ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކާއި ގުޅޭ މައްސަލަ ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ ހޮޓަލައިނެއް ތައާރަފް ކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން މައްސަލައެއް އޮޅުން ފިލުވުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާގެ 7253535 ނަމްބަރަށް މެސެޖު ކޮށްލައިގެން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން އެ މެސެޖުގައި މައްސަލަ ހުށަހަޅާ މީހާގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަމްބަރު، ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބެނުންވާ މައްސަލައެއްގެ ތަފްސީލު ހިމެނުމަށްފަހު އެ ނަންބަރަށް ފޮނުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން އެކުލަވައިލި އެ ހޮޓްލައިން ނަންބަރު މެދުވެރިކޮށް ހިޔާ ފްލެޓާ ގުޅޭ މައުލޫމާތު ސާފުކުރުމާއި، އިތުރު ކަންކަން ވެސް ހުށަހެޅޭނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި މިހާރު ބައެއް އާއިލާތައް ދިރިއުޅެމުން އަންނައިރު، ބައެއް ފަރާތްތަކަށް ދަތިތަކެއް ހުރުމުންނާއި ތަނުގައި މައްސަލަތަކެއް ހުރުމުން އަދި ބަދަލުވެވޭ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް އެޗްޑީސީން އަންނަނީ އެފަރާތްތަކާއި ގުޅައި އެއީ ކޮން މައްސަލަތަކެއްތޯ ބަލައި އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރުކޮށި

    މޮޅު ނަންނަން ކިޔާފަައި މޮޅު ހޮޓްލައިން ހަދާގެން މޮޅު އެޖެންޑާ ހަދާގެން ތިމާމެންނަށް ނުއުފުލޭ ވަރުގެ ޒިއްމާތަކާ ޙވާލުނުެ އިސްތިއުފާ ދީފައި ސުހޭލާ އެމްޑީޕީ ސަރުކާރޭ ކެެނެރީގޭ ހީލަތޭ ސޯލިހޭ ސަންގީރޭ ވަގުތުން ވަގުތަށް ބޮޑޭވަގުންތައް އިސްތިއުފާދީ. 2023ގައި އިންޝާﷲ ހަމަ އޮޔާދުއްވާލާނޫ! މިފަހަރު