ހިޔާ ފްލެޓްތަކުގައި ދިރިއުޅުމަކީ ދަތި އުނދަގޫ ދިރިއުޅުމަކަށް ވާނެ ކަމަށް ވިދާޅުވެ އަނެއްކާވެސް އެމަޝްރޫއުއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުމުން އެމަނިކުފާނުގެ މުއްސަނދި ދިރިއުޅުން އާއްމުންގެ ޖަމިއްޔާ އިން ހަނދާން ކޮށްދީފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން ނަޝީދަށް ރައްދުދީ ނެރުނު ބަޔާނުގައި ވަނީ ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތައް ހައްލު ކޮށްދިނުމުގެ ބަދަލުގައި ނަޝީދު އާންމުންގެ ދިރިއުޅުމުގެ މަޖްބޫރީ ނިންމުންތަކަށް ފާޑުކިޔުމަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުމުން ކުރައްވާ ކަމެއް ކަމަށް ބުނެފައެވެ.

އާއްމުންގެ ޖަމިއްޔާ އިން ވެސް ބުނީ ބުއްދިވެރި އަދި އުފާވެރި ގޮތަކީ ލަންޑަނާއި، ދުބާއީ އާއި ދެންވެސް ހުރި އަގުބޮޑު ބޭރުގެ ގައުމުތަކުގައި ދިރިއުޅުން ކަމަށެވެ. ނަޝީދަށް ނިސްބަތްކޮށް އެޖަމިއްޔާ އިން ބުނީ "ބުއްދިވެރި އުފާވެރި ގޮތަކީ ބޮޑު މުސާރަލިބި، ތިމާ މީހާ އާއި އާއިލާއަށް ރައްޔިތުންގެ ލާރިން ހެލްތް އިންޝުއަރެން ލިބުމެވެ. ބުއްދުވެރި އަދި އުފާވެރި ގޮތަކީ އާއިލާ އާއި ދަރިން އިނގިރޭސި ވިލާތުގައި ތައުލީމު ހާސިލް ކުރަން ބެހެއްޓުމެެވެ."

ނަޝީދުގެ އާއިލާ އިން ޗުއްޓީ ހޭދަކުރާ ރަށެއް އޮތްކަން ނުސީދާކޮށް ފާހަގަ ކުރަމުން އެޖަމިއްޔާ އިން ބުނީ ބުއްދިވެރި އަދި އުފާވެރި ގޮތަކީ ރާއްޖޭގައި އާއިލާ ޕިކްނިކް ދާނެ އަމިއްލަ ރަށެއް ބޮޑު ތިލަދުންމަތީގައި އޮތުން ކަމަށެވެ. ބުއްދިވެރި އުފާވެރި ގޮތަކީ ހަތަރު އެމްބިއުލާންސް ގައި އެއާރ ޕޯޓަށް ގޮސް ޕްރައިވެޓު ޖެޓުގައި ޖަރުމަނަށް ދެވުން ކަމަށް ވެސް ބަޔާނުގައި ބުނެފައި އޮތެވެ. އެހެނަސް އެ އުފާވެރި ދިރިއުޅުން ލިބިފައި އޮތީ ނަޝީދާއި ނަޝީދުގެ އާއިލާއަށް ކަމަށް ޖަމިއްޔާ އިން ބުންޏެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ހިޔާ ފްލެޓު އުސްކަން ނޭނގޭ އާންމު މީހަކު ނެތް ކަމަށާއި އެތަން ބޮޑުވެގެން އުޅޭ އެކަކުވެސް ނެތް ކަމަށެވެ. އެތަން ވަރުތަނެއް ދުނިޔެމަތީ ނެތްކަމަށް ދެކޭ ހަމަ އެކަކުވެސް ނެތް ކަމަށާއި އޭގެ ތެރެއިން ހަމަ ކޮންމެ ނިކަމެއްޗަކުވެސް ފްލެޓަކަށް ވުރެ ބޭނުންވަނީ މާލެ އިން ގޯއްޗެއް ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނީ "ކޮންމެ މީހަކުވެސް ބޭނުން ވާނީ 2000 - 3000 އަކަފޫޓެވެ. މާރސިޑީސް ކާރާއި ޕްރައިވެޓު ޖެޓު ތަކެވެ. ގޭތެރެ ކަންކުރާނެ ބަޓުލަރެކެވެ. ތިމާގެ ކަންކަން ކުރާނެ ސެކްރެޓެރީ އެކެވެ. އެހެނަސް އެފަދަ ދިރިއުޅުމެއް އާންމު މީހާއަށް އުޅެވޭކަށް ނެތެވެ. އާންމު މީހާއަށް ސަރުކާރުން މަގުފަހި ކޮށްދީފަ ނެތެވެ. އާންމު މީހާގެ ފައިސާއިން އެ ދިރިއުޅުން އުޅުއްވަމުން ގެންދަވަނީ ތިމަނިކުފާނެވެ. ވީމާ މަގުތައް ބަންދުކޮށް، އާންމުން ކުރިމަތީ ބައްތިރީސް ކާރުގެ މޮޓޯކޭޑުގައި، ވަށައިގެން ސިފައިން ލައްވާާ ދުއްވަމުން އިއްޔެ ހަވީރު ރާއްޖެވަޑައިގެން މިއަދު ހެނދުނު ނިކަމެތި އާންމުންގެ ދިރިއުޅުމުގެ މަޖުބޫރީ ނިންމުންތަކަށް ހަޖޫ ނުޖައްސަވާށެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

