ދިވެހި ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދުގެ މައިދައިތަ، ރަޝީދާ މުޙައްމަދު ދީދީ އަވަހާރަވެއްޖެއެވެ. ރަޝީދާ އަވަހާރަވެފައިވަނީ އިއްޔެ ހެނދުނު، ސްރީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައިދައިތަގެ އިތުރުން، އޭނާއަކީ، ގިނަ ބަޔަކު ދަންނަ، އެތައް ފަރާތްތަކެއްގެ މަންމައެވެ. އެގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ކުރީގެ ޗެއާމަން، އަބްދުއް ރަޝީދު ނާފިޒާއި، ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވި މުޙައްމަދު ފާރޫޤު ހިމެނެއެވެ. ހަމައެހެންމެ، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރިސޓީގައި ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ޒަކީ ނާފިޒްގެ މަންމައަކީވެސް ރަޝީދާ އެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަޝީދާ އަކީ ޔުނައިޓެޑް ސުވަދިވް ރިޕަބްލިކްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އަބްދުﷲ ނާފިޒުގެ އަނބިކަނބަލުންނެވެ. ސުވަދިވް ރިޕަބްލިކް އަކީ، ދެކުނުގެ ހަތަރު އަތޮޅު އެއްކޮށްލުމަށްފަހު، އިނގިރޭސީންގެ މަދަދާއެކު އަބްދުﷲ އަފީފު އުފެއްދި ވަކި ދައުލަތެކެވެ.

މިރޭގެ އިޝާ ނަމާދަށް ފަހު، ރަޝީދާވަނީ ފަސްދާނު ލައިފައެވެ.

މިއަދު ވަނީ، ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ، ރަމްލާވެސް ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލަކުރި

    ރަޝީދާ މުހައްމަދު ދީދީއަކީ ފިސާރި ކަނބަލެއް ތަރުބަވީ ޢިލްމީ އެތައް ދަރިންތަކެއް ގައުމަށް ނެރެދެއްވި އެދުރެއް އަދި މައެއް. މާތް ﷲ އެކަމަނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން

  2. ކެރެޓް

    ދެރަ ދޯ ﷲ ގެ ރަހްމަތަށް އެދި ދުޢާ ކުރަން