އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ބާއްވަން ނިންމުމާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިން ނުރުހުން ފާޅު ކުރަން ފައްޓަވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުބާރާތުގެ ފޯރި ނަގާލައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އޫރިދޫ، މާލެ ސިޓީ ކައުންސިލް ގުޅިގެން މާދަމާ ހަވީރުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

އެގޮތުން ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިއުޒިކް ޝޯއެއް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި ރާއްޖެ މޮޅުވެއްޖެ ނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާ ގޮތަށް ރޭވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މިގޮތަށް މަހްލޫފް ވިދާޅުވުމާއި ގުޅިގެން ރާއްޖޭގައި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ.

އަދި އިޔާޒު ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އަލީ ރަމީޒު ވިދާޅުވީ، ކާމިޔާބު ލިބުމުން ﷲއަށް އުރެދުމުގެ ބަދަލުގައި ﷲއަށް ޝުކުރު އަދާ ކުރުން ހެޔޮކަންބޮޑު ކަމށެވެ.

އޭނާ ވަނީ، އެގޮތަށް ކަންތައް ނުކުރުމަށް މަހްލޫފްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނީ ތިން މެޗެވެ. ފުރަތަމަ މެޗްގައި ނޭޕަލްއާ ކުޅޭ ރާއްޖެ ބަލިވީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. ދެވަނައަށް ބަންގްލަދޭޝްއާ އެކު ކުޅުނު މެޗުން ރާއްޖެ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ނުކުތީ އަވަށްޓެރި ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މާދަމާރޭ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޖަމަލު ފޮޑި

    މިއުޒިކުގެ އަޑު.އެކަނި މި ރޯނު އެދުރުންނަށް އިވޭނީ...

    6
    14
  2. ސސ

    ﷲ ޝުކުރު ކުރަންވީމާ ފާފައިގެ ތެރެޔަށް ޢަރަޤު ވުނަކީ ގޯސްކަމެއް ! ﷲ ބިރުވެތިވެ ތިމާމެން ތައުބާވެ ހެޔުކަން ކުރަންވީ ! ޑީޖޭ ކުޅެ މިއުޒިކީ ޝައިތޯނީ އަމުގައި މަސްތުވަންވީނުން !

    10
    2
  3. ރބރ

    މިއީ އިޔާޒު ގެ ވެސް ބާއިވެރި ވުމާއެކު ގެނާއި ސަރުކާރެއް މިހާރު ވަނީ އިޔާޒު އަތުން ކޮންޓްރޯލް ގެއްލި ބަސްނުވިކޭ އޮޑި އެއްގެ ދިރުބާކޮޅަށް އެރިފާ އިޔާޒޫ މިހާރު ވެރިކަމަށް 3 އަހަރު ފުރެނީ ކޮބާތޯ އިސްލާމީ ޝަރިއްއާ ހިންގު ދިގުދަންމާލެވި ދާނެކަމަށް ދެއްވިލަފާ ހުޅަގުފަރާތުން އިރު އަރަންދެން ދިގުދަންމާލަން ވީތޯ

    9
    2
  4. ޡަމަރު

    ރާއްޖޭގެ ޒަމާން ތިޔަ ދިޔައީ. މަހުލޫފުމެން ހީކުރާހެެނެއް ނުވާނެ. ޝައިތާނާގެ ދުންމާރި ފުންމީމަ ޓީމު ދާނީ ޗޮކުން.........

    8
    3
  5. އަޙްމަދް

    ޢަލީރަމީޒުވެސް މިހާރު ދީނީޢިލްމުވެރިއަކަށް ވީތޯއެވެ؟
    ދިން ނުކިއަވާ މަދަހަކިޔައި ދީނީ ޕްރޮގްމޫ ހުށަހަޅައި ގެންވެސް ޝޭޚުންނަށް ވެވެނީ ތޯއެވެ؟

    8
    14
  6. Anonymous

    ތިޔައީ ދީނީ ޢިލް މުވެރިންނަކީ. ޙައްޤު ބަސްބުނު މުގާ ލަސްނުކުރުން. ބިރުނުގަތުން. މީހެއްގެ ބަހަކަށް ބެލު މެއް ނެތުން. ޝުކުރިއްޔާ ޢިޒާސް.

