ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހޯދަން އިއުލާނު ކޮށްފައިވާ އެމީހާައަކީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުން ހޯދަމުންދާ އެ މީހާއަކީ ޔޫނުސް، ބަނގްލަދޭޝް (52އ)އެވެ/

އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ހޯދަމުންދާ މީހެކެވެ.

އޭނާ ހާޒިރު ވުމަށް އަންގާފައި ވަނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަަށް އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީދޫނި

    އަދިވެސް ބަލާ ތިޔަމީހުންވިސާޔަކަ ނުލާހިތުހުރިގޮތަކައް އުޅުނަދެވޭތޯ ގައުމެއްނެތް ލަދުންބޯހަލާކް