އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަކޮށްލުމުގެ ގޮތުން "އޮބިއޮން" އިން ބޮޑުބެރު ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ސަރަހައްދީ އެންމެ ބޮޑު ދެ ބާރުގެ ގޮތުގައި އޮތް ރާއްޖެ އާއި އިންޑިއާ މެޗާ ދިމާކޮށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބޮޑުބެރު ޖަހާފައި ވަނީ "ސާދަ ތިރީސް އަށެއް" ބޮޑުބެރު ގްރޫޕުންނެވެ. މި ހަރަކާތް އޮތީ މާލޭގައި ހުންނަ އޮބިއޮން ޝޯ ރޫމް ކުރިމަތީގައެވެ.

"ސާދަ ތިރީސް އަށެއް" ބޮޑުބެރު ގްރޫޕުން އޮބިއޮން ކައިރީގައި ބޮޑުބެރު ޖަހަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ރާއްޖެ މުބާރާތުގައި ކުޅޭ ކޮންމެ މެޗަކާ ދިމާކޮށް މި ބޮޑުބެރު ގްރޫޕުން ވަނީ ބޮޑުބެރު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެ އާއި ނޭޕާލް ބައްދަލު ކުރި ރޭގެ ހަވީރު ވަނީ އެ ސަރަހައްދުގައި ބޮޑުބެރު ޖަހާފައިއެވެ.

އަދި ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ކުރިން ވެސް ހަމަ އެ ސަރަހައްދުގައި ބޮޑުބެރު ޖަހާފައިވެއެވެ.

"ސާދަ ތިރީސް އަށެއް" ބޮޑުބެރު ގްރޫޕުން އޮބިއޮން ކައިރީގައި ބޮޑުބެރު ޖަހަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

މީގެކުރިން އޮބިއޮން އިން ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ނެރުނު ޖާޒީ ބޮޑުބެރުގެ ބައިވެރިން ބޭނުން ކުރި ނަމަވެސް މިއަދު އެ ބައިވެރިން ބޭނުންކޮށްފައި ވަނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީއެކެވެ.

ކުޅިވަރު ސާމާނު ވިއްކުމުގައި މަޝްހޫރު އޮބިއޮން އަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ވިއްކުމުގައި މަޝްހޫރު ކަން ހޯދާފައިވާ ބައެކެވެ. ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ ހޯދަން އެތައް ބަޔަކު ފިހާރަ ކައިރީގައި ދަނީ ކިއުގައި ޖެހެމުންނެވެ. ރާއްޖެ އިން ބޭރުން ގެންނަ ޖާޒީތަކުގެ އިތުރު ސްޓޮކެއް މިރޭ ވެސް ވިއްކުމަށް އޮބިއޮން އިން ދަނީ ތައްޔާރުވަމުންނެވެ.

ސާފު ޗެމްޕިއަންޝިޕްގެ ފޯރި އިތުރު ކުރުމުގެ ގޮތުން ދިވެހި ސަޕޯޓަރުންނަށް ހާއްސަ ބައެއް ހިދުމަތްތައް މެއިން ޝޯރޫމުން ލިބެއެވެ. އެގޮތުން ދިވެހި ސަޕޯޓަރުންނަށް ހާއްސަކޮށް ހިލޭ ގައުމީ ދިދަ ބެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފޭސް ޕެއިންޓިން އާއި މި ނޫނަސް ބައެއް ހަރަކާތްތައް ކުރިއަށްގެންދިއުމަށް އޮބިއޮން އިން ވަނީ ނިންމައިފައެވެ.

"ސާދަ ތިރީސް އަށެއް" ބޮޑުބެރު ގްރޫޕުން އޮބިއޮން ކައިރީގައި ބޮޑުބެރު ޖަހަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ހުރެއެވެ. އެއީ މާލޭގައި ހުންނަ ފިހާރައިގެ އިތުރުން ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

ދެ ފިހާރައިގައި ހުންނަ ތަކެތީގެ ތެރޭގައި ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ހިމެނެއެވެ. ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ވެސް މި ތަނުން ލިބެއެވެ.

