބޮޑަށް ބިރުދައްކާލާފައި ބަހައްޓާފައި މުޅި ގައުމު ލޫޓުވާވެސް ލެވިދާނެ. ބޯހުރި މީހަކަށް. ނޫންތޯ

 13. Anonymous

  ކަލޯ އޮވޭ އަބަދުވެސް ކޮންމެސް އެއްޗެއް ބޮއިގެން،

 14. ޝަކޫ

  ކަލެޔަކީވެސް ޖަލުން ދޫކޮއްފަ ހުރި ބޮޑެއްކަން ހަނދާން ނެތުނީތަ. ހޮނޑައިދޫމަތިން ހަނދާނެއް ނެތްދޯ.

 15. ގަންބަނަބުދާ

  މީނަ ގުރައިދޫ އަށް އަދިވެސް. ނުގެންދަނީ ދޯ ،.

 16. ތަކުރު

  މީނާޔަކީ މިޤައުމައް ޖެހިފަ އޮތް ތުރާލެއް

 17. ލޮއްލާ

  ނޫން ނޫން، ތިތަނުގައި އަޅަންވީ ކެސިނޯއަކާ ގަހުވަ ޚާނާއެއް، އަދި މާލެއިން އެތަނަށް ދަތުރު ކުރުމަށް ކާށިދޫގައި އެޅިފަދަ އުނދޯލި ބުރިޖެއް (ކޭބަލް ކާރު) އަޅައި ޔޮޓްޓުއާ ކުރާ ފަރާތްތަކަށް ހާބަރެއްއްވެސް ހަދަން ވާނެ.

 18. ފުޅިބޯ

  ޖާބެ ޖަލަށް ލާންވާއިރަށް އެތަނުގައި ގަހުވަ ޚާނާއަކާއި މަސާޖް ޕާލެއް ހެދިއްޔާ ކީއްތޯ؟