ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބެން ތާއީދު ކުރާ މޭރުންތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާ ސަބަބަކީ ނިރުބަވެރިންގެ އަތުން ސަލާމަތް ވެވެން އަންނަނީ ބޭރުގެ ދިފާއީ އެހީ ލިބިގެން ކަމަށް ވާތީ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިގެން ރާއްޖެ ވަޑައިގެންނެވުމަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ބޭރު ސިފައިން ތިބުމުގެ ވާހަކައަކީ "ސިޔާސީ ޕޮއިންޓް" ޖައްސަވަން ދައްކަވަން އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތުގެ ކަންކަމާ ގުޅޭ ގޮތުން ވެސް ވިސްނަން ޖެހެނީ ރާއްޖެއަށް އޮތް ނުރައްކަލަކާ މެދުގައި ކަމަށެވެ.

ނަޝީދަށް ވެސް ދިން ހަމަލާއަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ ބައެއް ގައުމުތަކުގެ ދިފާއީ ބާރުތަކުން ވެސް ބޭނުން ކުރާ ޒާތުގެ ބަރު ހަތިޔާރުތައް އުފެއްދާނެ ޒާތުގެ ތަކެތި ބާޒާރުން ވެސް ގަންނަން ހުންނަ ކަމާއި، އެ ތަކެތި އުފެއްދުމުގެ އުކުޅުތައް ވެސް ދަސްކުރެވެން އޮންނަ ކަމަށެވެ. އެހެންވެ، ރާއްޖެއަށް ވެސް ނިރުބަވެރިންގެ ބިރުވެރިކަމާއ ނުރައްކާ އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމެއްގެ ދިފާއީ ބާރު ވަރުގަދަކޮށް އޮތް ނަމަ، އެ ބާރު ވަރުގަދަކޮށް ބޭއްވުމުގައި ބޭރުގެ ފަރާތްތަކުގެ އެހީ ވެސް އޮންނަނަމަ ނިރުބަވެރިން އެ ގައުމެއް ހިފަން ފަސް ޖެހޭނެ ކަމަށެވެ. އަދި ބޭރުގެ އެހެން ގައުމުތަކާއެކު ދިފާއީ އެއްބަސްވުންތަކެއް އޮތަސް އެ ގައުމު ހިފަން ނިރުބަވެރިން ފަސް ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއިން އަންނަ ބަޔަކަށް ހަމަލާ ދޭން ދެވެން އޮތީ ކިހާ ވަރެއްގެ ހަމަލާއެއްތޯ. މިފަދަ އެސަސްމަންޓްތައް އަބަދުވެސް ގައުމުތަކުން ހަދާނެ. އެ ގައުމު ނެގުނަސް އެހެން ގައުމުތަކާއެކު ޑިފެންސް އެގްރިމަންޓް އެބަ ހުރުމުން އެ މީހުން ބަލިވާނެ ކަން އެނގޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަ ނިންމަލާވައްލަވަމުން އެމަނިކުފާނު ވިދާޅުވީ "ބޭރުގެ ސިފައިން ތިބުމާ ގުޅޭ ގޮތުން ސިޔާސީ ބޭފުޅުން ޕޮއިންޓް ޖައްސައިގެން ނުވާނެ" ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވާއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ޕެޓިޝަނެއްގެ މަސައްކަތް ވެސް ދަނީ ގެންދަމުންނެވެ. އަދި "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ދަނީ ހިންގަމުންނެވެ. ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ ސިފައިން ތިބުމަކީ ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދެކެއެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރަން އިންޑިއާގެ ސަރުކާރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭންގެ ތެރޭގައި ވާހަކަ ދެކެވިފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން މި ކަން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަމީތާބް

    އެމެރިކާގައި ޖަރުމަން ސިފައިންތިބޭ.. ފުރާންސް ގައި އެމެރިކާ ސިފައިންތިބޭ.. ޤަތަރުގައި ތުރުކީ ސިފައިންތިބޭ.. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބޭ.. އިންޑިޔާގައި ރާއްޖެ ސިފައިންވެސް ތިބޭ..

    6
    54
    • އަކްށޭ

      ބައެއް ޣައްދާރުން އިސްތިއުމާރަށް ލޯބިކުރޭ.

  2. ސލ

    ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުމުގެ ވާހަކައަކީ ސިޔާސީ ފައި ދާއެއް ހޯ ދަން ދައްކާހަޑި ވާހަކައެކެވެ މިވާހަކަ
    ދައްކާ މީހުން އެކަމުން ފައި ދާ ނެގިއަސް ރައްޔިތުންނަށް
    އޭގައި އޮތީ ގެއްލުމާއި ހަލާކެވެ.

