ހއ. އަތޮޅު އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ.

އެ މީހާ ނިޔާވެފައި ވަނީ ރޭ ވަގުތެއްގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ތިން ދުވަސް ކުރިން ނެގި އޭނާގެ ސުންކު ނަތީޖާ ލިބުނީ މިއަދުގެ ވަގުތެއްގައެވެ.

އެ މީހާއާ ގާތުން އެއްތާވި މީހަކުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއީ ދިއްދޫން ކޮވިޑްގައި ނިޔާވި ފަސް ވަނަ މީހާއެވެ. މީގެ ކުރިން އެރަށު މީހަކާއި ބަންގްލަދޭޝް މީހަކުވެސް ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ރޭ ނިޔާވި މީހާއަކީ އެ އަތޮޅު ބާރަށު މީހެކެވެ.

މިއީ ފާއިތުވެދިޔަ ދެ ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ހަތަރު ވަނަ މީހާއެވެ. އެގޮތުން އިއްޔެ ތިނަދޫން ދެ މީހުން ކޮވިޑްގައި ނިޔާވެފައިވާއިރު، އައްޑޫން ރޭ މީހަކު ވަނީ ކޮވިޑްގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު