އެމްޑީޕީއަށް ވަދެއްޖެނަމަ ދެން ވެސް ވަރަށް ފަސޭހަކަމާއެކު އެ ޕާޓީގެ ޗެއާޕާސަން ކަން ނަގާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މޫސާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހާލަތު ގޯސްކޮށް ޕާޓީ ދެބައިވެދާނެ ހުރިހާ ކަމެއް އެމްޑީޕީގެ ލީޑާޝިޕްގެ ފަރާތުން ފެންނަ ކަމަށެވެ.

މޫސާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއަށެވެ.

މޫސާ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ "ތަޅާފޮޅުން" އެއީ ވެރިކަމަށް އޮތް ވާދަވެރިކަމެއް ކަމަށެވެ. އެކަން ސާބިތުކޮށްދޭން މޫސަ ފާހަގަ ކުރެއްވި ކަމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ އިތުރުން ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވިސްނުން ވެސް ނަޝީދު ގެންގުޅުއްވާތީއެވެ.

"ނަޝީދު އެއީ ބޮޑުވަޒީރުކަން އޮތިއްޔާ އެކަން، އެ ނުލިބޭނަމަ ރައީސް ކަން، އެ ނެތް ހާލަތެއްގައި ރަސްކަން ވެސް، އެ ވަރުގެ ބޭފުޅެއް އެއީ، އަޅުގަނޑުމެން ހިއެއް ނުކުރަން، [ރައީސްް] މައުމޫން [އަބްދުލްގައްޔޫމް] އަށް ވުރެ ރައީސް ނަޝީދުގެ ދަހިވެތިކަން ބޮޑުވެދާނެ ކަމަކަށް،" މޫސަ ވިދާޅުވިއެވެ.

މޫސަ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލު ކުރަން ހުންނެވި ބޭފުޅަކީ ޗެއާޕާސަން ހަސަން ލަތީފް ކަމަށާއި އެކަމަކު ހަސަން ވެސް ހުންނެވީ ވަކި ފަޅިއެއް ނަންގަވައިގެން ކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީން އެންމެ ފުރަތަމަ ވެސް ހަސަން ލަތީފް ބޭރު ކުރަންވީ، ހަސަން ލަތީފް އަކީ ފުރަތަމަ އެމްޑީޕީ މީހެއް ވެސް ނޫން، މި ވަގުތަކީ އެމްޑީޕީގެ ތަޅާފޮޅުން ހުއްޓުވަންވީ ވަގުތު،" މޫސަ ވިދާޅުވިއެވެ.

މޫސަ އަލުން އެމްޑީޕީއަށް ގުޅެއްޖެނަމަ ޗެެއާޕާސަން ކަން ނަގާނެ ކަމުގެ ޔަގީން ކަން ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޖެހޭނީ 50 މެންބަރުންގެ ސޮއި ހަމަކޮށްގެން ދާން، އަޅުގަނޑު މިއަދު ނުކުމެއްޖެއްޔާ އެއްހާހަށް ވުރެ ގިނަ މެންބަރުންގެ ސޮޔާއެކު ނުކުންނާނީ،" މޫސަ ވިދާޅުވިއެވެ.

އެހެންވިޔަސް އެމްޑީޕީއަށް އަލުން ވަނުމުގެ ވިސްނުން ނެތީ އެ ވަރުގެ ބުރައެއް އުފުލަން މި ދުވަސްވަރު ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. "އެ ބުރަ ނުއުފުލަން ވެގެން ތަޅާފޮޅުމެއްގެ ތެރެއަށް ނުވަންނަން ވެގެން މި ހުންނަނީ." މޫސަ ވިދާޅުވިއެވެ

އެމްޑީޕީ މި ގޮތުގައި އުފެއްދުމަށް ވަރަށް ބުރަ މަސައްކަތްތައް ކުރެވުނު ކަމަށާއި އެމްޑީޕީ ހަލާކުވެގެން ދާތަން ބަލަން ވަރަށް ދެރަވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް ނަޝީދާ ދެމެދު އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ވާހަކަ ދެކެވެއެވެ. އެކަމަކު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު ކަންކަން އަދި އަންނަނީ ފިނިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ކަލޭ ރަގަޅުވާނެ ހަފްތާއަކު ޕާޓީއަކަށްވަދެ ޗެއަރކަންކުރިއްޔާ!

  2. ދާއޫދު.

    ކަލޯ މޫސާ! ތިކަމެއް ދެނެއް ކަލޭ އަކަށް ނުވާނެ! ހެ.ހެ.ހެ.ހެ. އެމްޑީޕީ މެމްބަރުންގެ ވޯޓެއް ލިބިގެނ ްއެމްޑީޕީ ގެ ޗެއާޕާރސަން ކަމަކަށް ދެނެއް ކަލޭ އަކަށް ނާދެވޭނެ.

  3. ާައަހުމަދު

    މީނަ އެމްޑީޕީގެ ވާހަކަ މިދައްކަނީ ރައީސްގެ ފަރާތުންބާ؟ މީނައަކީ އެމްޑީޕީ މެންބަރެއްވެސްނޫ، މީނައުޅުނީ ޔާމީނަށް އެމްޑީޕީ ވިއްކާލަންއުޅެނިކޮށް ޕާޓީ ބޭރުކުރީ.

  4. ލ. މީހާ

    އެންޑީޕީއަކީ މިގައުމަށް ކުރިމަތިވެފައިވާ ރޯގާއެއް މިރޯގާ ރަގަޅު ކުރަންޖެހޭ! މޫސަ ޗެއާޕަސެންޓްގެ ވާހަކަ ދައްކާއިރު އެއްފަހަރުވެސް އިންޑިޔާ މީހުން މިގައު އަޅުވެތިކުރާ ވާހަކަ ދައްކަން ނުކެރެނީ ކީއްވެތަ!

  5. ކިނބޫ

    ކަލެއަކީ އެމް.ޑީ.ޕީ އިން ވަކިކޮށްފަހުރި ގޮލައެއް، އެމް.ޑީ.ޕީ އިން ކަލޭބަލެއް ނުގަންނާނެ ދެނެއް މޮޔަނުގޮވާ

  6. އަންނި

    މިހާރު އެމްޑީޕީއަށް ވަންނަހިތުން ތެޅެނީ.