އޭގެ ބަދަލުގައި އާންމުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދޭން މަސައްކަތް ކުރެއްވުމަށް އެޖަމިއްޔާ އިން ވަނީ ނަޝީދު ކިބައިން އެދިފައވެެ. ހިޔާ ގައި މީހުންނަށް ދިރިނޫޅެވޭވަރު ކުރަން ސަރުކާރުން ގަސްތުގައި ކުރާ ކަންތައް ހުއްޓުވަން އާއްމުންގެ ޖަމިއްޔާ އިން ނަޝީދަށް ގޮވާލިއެވެ.

"ތިން އަހަރުން ހަމަ ނުޖެއްސުނު އަސާސީ ކަންކަން ހަމަ ޖައްސަން އަވަސްވެގަންނާށެވެ. ފިހާރައާއި މިސްކިތް އެޅުން އަވަސް ކުރާށެވެ. ސްކޫލާއި ކްލިނިކް އެޅުން އިތުރަށް ލަަސް ނުކުރާށެވެ. މަޖިލިސް ނައިބް ރައީސް ގާތު ދަންނަވައިގެން ނަމަވެސް އެތަނުގެ ލިފްޓުތަކުގެ މައްސަލަ ހައްލު ކުރުވާށެވެ. ފިނިޝިން ނިންމަން އާންމުނަށް މަޖުބޫރު ކުރުވި ކުރުން ބަލާށެވެ. ތަނުގެ ކުލި 5،600 އިން 7،500 އަށް ބޮޑު ކުރި ކުރުން ބަލާށެވެ. މިހިރަ މިހިރަ ދައުލަތުން ކުރަން ޖެހޭ ކަންކަން ފުރަތަމަ ކުރާށެވެ. އާންމުން ފްލެޓުގައި އުޅެން މަޖްބޫރު ކުރުވީ ހާލަތެވެ. އެހާލަތް އާންމުންނަށް ޖެއްސީ ދައުލަތުންނެވެ. އެނޫން އޮޕްޝަނެއް އާންމު މީހާއަށް ދައުލަތުން އަދި ނުދެއެވެ. އެ އޮޮޕްޝަން ގެ ހާލު ރަނގަޅު ކުރަން ދައުލަތުން މަސައްކަތެއް ނުކުރެއެވެ. ކުރަން ޖެހޭ ކަންކަންވެސް އަދި ނުކުރެއެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ހިޔާ މަޝްރޫއުއަށް ފާޑުވިދާޅުވަމުންނެވެ. މިއަދު އެމަނިކުފާނު ހިޔާ މަޝްރޫއުގެ ވާހަކަ ދެއްކެވީ ފަސް މަސް ދުވަސް ފަހުން ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. އިލްޔާސް ވަހީދު

  ނަޝީދު އާންމުންގެ ދިރިއުޅުމުގެ މަޖްބޫރީ ނިންމުންތަކަށް ފާޑުކިޔުމަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުމުން ކުރައްވާ ކަމެއް މިކަލޭގެ މިގައުމުގަމިފުލެޓެއް އަޅަން ފެށީފުލެޓްދޮންބެ ކިޔާގެން މިނަމިގައުމަކައް ކުފޫހަމަނުވޭ އިންދިޔާގެ ލަގުޒަރީ މޮޔަމީހުބަލާތަނަކައްލާ....

  119
  4
 2. ޥާރި

  ނަޝީދު އަށް އައްނި އޮޅިއްޖެ.

  96
  2
 3. ދަންބެރު

  ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް މިމީހާއާއިމިމީހާގެ އެކުވެރި އިބޫ އަދިވެސް ގެންދަނީ ރަށްޔަތުން ހަނާކުރުމަށް މަސައްކަތް ކުރަމުންނެވެ ޕެންޑަމިކު ހާލަތުގައި ގައުމުތަކުންދިންހާ ފައިސާ ފޮރުވައިގެން ވެރިކަމަށް ކެމްޕޭނުކުރުމަށް ފައިސާތަށް ނުބަހަށްޓާ އިހުލާސްތެރިކަމާއި އެކު ރަށްޔަތުންގެ ބޯހިޔާވަހިކަމަށް އެފައިސާތަށް ހަރަދުކުރުމަށް ގޮވާލަމެވެ.

  96
  3
 4. އަހުމަދުހ

  ހަޖަމް ޕްލީސް

  23
  45
 5. ޢިޔާބު

  މޑޕ ން 6 އަހަރު މި ގައުމުގަ އަނިޔާވެރި ވެރިކަމެއް ކޮށްފި. ރައްޔިތުންނަށް ކޮށްދެވުނު ހެވެއް ނެތް. ދީނަށް ފުރައްސާރަ ކުރުމާއި. ވައްކަން ކުރުން އިތުރުވީ. ދެން ބަޔަކު ރައްޔިތުންނަށް ކަމެއް ކޮށްދިނީމާ ކަލޯއެކަމާ އަނގަ އަރުވާކަށް ނުޖެހޭ. ނަފްރަތު އުފެއްދުން ހުއްޓާލާފަ މަޑުން ހުރެވޭތޯ ބަލާ.

  109
  5
 6. ލައިސާ

  ލަދުހަޔާތް ނެތީ ހަމަ.

  95
  3
 7. އަބްދޫ

  ކެރަފާސައްތާރު މައިޓްކުންފުނީގެ ފައިސާއަށް ހިޔާނާތްވެ ކާންދީ ބޮޑުކުރި ނަސީދުގެ ތަނަވަސް ދިރިއުޅުން ބިނާވެފަ ވަނީ މައިޓްކުންފުނީގެ ފައިސާ.

  86
  2
 8. ސަފީގު

  ބޮލުން ހުރިހާ ރޭޒާފުކެއް އަދި ނުނެގޭހެން ހީވަނީ.

  109
  1
 9. ބޮސް

  ޢަސްލުވެސް ދޯ. ޢަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށް މަނިކުފާނު މަލާމާތްކުރީމަ ވަރަށް ލަދުވެތި.

  112
  2
 10. އެލެކުސް

  މުސާރަ ނަގަންއައިސް ކުރާކަންކަންދޯ؟؟ ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް މާދަމާ އާދޭ ވޯޓް ހޯދާން ރޮއިއާދޭސްކުރާން ފުލެޓްތަކަށް.

  30
 11. maru

  Midhuniyakee ehves ehche nun. Umurakee kuruehche, gaibaaru dheraveh hisutha koshiveh nimidhaanee fasganda. Onaanee ehkani. Heyo amalu kulha meeha eyge fonu dhekeyne, nubai amalu kurimeeha eyge hithi dhekeyne. Kavalhuge suvaalaa medhu rahkaatherivey. Adhi komeh alhe kuraa haradhakaa medhuves giyaamath dhuvahu suvaalu kurehveyne. Ufalakee suvaruge ufalakee midhuniyeh matheega heyo amalukoh nimidhiyun. Miyadha vureh ehdhuvas foni vaaneh... Verin kuraa amaluthakah dhevey azaab ehmeehun nah hama neygeney eh ey gos verinkamugaa vaanamah. Adhi heyo veriyeh kamugaa vaanamah ehmeehaka huri ufaaverikan hama neygeney. Gaazeenah huri azaab ves hama neygeney.

 12. ސާބިތު

  މީނާ އަކީ ޖާބިރު ފަދައިން ބޯ ގޮވާފަ ހުރި މީހެއް،

  32
  1
  • ހެހެހެ

   ތިޔަކަހަލަ ކޮންމެ މީހަކު ސިކުޑީގެ ޓެސްޓެއް ރާއްޖޭގަ ހަދާނެ ޓެސްޓްކޮއްލަންފެނޭ

   17
 13. ހަލީމު

  ދުނިޔެއަކީ ކާފިރުންނަށް ސުވަރުގެއެކެވެ. މުއުމިނުންނަށް ހުރަގެއެކެވެ. މުއުމިނުން މިކަމަށް ކެތްކުރެއެވެ. އާޚިރަތުގައި މުއުމިނުންނަށް ހުރި ދަރުމައަށް އެދި މިންވަރަށް އީމާންވާ ޙާލުގައެވެ.

  33
 14. ހަގީގަތުބެއްޔާ

  އެހެންވީމަ ނޫންތޯ ޙުދުތިމާމީހާގެ ވެރިކަމުގައި ޓާޓާއޭކިޔާބަޔަކައް ފުލެޓް އަޅަންބިންތަކާއި ފަޅުރައްތައްދީ ރައްޔިތުންގެ ރުފިޔާއިންޙަރަދުކޮއް ބޮޑުއަގުގައި ފުލެޓްވިއްކާ ކުއްޔައްދިނީ މާލެޔާ ހުޅުމާލެޔާ ވިލިގިނލީގައި ހުސްބިންތައް ބާއްވައިގެން ރައްޔިތުންނައް ނުދީ ދަތިކޮއްފައި މަޖުބޫރުންކަހަލަގޮތަކައް ފުލެޓްގައި ކުއްޔައް އުޅެންޖެއްސީ ވާހަކަ ދައްކާއިރު ގާނޫނެއްގެ ހިޔަލުގައި ކުރާމަސަތްކަތުންނާއި ބޯލާސައިފޮދައްދަންދެން %6 ޖީއެސްޓީ ނަގައި އެފައިސާއިން އަގުބޮޑުކާރުގަޔާއި ފިނިކުރިކޮޓަރިތަކުގައި ބޮޑުމުސާރަނަގައިންގެން އަރާމްގައި ސަބްބާތްކަރުތާހޭ

  27
 15. ގަނޖާގެރި

  މިގައުމުން ބޭރުކުރޭ ބޮޑުބަލާވެރިކަމެއް

  26
 16. ގޯބިލި ސަރުދާރު

  ބުއްޅަބޭ ކިތައްމެ ރުޅި އަޔަސް އިންޝާﷲ ހަމަ ދިރިއުޅޭނީ ލިބިފަ ހުރި ފްލެޓްގައި، އަދި ﷲ އިރާދަކުރެއްވީތީ އަންނި ގޮތަށް ރައްޔިތުންގެ ފައިސާ ހަރަދުކޮއްގެން ދިރިއުޅެހާ ފަޤީރެއް ނޫން

  29
 17. ލާހި

  ޓެކުސްގެ ނަމުގައި ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ދެ މަޤާމުގެ މުސާރަ އާއި އިނާޔަތް ނަންގަވައިގެން ލަގުޒަރީ ދިރިއުޅުން އުޅެނީ ކޮންބަޔެއްބާ ! ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް، އަދުލުގެ ތިލަފަށް ޖަހައިގެން ޑިމޮކްރަސީގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލާ މައްކާރުން !