    10
    3
  7. މަހޭ މަހޭ

    އަޅެ މި މަހުލޫފޫ އަބަދު ސަސްޕެންޝަނގައި ބަހައްޓާނަމަ މާރަނގަޅުވީސް،،، މީނަގެ ދަރިއަށް ލަވަ ދަސްކޮށްދީގެން އިޅުނީމާ ނުފުދުނީތަ؟؟

    8
    4
  8. އުގުރި

    ޝޯއެއް ބާއްވާގެން ކަންކަން ރަނގަޅު ވަނީނަމަ ހަމަ ބާވައްވީ ދެއް ހަމަ ހުރިހާ ކަމަކަށް ވެސް ޝޯ ދޭނީ..

    4
    2
  9. Anonymous

    ރަނގަޅު

    2
    2
  10. ކާފަބޭ2020

    ޑރ އިޔާޒޫ ނަގޫފިތިފަހުރެގެން ފާޑުފާޑުގެވާހަކަދެއްކީމަ😆😆😆

    7
    1
  11. Anonymous

    ޙައްޤު ބަސް ބުނާ ޢިލް މުވެރިން ތިއްބެވި ކަ މީ އުފާކުރާން ޖެހޭ ކަ މެއް

    7
    4
  12. އަހުމަދު

    ކޮންމެ ކަމަކަށްވެސް މިއުޒިކު. ބޯހަލާކު

    5
    4
  13. ޢަބްދުﷲ

    އިސްލާމީ ރިވެތި ގޮތުގައި އުފާ ފާޅުކުރީމާ ނިމުނީ ނޫންތޯއެވެ. މިޔުޒިކާ ދެޖިންސް މަސްހުނިވުމަށް ލޯބިކުރާ ފަރާތްތަކުން ﷲ އަށް ބިރުވެތިވާށެވެ. މިއަދުވެސް މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔަން ޖެހިދާނެއެވެ.

    7
    3
  14. އަބުދުﷲ

    އެއްޗެކޭ ކިޔަނީ!!!!!! އައްނި ޖާބިރުގެ އަނެއްކޮޅު. ބޮޑެތިބޮޑެތި ކަންތައް ބައިވަރު ހުއްޓާ މީޑިޔާގެ ސަމާލުކަން ހޯދުން ބޭނުމަކީ !!!!!!!
    ހަމަ 00000

    2
    1
  15. ބާނީ

    ކަލޭމެން މުޒާހަރާކުރާއިރު އޯ..................ހިސާބުގަނޑު މީހުންނޭ އަދި ކިޔައެނު ..............އިޔާޒު ތީ ކާކުތައް

    3
    3
  16. ޢަޒު

    ޙައްހުބަސް ބުނަންވާނީ އެއްވެސްވަރަކަށް ޖެހިލުންނުވެ ލާދީނީ ބައިގަނޑާ ދެކޮޅުވެރިވުމުގެ ގޮތުން އެއީ ނަޝީދަކަސް އިބްރާހިމަކަސް ތަފާތު ކުރުމެހނެތި އިބޫސޯލިހު ކިތަންމެ ގޯސްކަމެއް ކުރިޔަސް ސަރުކާރުން ކުރިޔަސް ދެކޮޅު ހަދަން ޖެހޭނެ ނަޝީދު ވީމަ ތެދުވެފަ އިބޫވީމަ ނިދާފަ މީ އިސްލާމްދީނުގެ އުސޫލެއް ނޫން މިސަރުކާރުން ލާދީނިއްޔަތު ޙިމާޔަތް ކުރާއިރު ލޯމަރާލައިގެން ހުރެފަ ދެން މިކިޔަނީ ކީކޭބާ!

    4
    3
  17. ރައްޔިތުމީހާ

    ޤައުމުގެ ދިވެހި ލޭ ކެކޭ، ޖޯޝްހުރި، ޤައުމަށް ކާމިޔާބްއެދޭ އިޚްލާސްތެރި ޒުވާނުން އެދެނީ މިނިސްޓަރ މަހްލޫފްގެ ތި ނިންމުން ބަދަލުކޮށްލުމަށް. އާދޭހާއެކު ބުނަށް ތިޔަ މިއުޒިކްޝޯތަކުން ވާނެ މަންފާއެއް ނޯންނާނެކަން... ޔަގީން.... ކާމިޔާބަށްއެދެން ވާނީ ހެޔޮކަންތައްތައް ކޮށްގެން....މުންކާރާތްތަކަކުންނޫން....

