އައްޑޫސިޓީއަށް ދިޔަ ޒުވާނަކަށް އެސިޓީގެ ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ، އެޒުވާނާ ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ ރޭ 12:30 އެހާކަންހާއިރު ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ފުލުހުންނާއި އައްޑޫ ބަހުން ވާހަކަ ނުދެއްކުމުން ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

އެ ހާދިސާ ހިނގި ގޮތް ކިޔާދެމުން އޭނާ ބުނީ، ފުލުހުން އޭނާ އާއި ސުވާލު ކުރަން ފަށާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ގޭގެ ބޭރުގައި ސިނގިރޭޓެއް ބޯން ހުއްޓާ ކަމަށެވެ.

"އެތަނަށް އައިސް އޭނާއާއި ސުވާލު ކުރަން ފެށީ އައްޑޫ ބަހުން. ދެން އޭނަ ޖަވާބު ދެނީ ދިވެހި ބަހުން. އެގޮތަށް ޖަވާބު ދިނުމުން މި ބުނީ، އައްޑޫ ބަހުން ވާހަކަދައްކާށޭ އެނގޭނެއޭ އައްޑޫ ބަސް. ބުނީމަ އޭނާ ބުނީ ނޭނގެއޭ އައްޑޫ ބަހެއް. ތިމަންނަ މީ އައްޑޫ މީހެއް ނޫނޭ. އެހިސާބުން ޒުވާބު ކުރަމުން ގޮސް ގޮވައިގެން ދިޔައީ" މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ، އެތަނުން އެ ޒުވާނާ ގެންދިޔައިރު، ބިޑި ނާޅުވާ ކަމަށެވެ.

"ޕޮލިހަށް ގެންގޮސް ބިޑި އަޅުވާފައި ބާއްވައިގެން އަނިޔާ ކުރީ. މިހާރު އޮތީ ހޮސްޕިޓަލްގައި. ނުއެސް ހިނގޭ ރަނގަޅަށް"

އެޒުވާނާއާއި ހަވާލާދީ މީހަކު ބުނީ، ވެހިކަލުގައި ގެންގޮސް އޭނާ ނަގައި އެއްލާލީ ސްޓޭޝަންގައި ހުރި ގާތަކުގެ މައްޗަށް ކަމަށާއި އޭގެ ފަހުން ފުލުހުން އޭނާއަށް އަނިޔާ ކުރީ ކަމަށެވެ. އެހެން ނަމަވެސް އަނިޔާ ކޮށްފައިވަނީ ކިތަށް ފުލުހުން ކަމެއް އެނގިފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ރަހުމަތްތެރިޔަކު ބުނީ، ފުލުހުން އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ލިޔެކިއުންތައް ލިބުނުހާ އަވަހަށް އެތަކެތި ވެސް އެކޮމިޝަނަށް ފޮނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެކަމާއި ގުޅޭ މައުލޫމާތު ލިބުމުން ހިއްސާކޮށް ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކަހުރަބު

    ހަރާމީ އިންޑިއާ ގޮތަށް ދިވެހި ފުލުހުން ވެސް ޢެހެންތާ ވާނީ ދޯ

    66
    3
    • މޯދީޖިގެ އަމާ

      މުށިކުލަިގެ ޔުނިފޯމު ލައްވާފަ ދަންދިބުރި ދިނީމަ ފުރިހަމަ ވަނުންތޯ. އިންޑިޔާގެ އެންމެ އަވަށެއްގަ ތަފަތު ޔުނިފޯމެއް ފުލުހުން ލީމަ ހަޑިއެއްނު

      22
  2. ޝާދީ

    ޢިންޑިއާސިފައިން ގޮތަށް އައްޑޫމީހުންނަސް ނިކަން އަވަހަށް މީހުން ގާއްބޮލަށް އަރަގަންނެ ގޮއްހިންނެހެއް.

    17
    1
  3. ބޮންދު

    ޜާއްޖެތެރޭ ރައްތަކައްދެވުނީމަތިބެނީއޮޅިފަ މިހެންމިބުނީ އައްޑުއިންފެނިފަމާލެއިން ފެއްނައިރު ސައިޒުންކުޑަ ބައެއްޔުނިފޯމުއެޅި މީހުންވެދާނެ މާލޭމަގުމަތީ އުޅޭއާބާދީ ބޮޑުވީމަހެން އެތައްބައެއްގެ ލޮލައްފެނިދާނެ ތީވެސް އައްޑޫގަޑިއުޓީކުރަނީ އެކިއަތޮޅުތަކުގެމީހޫން އައްޑޫމީހުނައްވުރެއެމީހުންގެކަންތައްމާބޮޑު

    14
  4. ސައްދު

    ގޫބައްޑާފުލުހުންތަށް ހިފާ ހައްޔަރުކުރޭ...

    17
    2
  5. ށުމަން

    ޢައްޑޫ ރައްޔިތުން މި ސަރުކާރާ، މި ސަރުކާރުގެ ޕާޓީ ގެ ހިތިކަން ދެކޭނެ އަދި! ޜީނދޫ ވެފަ ތިބޭ!

    21
  6. ޢަލިބެ

    ދިވެހި ފުލުހުންނަކީ ކޮންމެ ކަމެއް ކުރުމަށް މިހާރު ބާރުތައްދީފައި ތިބޭބައެއްނު. ތިކަން ސާބިތެއްނުވާނެ. އަނިޔާކޮށްފައި އޮތް ޒުވާނަކު މަގުމަތީގައި އޮއްވައި ފުލުހުންނަށް ފެނިގެން ހޮސްޕިޓަލަށް ގެންދިޔަކަމަށް ވާނީ.

    21
    1
  7. ޜަނާ

    ޢައްޑޫ ބަހަކީވެސް ހަމަ ދިވެހިބަސް
    ކޮންމެހެން އައްޑޫ ބަހުން ވާހަކަ ދައްކަން ޖެހޭބާ . ތިޔަވާނީ ހިނދު ކޮޅުގަ ތިބި ބަޔަކަށް ފުލުހުން ކަމަށް ވިޔަސް ، އެހެން ނޫނީ ތިޔަފަދަ ގޮތަކަށްކަންތައް ކޮށްގެން ނުވާނެ ، ހޭބުއްދި ފިލާފަ ތިބީމަތާ ތިޔަވަރެއް ވާނީ ، ކޮބާ ޢިމްރާން

    25
  8. Anonymous

    ބަރެއްލިބުމަކީ ހަމަ ބިމުން ނެއްޓެން ޖެހޭނެ ސަބަބެއްނޫން

    15
  9. ރަން ރީނދޫ

    ކުރީގެ ސަރުކާރުން ކުރި ކަމެއް ދޯ އިމްރާން.

    19
    1
  10. މައިބަދަ

    މިއީކަމަ އެނުލަފާ އެމްސީ ޙަމީދުގެ ނުބައިނުލަފާކަން އޭނާގެނުހުންނާނެ ދިވެހިރައްޔިތުންނާދޭތެރޭ އިހްސާންތެރިކަމެއް ރައްޔިތުން މި ވަގުތުންވަގުތަށް ނިކުމެ މިނުބައިނުލަފާ ވެރިކަން ވައްޓާލާންވީ

    19
    2
  11. ިމުހައްމަދު

    ރޭގައި ފުޓްބޯޅަ މެޗު ނިނުމުނު ފަހުން ދިމާވި ހާދިސާއެއް. ފުލުހުން އޮތީ މަގު ބަންދުކޮށްފައި ލައިން ދަމާފައި. ޒުވާނަކު ބަންދުކޮށްފައި އޮތް ލައިންގެ ތެރެއަށް ހުރަސްކޮށްފައި ވަދެގެން ދިޔައިރު ހުރީ ފޯނެއްގައި ހުރެގެން. ފުލުހުންގެ ކަނބަލަކު ފަހަތުން ހުއްޓޭށޭ ގޮވަމުން 50 ވަރަކަށް ފޫޓަށް އެ ޒުވާނާގެ ފަހަތުން ދިޔައިރުވެސް އަޅާވެސް ނުލި. އެންމެފަހުން ބުރަކަށީގައި ކޮއްޓާލީމާ ފުއްމައިގެން ގޮސްފައި ދިމާކޮށްލީ ފުލުސްމީހާގެ ގައިގައި ޖަހަން. އެހެންވީމާ މިބާވަތުގެ ކަންކަމުގައި އަމަލުކުރުމަށް ފުލުހުންނަށް މިހާރަށްވުރެ ހަރުކަށި ގާނޫނެއް އެބަ ބޭނުންވޭ. އަދި ހަރުކަށިކަމާއެކު ކުރިމަތިލައިގެން ނޫނީ މިގައުމު ދެނެއް އިސްލާހެއް ނުވާނެ.

    13
    12
    • ހުސޭނުގެ ފުތް

      ފުލުހުންގެ ޑިއުޓީ އަދާކުރުމަށް އައަޑޫ ގޫބައްޑާ މެން ހުރަސްއަޅާ ވަރެއް މި ކޮމެންޓް ކުރާ މީހުންނަކަށް ނޭގޭ.. ފުލުހުންގެ ފޮލޯކުރަން އޮންނަ އިން ފަހަނައަޅާ ހަރުކަށިކަން ދައްކާ ކޮންމެ މީހަކަށް "ފުލުހުންނަށް ހެދުނުއެއްޗެއް ހަދަން" ހުއްދަ އޮންނަ ޤާނޫނެއް އޮތުމަށް އަހަރެން ތާއިދުކުރަން..

      6
      3
  12. Anonymous

    މިއޮތީ ޕޮލިސް ސްޓޭޓެއް އުފެދިފަ. އަދިވެސް ކުލީ ސަރުކާރުގެނޭ. ޔާﷲ މިނުބައިވެރިކަން ނިންމަވާނދޭވެ. ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ.

  13. ހަކީމު

    އަބަދު އަބަދު މިހާރު އިވެނީ ފުލުހުން މީހުނަށް އަނިޔާކުރާ ވާހަކަ. މީރައީސްސޯލިހުގެ ވައުދެއްތޯ؟މިވައުދު ފުއްދަން ފުލުހުންގެ ވެރިއަކަށް ލާފާހުންނަ ލާދީނީ ހަމީދަކީ ފުލުހުންލައްވާ މިކަން ކުރުވަން ސޯލިހު ލާފާ ހުންމީހަކީތަ؟

  14. އަލިބެއްޔާ

    ފުލުހުން ކުރިމަތީ ގައްޑާވުން ދިވެހި ޕާޓޭ ޒުވާނުން އެބަ ޖެހޭ ހުއްޓާލަން.. އަނިޔާ ލިބިގަތުމާއި އަނިޔާ ކުރުމާ ތަފާތު.. އަދި ބުނެލަން.. ދަނގަޑު ކެނޑޭނީ ދަނގަޑުން.. ނަސޭހަތުން އަރަގަންނަ ހިސަބުގާ ތިބި ބަޔަކަށް ދޭނެ ނަސޭހަތަކީ ނެތް އެއްޗެއް.. ފުލުހުންނަށް އަހަރެން ސާބަސް ދެން..

  15. ވާނުވާ

    މެޗާން ބަލިވީމެއި ވީ ކަމަށްތޭ.

  16. ސްކާނު

    ދިވެހި ބަސް....... މާނަ؟؟.. ހަމަ އެކަނި މާލެ ބަހައް ތޯ ދިވެހި ބަސް ކިޔައި އުޅެނީ.. މުޅިން ނުބައި

  17. އަހުމަދު

    ނަން ވާނީ ޕާޓޭއިން. މިއީ ގާނޫނީ ޕާޓޭއިން.