  25
  1
 18. ޢަބްދުލް ސަމަދު

  އެނގިގެން މިދަނީ ނަޝީދުގެ ލަދުހަޔާތް ކުޑަކަން. ޙަގީގަތުގަވެސް ނަޝީދަކީ ވަރަށް ގޮތްކުޑަ ލަދެއްނެތް ނުލަފާމީހެއް. ދަލުގަ ޖައްސައިގެން ދުވަސްކޮޅަކު ރައީސްކަން ކުރެވުމުން މީނަގެ ހިތްހުރީ އާސްމަނުގަ.

  29
 19. ލލ

  ޓެކުސް އާމްދަނީ ދައުލަތަށް އިތުރު ކޮށްގެން ސިޔާސީ ވަފާތެރި ކެހިވެރިން އެތަކެއް މަގާމުގެ މުސާރަ ނަގަމުން ލަގުޒީކޮށް އެބައުޅޭ ރައްޔިތު މީހާޔަށް ޑިމޮކްރަސީގެ ތިލަފަށް ދައްކައިގެން ދޯކާ ދީފަ އެތިބެނީ އުފަލުންތާ ؟

  25
 20. Anonymous

  އާން މުންގެ ޖަ މިއްޔާއިން ނެރުނު ރައްދީ ބަޔާނަކީ ވަރަށް ކިޔާލަން ފަސޭހަ، ޢިބާރާތްތަށް ރިވެތި، މޮޅު އަދަބީ ރައްދެއް. ޝުކުރިއްޔާ ތި ޖަ މިއްޔާއަށް.

  31
  2
 21. ހަސަނު

  ނަޝީދުގެ ސިކުޑިގައި މަސްއަލަ އެބައުޅޭ. އަބަދު ކުރީސަރުކާރުން ކުރިގޯސްތަކުގެވާހަކަދައްކަނީ. ބޯހަމަޖެހޭމީހުން ދައްކާކަހަލަވާހަކަތަކެއްނޫން.

  24
 22. އިސްޢާފް ސަލީމް

  މި ބަޔާން ކިޔާލާފަ ތޔިކަލޭގެ ވައްވާނެ!

  22
 23. އަޙްމަދް

  ސިޔާސީ ޖާހިލުންގެ އަތްމައްޗައް ގައުމެއްގެ ލަގަން ލިބިއްޖެ ނަމަ ކަންތަށް ވެގެންދާނެ ގޮތާއި އެބައިމީހުންގެ ބަސްމަގު ހުއްނަގޮތް ތިހުރީ ފެއްނާށެވެ.
  ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ނަގާލާ މިނަވަންކަމުގެ ނަމުގައި އަޅުވެތި ކުރުވުވުގެ ތެރެއިން ގައުމު ފަނާކޮއްލުން ނޫންކަމެއް މިބައިމީހުން ނުކުރާނެތެވެ.

  25
 24. އަހުމަދު

  މައުމޫނަށް ފާޑުކިޔަމުން އައި ނަޝީދުގެ ހާލަތު މި ފެންނަނީ. ލާދީނީ ކަމުގަވެސް ހައްދުފަހަނަ އަޅާފަ

  27
 25. ގލ

  ދައުލަތުގެ މުއައްސަސާތަކާއި ވަސީލަތްތައް
  އެން މެ މީހަކަށް ބޭނުން ކުރު މަކީ ކުރެވިގެން ވާނެކަ މެއް ނޫނެވެ މ މިކަންކަ މަށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެއެވެ.

