މާލޭގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ދުވަސް ނުފުރާ އައިޖީއެމްއެޗްއަށް ވިހެއި ތިން ފިރިހެން ކުދިންނެވެ. އެނގިފައިވާގޮތުން މިއަދު އެކުދިން ވިހެއީ ފަސްމަހުގައެވެ.
މިކުދިން ނިޔާވީ އަންހެންމީހާގެ ފެންދުލި ފަޅައިގެން ގޮސްގެން، ދުވަސް ނުފުރާ ވިހެއުމަށްފަހު ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ތިން ކުދިންނަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު ތިން ކުދިން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ދެމަފިރިންގެ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކު އެބަހުއްޓެވެ.
އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުން މި ތިންކުދިން ނިޔާވީ އުފަންވިތާ ހަގަޑިއެއްހާއިރު ފަހުންނެވެ. ކުދިން ނިޔާވީ ވިހެއުމަށްފަހު އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ވިހެއުމަށްފަހު ތިން ކުދިން ނިޔާވިނަމަވެސް އަންހެން މީހާގެ ހާލު ރަނގަޅެވެ. ތިން ކުދިން މިއަދު ވިހެއިފަހުން މާގިނައިރެއް ނުވަނީސް ނިޔާވެފައި ވާއިރު، ވިހެއުމާހަމަޔަށްވެސް އެކުދިންގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މި ތިން ކުދިންގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ އަސްރުގެ ނަމާދުގެ ކުރިންނެވެ.
މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކުދިންގެ އާއިލާއާއި އެކީ ވާކަން ހާމަކޮށް، އާއިލާއަށް ތައުޒިޔާ ރައްދުކުރަމުންނެވެ.
އެއްމާބަނޑު ތިންކުދިން ލިބުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އެއްމާބަނޑު ތިން ކުދިން އުފަންވުމުގެ ފުރުސަތު އޮންނަނީ ބަލިވެއިންނަ ކޮންމެ ދިހަހާސް އަންހެނުންނަކުން އެކަކަށެވެ.
ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ވަރަށް ދެރަވެއްޖެ
ޑޮކްޓަރުން ބަދުނާމު ކުރާކަށް ނުޖެހެ . ސަރުކާރުވެސް ނޫސްވެރިންވެސް ބަދުނާމު ކުރާކަށް ނުޖެހެ. 6 މަސް ނުފުރާ ވިހާކުދިންގެ ދިރިހުރުމަށް ބޭނުންވާ ގުނަވަންތައް ހުންނަނީ ފުރިހަމަ ނުވެ ، އަންހެން މީހާގެ ހަށިގަނޑުގައި ނެތީ ތިންކުދިން ވިއްސޭނެ ޖާގަ އެހެންވެ ފެންދުލި ފަޅައިގެންގޮސް ދުވަސް ނުފުރާ ވިހެއީ
މައިންބަފައިންނަށް ކެއްތެރިކަން ދެއްވާށި އާމީން. އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އާމީން.
ވަރަށް ވަރަށް ދެރަ //
ކުރީސަރުކާރު ކުރީސަރުކާރު ކުރީސަރުކާރު
ވާނުވާ ނޭނގި މިކަހަލަ ހަބަރު ނުލިޔުން ވަރަށް މުހިންމު