ސައުދި އަރަބިއްޔާގެ ޖިއްދާގައި ހުންނަ އަލް-ސަލަމް ގަނޑުވަރުގައި ދިން ހަމަލާގައި މަރުވި ސިފައިންގެ މީހާގެ މަރަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ސައުދީ އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

އަލް-ސަލަމް ގަނޑުވަރަކީ ސައުދީ ޝާހީ އާއިލާ އިން ވިޔަފާރީގެ މުހިންމު ބައްދަލުވުންތައް ބާއްވާ ގަނޑުވަރެވެ. މި ގަނޑުވަރުގައި ދިން ހަމަލާގައި ސިފައިންގެ ދެ މީހަކު މަރުވެ ތިން މީހަކަށް އަނިޔާވިއެވެ.

ދެ ސިފައިންގެ މަރަށް އިންސާފު ހޯދައި ދޭނެ ކަން ހާމަކުރުމުން އެ ސިފައިންގެ މީހާގެ ބައްޕަ ވަނީ މަރުވެގެން ދިޔައީ ދީނަށާއި ގައުމަށް އަދި ރަސްގެފާނަށް ވެސް ތެތުވެރި ދެ ބަތޮލުން ކަމަށް ބުނެފައެވެ.

މަރުވެގެން ދިޔަ ޝާއީ އާއިލާގެ ސިފައިންގެ ހަށިފާރަވެރިންގެ ޖަނާޒާގައި ސައުދީގެ އަސްކަރިއްޔާގެ އިސް އޮފިޝަލުން ބައިވެރިވެފައިވާއިރު އެ ފަރާތްތަކުގެ ކަށުނަމާދު އެ ގައުމުގެ އެންމެ ބޮޑު މިސްކިތްތަކުގައި ވަނީ ބާއްވާފައެވެ.

ސައުދި އަރަބިއްޔާގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ސިފައިންނަށް އެގައުމުގައި އަބަދުވެސް ހާއްސަ ގަދަރެއް ދެވިފައި ވެއެވެ. އެގައުމުން އަބަދުވެސް އެފަރާތްތަކުގެ އަގުވަޒަންކުރާކަން ފާހަގަ ކުރެވެއެވެ.

ސިފައިންގެ މީހާގެ މަރަށް އިންސާފުހޯދުމަށް ސައުދީގެ އަމީރު މަސައްކަތް ފެއްޓެވި އިރު ސައުދީ އިން އެކި ނަންނަމުގައި ޔަމަނަށް ބޮން އަޅައި ކުށެއް ނެތް އެތައް ކުޑަކުދިންނެއް މަރަމުންދާކަން އެގައުމުގެ ރައްޔިތުން ވަނީ ފާހަގަ ކޮށްފައެވެ.

ޔަމަނާއި ސައުދީ އާއި ދެމެދު ހަނގުރާމަކުރަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު މިހާތަނަށް ކުށެއް ނެތް އެތައް މުސްލިމުންނެއް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    މުޙައްމަދު ބިން ސުލްތާން ވިދާޅުވާ އެއްޗެއް ސަމާސާ އަކަށް ނުވާނެ . އަސްލު އެ ވިދާޅުވި އެއްޗަކީ . އެކަން ކުރި ބަޔަކަށް ވަރަށް ވަރުގަދަ ރައްދެއް ދޭނަމޭ