  22
 26. ހިމަނާ

  ކޮންތާކު ތިބި ނިކަމެތިން ހިޔާ ފްލެޓްތަކުގަ<؟ ކާކު ނިކަމެތީ އެތަނުން

  3
  11
 27. ޢަހާ

  ކޮން އާއްމުންގެ ޖަމްއިއްޔާ އެއް. އެއީ އެއްޗެއް މަޅާލަން އުޅޭބައެއް

  2
  26
 28. ސލ

  ރާއްޖޭގައި މިހާރު ހުރި އެން މެ މ މުއްސަނދި މީހަކީ ނަސީދު
  ކަމަށް ވެދާނެއެވެ އޭނާގެ ހުރިހާ ޚަރަދުތަކެއް ސަރުކާރުން
  ހަ މަޖައްސަ މުންދާއިރު ބޮޑު މުސާއާއި އެލަވަންސްތަކާއި
  އެހެނިހެން އާ މްދަނީތައް ދަނީ ލިބެ މުންނެވެ
  މޑޕ ނިވާފަތްގަޑުގެ ދަށުން މޭޒްދަށުން ދައުރުވާ ފައިސާގެ ތަފްސީލްތައް އަދި މާ މުއްސަންޖެވެ.

  23
 29. امد

  މިކަލޭގެ މީގެ ކުރިން ވެރިކަމަށް އަންނަން ވެގެން އެހެން މީހުންނާ ދިމާލަށް ދުރޫސުލް އަޚްލާގް ގެ ކަންފުޅެއްވެސް ނެތޭ ބުނި، މީނަގެ ލަދުހަޔާތޭ ނެތީ ބޮޑުތަނުން

  10
 30. ޝިޔާ

  އެޖެންޑާ 19 އިން ލިބުނު ފައިދާ ރައްޔަތުންނަށް ތި ފެންނަނީ.. އެޖެންޑާ19ގަ އޮންނަނީ ރައްޔަތު މީހާ އަމިއްލަޔަށް ފުލެޓު ހެދުން..ދެން އޮނަނީ ރައްޔަތުންގެ ފައިސާ ބޭނުން ކޮށްގެން ޖަރުމަނާއި އިގިރޭސި ވިލާތާއި ޑުބާއީއާއި މިނޫނަސް ދުނިޔޭގެ ކުރިއަރާފަވާ ގައުމުތަކުގެ ޖިމްތައް ބޭނުންކުރުމާއި ލަގުޒަރީ ފެންވަރުގެ ހޮޓާތަކުގަ އަވަހާރަ ފުޅުލެއްޕެވުން..އަދި ގައުމަށް ހިދުމަތްކުރުމުގެ ބަދަލުގައި މުސާރަނަންގަވައިގެން ބޭރުގައުމު ތަކުގަ އޮވެ ބަހަނާ ދެއްކުން.

 31. މަހުދީ

  ނަސީދާއި ލައިލާގެ ޖޮއިންޓް 1 މެ އެކަނުޓެއްގައި 10 މިލިޔަނަށްވުރެ ގިނަ ރުފިޔާހުރިކަމަށް އެމަނިކުފާނުގެ މާލީބަޔާނުގައި އޮތް.

 32. ކަފަ

  ވަރަށް ފުރިހަމަ އެހާމެ އިމޯޝަނަލް ލިޔުމެއް.

  • ށަވިޔަނި

   ރަނގަޅުލިއުމެއް ޙަޤީޤަތަށް ބަޔާންކޮށްފައި އެބުނާހެން ތިބެންހެޔޮނުވާ ވަރުގެ ތަނަކުން ކޮންކުއްޔެއްތޯ ނަގަނީ. އިރުއިރުކޮޅާ ކޮންމެވެސް ބަހަނާ އެއް ދައްކާ. ނުހިފެހިފެހެއްޓުނެއްނު ..ދޫކޮށްލާ އެންމެން އެއްފަހަރާ ވަޒީރުންގެ މަޖްލިސް އެއްފަހަރާ އިސްތިއުފާދިން ގޮތަށް

 33. ފްލެޓް ބޭފުޅާ

  ސާބަހޭ ހިޔާ ޔޫނިޔަން..ސާބަހޭ..ސާބަހޭ..ސާބަހޭ..ދޫނިމެނޭ..ތިޔަބަސްމަގު ވަރަށް ސަޅި...ތީހަމަ ހަގީގަތް ވަރަށް އުފާވެއްޖެ މިޚަބަރު ކިޔާލުމުން. ޖަމްއިއްޔާގެ ހުރި ހިތްވަރުފެނިފަ.