މާލެ ސަރަހައްދުގައި ހުރި ފިހާރަތަކުގެ ތެރެއިން އެންމެ ފަހުގެ ފުޓްބޯޅަ ބޫޓާއި އެންމެ ގިނަ ފުޓްބޯޅަ މޮޑެލްސްތައް ލިބޭ ހަމައެކިނި ފިހާރައަކީ އޮބިއޮންއެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ނައިކް އަދި އެޑިޑަސް ބްރޭންޑްގެ ބޫޓުތައް ހިމެނެއެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މީ އެފަހަރު (ބޮނޑިބޯ ފަހަރު)

  ހުންނާނީ އަލާފިލާފަ.. ދުނިޔެވީ އުފަލުގަ ކުޅިވަރާއި މަޖާ ހުންނާނީ ކުރެވިފަ.. ޕީޕް.. ޕީޕް ހެއް.. ވ.ބޮލައްފަސޭހަ މިވީދެން.. ލޮލް

 2. Anonymous

  ބޮޑުބެރު ޖަހަން ނާޗަރަންގީ ކުޅެވިފަ އޮންނާނީ

 3. Anonymous

  އަދި ވެސް އަންމަ ޝޯ އާ އައްޕާ ޝޯ ބޭއްވޭ ތޯ ބަލަ ..
  🤬🤬🤬

 4. ކާލި

  އަބޫ ޖަހުލުވެސް ބަދުރަށް ގޮސް އުޅުނީ ނާޗަރަގީ ކުޅެ މަޖާކުރަން، އެންމެ ފަހުން ބޮޑު ބަދު ނަސީބާއި ނާކާމިޔާބީ އަކާއި ކުރުމަތިލާން ޖެހުނީ ނިޔަތް ނުބައިވީމާ ވަގޮތަކީ ނުބައި ނަތީޖާވެސް އެބަނިކުމޭ !

 5. Anonymous

  ނާޗަރަންގީ ކުޅެ، ﷲ ޙަރާމް ކުރެ އްވި ބޮޑެތި ފާފަތަކަށް އަރާ މަގުތަކަށް އެއއ އްވެ، ހަޅޭ އްފަޅޭ އްޖަހާ، ދެޖިންސު މަސްހުނިވެ، ވަ އްކަމާ އި، ޚިޔާނަތާ އި ފަސާދަޔާ އި، ޒިނޭޔާ އި ރިބާޔާ އި، ކަލަ ގޮވުމާ އި، އަބުރަށް އަރަ އިގަތުމާ، ﷲ ގެ ޝަރީޢަތަށް ޙުކުމް ނުކުރުމާ އި މިހިރަ ކަންތަ އްތަކުގެ ހިތި ނަތީޖާ ޤަ އުމި އއްޔަތުގެ ހުރިހާ ދިމާލަކުން މި އަދު މި ވަނީ ދިވެހިން ތަޖުރިބާކުރަން ޖެހިފާ.

 6. މުދި އޮބިއޮން

  މަގޭ މަހަލްދީބް...މިއުޒިކް ޝޯ މަހަލްދީބް...މަހްލޫފު މަހަލްދީބް...އެމްއެމްޕީ އާރްސީ ލާރިގަނޑު މަހަލްދީބް...މަގޭވައިފްގެ ބޭބެ ގައުމުގެ ނައިބް ރައީސަކަށް ހުއްޓާ މަށަކާ ނުކުޅެވޭނެ. ކާނެ ލާރިއެއްކައިގެން ހަދާނެ އެއްޗެއް ހަދާނީ.. ވަޒީފާވެސް ނުގެއްލޭނެ..ލާރިވެސް ނުގެއްލޭނެ..މަށާމަގޭ ދަރިން ނަށް ހަލާލުވާނެ..

 7. އަލީމޫސާ

  މިހާރު އެގޭނެ އެއްވެސް އިންސާފެއް ނެތް ތަނެއްގަ ކަންކަން ވާންވީގޮތަށްކަން މިވީ. ތިމާމެން ހިތުހުރިގޮތަކަށް ކަން ކަން ކޮށް މޮޅުނުވާނެކަން މިއޮތީ ސާބިތުވެފަ.