    5
    2
  18. ޢަހު

    ހެޔޮނަސޭޙަތެއް ދިނުމަށް ކޮންމެހެން ޝެއިޚަކަށް ވާކަށް ނުޖެހޭ ޢަލީ ރަމީޒް އިރެއްގަ ލަވަކިޔާ އުޅުނަސް އަހަރެމެން ގަބޫލު ކުރަންޖެހެނީ މިހާރު އަލީ ތައބާވެ ހެޔޮމަގަށް ރުޖޫޢަ ވެއްޖެކަމަށް ބުއްދީގެ ބޭނުން ހެޔޮގޮތުގަ ހިފުމަކީ ވ ވެސް ބޭނުންތެރިކަމެއް އަލީރަމީޒް ކުރައްވާ މަސައްކަތުގަ ބަރަކާތް ލައްވާށި އާމީން

    8
    2
  19. އަހްމަދު

    ދަރިފުޅުކައިރީ ބަސްއަހާށޭ ބުނެވޭނީ އަހްމަދު ދީނީ އިލްމްވެރިއަކަން ވެގެންތަ?.. ނޫން އަހަށްމަދާ! ތިބާގެ ނަމަކީ ރިވެތި މާނަ އެކުލެވިގެންވާ ނަމެއް..."އަހްމަދު" އިސްލާމީ ރިވެތި ނަމެއް. އަހްމަދުވެސް މުންކަރާތް ނަހީކޮށް ހެޔޮކަންތައްތަކަށް އަމްރުކުރަމެންނުދޯ

    4
    2
  20. ައަހުމަދު / އައްޑޫ

    ކޮވިޑުޖެހޭ މީހުން ގިނަވާއިރަށް ކޮއްމެ ނަމާދެއް ގާ ދުޢާކޮއްފާ، ގައުމަށް ކުޑަނަމަވެސް ކާމިޔާބެއް ލިބުމާއެކު އެއްމެން މަގުމައްޗަށް ނުކުމެ، ނަށާ، ބެރުދުންމާރިފުމެ، ނުވިތާކަށް ރޭގަޑު ހަތަރުދަމު މިއުޒިކު ކުޅެ ދެޖިންސުގެ މީހުން ހޭބޯ ނާރާ ނަށާހަދަން ޖެހޭތޯ. ގައުމީ ފުޓުބޯޅަޓީމް ގެ ހުރިހާކުޅުންތެރިން އެއްކޮށް ނަމާދުކޮށް ކާމިޔާބީއަށް އެދި ހެއްދެވި ފަރާތަށް ދުޢާދަންނަވާ ފޮޓޯ ފެންނައިރު އަޅުގަނޑުމެން ހަމަ ނަށާ ބެރުޖަހާ ލަވަކިޔާ މަގުމަތީ ތެޅިބާލުން އެއީ ދިވެހިފުޓު ބޯޅަޓީމް އެއްމެ ބޭނުންވާނެ ގޮތްތޯއޭވެސް ހަމަހިތަށްއަރާ.

  21. ޖުއްބާ

    މީ ރާއްޖޭގެ 2 އަބޫޖަހުލުން.

  22. ލުބާ

    ދަންދޮރު އޮޅުން ނުފިލާ ހުރިކަމުގެ އަލިގަދަ ހެއްކެއް. ދީނުގެ ބޭސިކް ދަންނަ މީހަކަށް ވެސް އިނގެން ޖެހޭ މިންވަރެއްގެ ވާހަކަ ތި ދައްކަނީ. އަހަރުމެން މުސްލިމުން ދަންނަން އެއީ ހަރާން ކަމެއް ކަން، ހަރާން ކަމެއްގެ އާހިރު ނަތީޖާ ހަޑިވާނެކަން. އެހެންވީމަ ގްރޭޑް 1 ގެ އިސްލާމް ފޮތް ނަގައިގެން އަލުން ކިޔަވަން މަށަން ފެނެ.

  23. ރަން ރީނދޫ

    ދުޢާ ދެންނެވުނު ވެރިންގެ ހާލު. ކަޅުބެ ގެ ސޮރު ބޯހަލާކު ވީސް ހުރިނަމަ.