  3. އަނަސު

    ތިޔަދައްކަނީ ހަމަ އަމިއްލަ އެދުމުގެ ވާހަކަ! މި އިސްލާމީ މުޖުތައުޢުގައި ގައިރު ދީން ޕޮރޮމޯޓު ކުރަން ނަޝީދު ވާހަކަ ދައްކަވާތީ ތިމާގެ ހަށިރައްކަލަކަށް ބޭރުގެ ސިފައިން ތިބެންޖެހޭކަމަށް ބުނުމުން ހައިރާންވޭ! ބަލަ ގައުމު ބައެއްގެ އަޅުވެތިކަމަށް ދޫކޮށްލައިގެންވެސް ހިމާޔަށްދޭން ކަލޭތީ ކާކޫ!

  4. އަލީ

    # އިންޑާ ސިފައިން އައުޓް

  5. ޑައެލޯގް

    ނުޖެހޭ ބޭރުގެ ސިފައިންތިބޭކަށް މިއޮތްހާ ދުވަހު ކިތައްވެރިން ވެރިކަންކޮށްފި ތިޔަނިރުބަވެރިންނެއްގެ އުދަގުލެއްނުޖެހެއެވެ. ކަލޭނެނާޖެހުނީމަ އުދަގޫވީދޯ. އެހެނެއްނޫންވީކީ އިންޑިޔާއިން ވޯޓުވައްކަންކޮށްދިނީ އެގައުމުގެ ސިފައިން މިގައުމުގައި ބަހައްޓާދޭމަތިންނެވެ.

  6. ސސ

    ސިޔާސީން ނަކީ ވަފާތެރި ކެހިވެރިން އެބައިމީހުން އަބަދުވެސަ ރައްޔިތުންނަށް ދޭނީ ދޯކާ !

  7. ކޮއްޔާ

    ނަޝީދު އަށް ދެން ދޭނެ / ދެވޭނެ ޕޮއިންޓްއެއް ނެތް !! ޕޮއިންަޓްދިން ގިނަމީހުންނަށްވެސް ތިގެންގުޅޭ ފިކުރު މިހާރު އެނގޭ !! އިސްތިއުފާ !! އިސްތިއުފާ !!

  8. ރަން ރީނދޫ

    ނިރުބަ އޭ ކިޔައިގެން ،ގަންނަން އުޅޭ ގަނޑު މި ފަޅާ އަރަނީ. ހުރިހާ ނިރުބަ ވެރި ހަމަލާއެއްގެ ފަހަތުގައި މި ކަލޭގެ ނަޖިސް އަތް އެބަވޭ. އިންޑިއާ އައުޓް

  9. ނާދިރާ

    ފިތުނަ އުފެއްދުން ހުއްޓާލަބަލަ އަންނީ.

  10. އަބުދުﷲ

    ތީ ހައްތާ އަހަރަމެންނައްވުރެ ދައް ގައުމުތައް!!!!

  11. ކޮންކަމެއްވަނީ

    ބޭރު ސިފައިން ތިއްބާ އަންނިއަށް ނިރުބަވެރި ހަމަލާއެއް އެ ދިނީ އެމީހުން ތިބުނާ ވައްތަރުގެ ބިރެއް ނުގަންނާތީއެއްނު..

  12. ކާފަ

    މިދެން މިރާއްޖޭގައި ކާކުތަ؟ ނުބެހޭކަމެއްނޯވޭ.

  13. ދިވެހި

    ގައުމާއި ގުޅޭގޮތުން މީނަ ވާހަކަދައްކަން ކުފޫހަމަ ނުވޭ.
    ޤައުމަށް އެންމެ ގިނަ ނިރުބަވެރި ހަމަލާދީ 19 ދިވެހިން ޝަހީދުކޮއްލި އާއިލާއަށް ނިސްބަތްވާ ބޮއްޅައެއް. އަދި މީނަ މިއަދު ނިރުބަވެރިންތިބެންޏާ އެހެންގައުމުތަކުގެ ސިފައިން ތިބެންޖެހެޔޭ ކިޔާ މި ދައްކާ ވަހަކައަކީ އަޑިނޭނގޭ ކަންތައްގަނޑެއް އޭގަ ނުވެ ނުދާނެކަމެއް

    19
  14. ލާދީނީ

    އެންމެބޮޑުޓެރަރިސްޓް ތިހެންބުނީމަ ހަމަހެވެނީ.

  15. ނާދިރާ

    މިކަހަލަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި

  16. Anonymous

    ދިވެހިންނާއި ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ދިވެހިދަރިއަކު ދައްކާ ބާވަތުގެ ވާހަކައެއްް ނޫން މީނަ މިދައްކަނީ. މުޑުދާރު ސުއްޕާ ޖާހިލު ޤައްދާރު ޙާއިނުން ދައްކާ ކަހަލަ ވާހަކަތަކެއް. މިކަހަލަ ޤައްދާރު ޙާއިނުންގެ ކިބައިން ޤައުމާއި ދަރިފަސްކޮޅު ސަލާމަތްކުރައްވާށި. އާމީން