މިއަދު ރާއްޖެ އިން އިތުރު 106 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 21 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 78 މީހުން މިއަދު ފައްސިވިއެވެ. އިތުރު ހަތް މީހުން މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދަކީ މިމަހު ކޮވިޑް ޖެހުނު މީހުންގެ އަދަދު 100 އިން މަތީގައި ޖެހިގެން ޖެހިގެން ދެދުވަހު ހުރި ފުރަތަމަ ދުވަހެވެ.

މިއަދު ވަނީ 4284 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދަކީ މިމަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.47 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 1029 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު