ދީނަށް މަލާމާތްކޮށް ކީރިތި ރަސޫލާ ސައްލައްﷲ އަލައިހިސައްލަމްއަށް ހަޖޫޖަހާ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ. މިލަންދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ހިދުމަތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދީނީ މިނިވަންކަން ރާއްޖޭގައި ދިނުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވަނީ މީގެ ކުރީގެ ވެރިކަމެއްގައި ރައީސް އޮފީހުން އިސްލާމިކް މިިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ވާހަކަ ދައްކަވާފައެވެ. އެ ސިޓީގައި ވަނީ ރާއްޖޭގައި އެހެން ދީން ތަކަށް ފުރުސަތު އޮތްތޯ ސުވާލު ކުރައްވާފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ސިޓީ މަޖިލީހަށް ގެނެވި އެކަމާ ބެހޭގޮތުން ސުވާލުވެސް ކުރެވުނު ކަމަށް ވިދާޅުވިއެވެ.

"އިސްލާމް ދީން ނޫން އެހެން ދީންތަކަށް އަޅުކަން ކުރުމަށް ފާޅުގައި ޗާޗް ހެދުމާއި އަދި މިނޫންވެސް ބިނާތައް ހެދުމުގެ ޖާގަ އޮތްތޯ ސުވާލު ކުރެއްވި ނޫންތޯ؟ މި ހަނދާން އަޅުގަނޑުމެން ނެތީތޯ؟"

މީގެ އިތުރުން މިހާރު ދިވެހި ޒުވާނުންގެ ތެރޭގައި އެތައް ބަޔަކު ދީނަށް ހަޖޫ ޖަހައި މަލާމާތް ކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ހަރުކަށި އިބާރާތުން މިއަދު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ރަސޫލާއަށް ހަޖޫޖަހައި ދީނަށް ހަޖޫޖަހައި އިސްލާމް ދީން ނޫން އެހެން ދީނާ ހިލާފު ކަންތައްތައް ކުރާ މީހުންނަށް މި ސަރުކާރުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންތައް ކުރާ މީހުންނަށް ގާނޫނުގެ ތެރެއިން އަދަބު ނުދެވޭ ނަމަ ގާނޫނު ހަދައިގެން ވެސް އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން މީގެ ކުރިން ވެސް ދިވެހި ރާއްޖެއަށް ފިއްތުންތައް ކުރިމަތި ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތިވަނީ ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނާތީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ބައެއް ކަހަލަ މުދާ ގައުމުތަކަށް އެކްސްޕޯޓު ކުރުމުގައި ރާއްޖެއަށް ލިބުނު އިނާޔަތްތައް ވެސް ހުއްޓާލާފައިވާ ކަމަށް ރައީސް ހާމަ ކުރެއްވިއެވެ. އެގޮތުން ދަޅު މަސް އެކްސްޕޯޓު ކުރުމުގައި ދޭން އެއްބަސްވި އިނާޔަތްތައް ވެސް ވަނީ ހުއްޓާލާފައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަބްދުއްލާ

    ޔޫޓިއުބުގާ އެބަހުރި ކެނެރީގެ ނަސީދު ދައްކާފަ ހުރި ގިނަވާކހަކަތަކެއް އެ ވާހަކަތައް ދެއްކިފަހުން 10 އަހަރުވީ ވާހަކަތައްވެސް އެބަހުރި ފިޔަވޅެއް އެޅިތަނެއް ނާދޭ

  2. މަލަކުރި

    ﷲ ގެ ހަޒުރަތުގައި ދީނަކީ އިސްލާމްދީން - އެެން ގޮތެއް އަމިއްލަ ގެނެސްފި މީހާ އެވަނީ ބާޠިލު މަގައި އަދި މަގުފުރެއްދުމުގެ ތެރޭގައި- އެމީހަކު އަމިއްލައަށް ނަރަކަ ހޯދައިގެންފި.

  3. ހެޔޮބަސް

    ރ.ޔާމީންއަށް ސާބަސްރަށްދުކުރަން ތިއީ ހިތްވަރުގަދަ ،ކެރޭބޭފުޅެއް
    ރާއްޖޭގައި އިސްލާމްދީންނޫން އެހެންދީނަކަށް ފުރުސަތުނޯންނާނެކަމަށާދީނަށާ،ރަސޫލާއަށް
    ހަޖޫޖަހައި އިސްލާމްދީނާ ޚިލާފްކަންތައްތައްކުރާމީހުންނަށްގާނޫނުންއަދަބުދެވެންނެތްނަމަ
    ގާނޫނުހައްދައިގެންވެސް ދީނާޚިލާފް ކަންތައްކުރާފަރާތްތަކަށް އަދަބުދެއްވާނެކަމަށްވިޅުވެ
    ލެއްވުމުން ވަރަށްއުފާވި އަދިއެއީ އެކަންވާންޖެހޭގޮތްކަމަށާ،ތިބޭފުޅާގެވެރިކަމެއްގައިރާއްޖޭ
    ގައި އިސްލާމްދީންނޫން އެހެންދީނަކަށް ފުރުސަތު ނުދެއްވާނެކަމަށް ޔަގީންވެއްޖެ ޝުކުރިއްޔާ ރައީސްޔާމީން ތިއީ އިސްލާމްދީނަށްލޯބި ކުރައްވާބޭފުޅެއް އަދި ގައުމުގެ
    ރައްޔިތުންދެކެވެސް ލޯބިވެލައްވާ ބޭފުޅެއްކަންއެގޭ މިހާރު ގައުމަށްލިބޭތަރައްޤީން

  4. މަނިކުފާނު

    ޓީވީން ލައިވްކުރަމުން ދިޔަ ނަރުދަމާ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތެއްގައި، އެތާ ތިއްބެވި މަޖްލިސް މެމްބަރުންނަށް ޢިޝާރާތް ކުރައްވައި މަނިކުފާނު ވެސް ވިދާޚުވި އަޑު އަޅުގަނޑު އެހީމެވެ. "މަޖްލިސް މެޖޯރިޓީ އޮތީ ތިބޭފުޅުންގެ އަތްޕުޅުގަ އޭ، މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް ނޫންކަން ތިބޭފުޅުން ފާސް ކުރައްވާށޭ، ތިމަންމަނިކުފާނަށް ކެރޭނެޔޭ އެ ތަންފީޒް ކުަރަން". މަނިކުފާނުގެ ގަޓް ހުރިވަރު ދެއްކުމުގެ ގޮތުން ނަމަވެސް، ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ޙަލާލު ކުރުމުގެ ވާހަކަ ދެއްކެވުމަކީ ވެސް ދީނަށް ހަޖޫ ޖެހުން ކަމުގައި ނޫނީ ނުވާނެކަން ޔަޤީނެވެ. ކުށްސާބިތު ވާ ޤާތިލުންނަށް މަރުގެ ޢަދަބު ދިނުމަށް އޮންނައިރު، އެކަން ނުކުރެއްވުމަކީ ވެސް އިސްލާމް ދީނަށް ކަމޭ ހިއްތަވާ ވެރިޔަކު ކުރައްވާނޭ ކަމެއް ނޫންކަން ވެސް ޔަޤީނެވެ.

  5. DR.Sokay

    Saabahey P.Yamin
    You The Man

  6. ރަށުމީހާ

    މަށަށްފެންނަގޮތުންތިޔައީ ދީނަށްއެންމެ ހަޖޫޖަހާމީހާ އަވަހަށް ހުކުމްކުރޭ

  7. އާންތު

    ސާބަހޭ ރައީސް ޔާމީން. 2018 ޔަގީން.

  8. 188bet

    I was suggested this blog by my cousin. I'm not sure
    whether this post is written by him as no one else know such detailed about my problem.

    You're incredible! Thanks! http://Www.Memememo.com/link.php?url=http://alternatif188bet.com

  9. 188bet

    I was suggested this blog by my cousin. I'm not sure whether this post is written by
    him as no one else know such detailed about my problem. You're incredible!
    Thanks! http://Www.Memememo.com/link.php?url=http://alternatif188bet.com

  10. 188bet

    bookmarked!!, I really like your website! https://redirect.nl/stats/link188bet72837