ޑިސްކް ޖޮކީ (ޑީޖޭ) އިން އަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ޑީޖޭ އިން އަށް ފަހި ކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ޑީޖޭގެ ޕްރޮފެޝަން އަދާކުރަމުންދާ ނުވަތަ އަދާކުރާ ހިތްވާ ފަރާތްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހޮވާލެވޭ ފަރާތްތަކުގެ މައުލޫމާތު ޕްރޮފައިލް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށް، ރިޒޯޓްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ އެހެނިހެން ތަންތަނުގައި ޑީޖޭކަން ކޮށްދޭނެ ފަރާތްތަކާއި އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާއި ލާޖައްސާ ގުޅުވައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ޑީޖޭ ކުރުމުގެ މަސައްކަތުގައި ޕްރޮފެޝަނަލްކޮށް ކުރިޔަށް ދާން ބޭނުންވާ ފަރާތްތައް ދެނެގަނެ، ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ގަސްތުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިެވެ.

ކިޔުންތެރިންގެ ހިޔާލު