އާހިތްވަރަކާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗްގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމުމުން ޓީމަށް ހިތްވަރުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޓީމަށް ހިތްވަރުދެއްވާ ނަޝީދު ވަނީ ނާކާމިޔާބީގައި ހިތްވަރު ގަދަކުރެއްވުމަށް އެދިވަޑައިގެންފައެވެ. "ﷲގެ އިރާދަފުޅާއި ހިތްވަރާއިއެކު ގައުމީ ފުޓްބޯޅަ ޓީމް އަލުން ނިކުންނާނެ ކަމީ އަޅުގަނޑަށް ކަށަވަރު ކަމެއް." ނަޝީދު ވިދާޅުވިއެވެ.

ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗާއި ގުޅޭ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރާއްޖެ އިން އިންޑިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވެފައި ވަނިކޮށް ރޭ ރާއްޖެ ބަލިވުމުން ބައެއް މީހުން އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރާއްޖެ ބަލިވި ނަޝީދުގެ ސުންޕާ އަނގައިގެ ސަބަބުންނެވެ.

ރޭގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވެން އޮތެވެ. މަންވީރު ސިންގް 32 ވަނަ މިނިޓްގައި އިންޑިއާ އަށް ލީޑުނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ޕެނަލްޓީން ރާއްޖެ ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް ދެ ވަނަ ހާފްގައި ސުނިލް ޗެތުރީ ދެ ގޯލު ޖަހައި އިންޑިއާ މޮޅުކޮށްދިނެވެ. އޭގެ ފަހުން ނަތީޖާ ބަދަލު ކޮށްލަން ދިވެހި ޓީމަށް ފުރުސަތެއް ނުލިބުނެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން 12 މުބާރާތުގެ ފައިނަލަށް އިންޑިއާ މި ވަނީ ދަތުރުކޮށްފަ އެވެ. މިމުބާރާތް އިންޑިއާ އިން ވަނީ ހަތް ފަހަރު ކާމިޔާބު ކޮށްފައެވެ. ރާއްޖެ އަށް މުބާރާތް ކާމިޔާބު ކުރެވުނީ ދެފަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ހަވާސާ އިބޫ

  ކެނެރީގޭ ނަސީދު ދަންޑަށްދިޔައިމާ ބަލިވީ، އިންޑިޔާ މޮޅުވީމާ މޯދީއާއި ގުޅާފަބިނިކަމަށްވަނީ ދިވެހިންބަލިވީ ޗައިނާގެ ސަބުންކަމަށް!

  33
  7
  • ސްނޭޕް

   ނޭޕާލް އަތުން ބަލިވީ ވެސް ރައީސް ނަޝީދު ދަނދުގަ އިނީމަ. އޯކޭ..

 2. މަގޭ

  ކޮންތާކު، ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. މުންކަރާތަކުން ދިވެހި ސަލާމަތްކޮށްދެއްވީ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ.
  ނާޗަރަންގީ މިނިސްޓަރު، ނަޝީދު ޖާބިރު ކަހަލަ ބޯ ހަމަނުޖެހޭމީހުން އެކަލާނގެ އަށް ގޮންޖެއްސެވީމަ ވީ ގޮތް މިއީ. ވަރަށް ދެރަވެއްޖެ.
  ދެންވެސް ޢިބްރަތް ހާސިލުކުރަންވީ. އެކަލާނގެ އިރާދަފުޅާ ނުލާ ގަހަކުން ހިކި ފަތެއްވެސް ބިންމައްޗަށް ނުވެއްޓޭ ހުއްޓެެވެ.

  55
  3
 3. އަލީމޫސާ

  ސުންޕާ މީހުން ގެ ދުލުގެ ސަބަބުން އަހަރުމެން ދިވެހިން ދެރަވީ. ވަރަށްދެރަ.!

 4. ދަރަނި ދަންތުރަ

  ކެނެރީގޭ ނާގަހަރުފަ ގައުމީޓީމަށް ވިހަލައިފި ، މިއީ ދިވެހި ގައުމާ ދިވެހިންގެ ހަލާކު

 5. Anonymous

  އަާ ހިތްވަރަކާއެކު މޯދީ ރާޖާގެ ވަކިތަކުން ދެކުނު އޭޝިއާ ސަލާމަތް ކުރަން ގަޓް ދިވެހިން ތެދުވަން ޖެހޭ މިއީ އަލިރަސްގެފާނު ފުރާނައިން އަގު ދިން ދިވެހިރާއްޖެ ވެލިފުކެއްވެސް މިބިމުން ދޫކޮށްނުލާ ދަނޑު ފުރާލި ގޮތައް ގައުމުގެ ޝަރަފަށްޓަކާ ތެދުވޭ

 6. ކާޅު

  ހީވާގޮތުން މީނަ ރާއްޖެ މިއައީ އިންޑިއާ ފައިނަލަށް ނުގޮސްސާނެތީ ޑީލް ހަދަންވެގެން. މޯޑީ ބެ ރުޅި އައިސް ދާނެތީ މެޗުން އިންޑިއާ މޮޅުކޮއްދެވޭނީ ކިހިނެއް ހެދިއްޔާތޯ ބަލަން އައިސް އެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލާއިފި. ސާބަސް ކެނެރީގެ އަންނި. އެކަމަކު ހުރިހާ ދިވެހިން ތިބީ މަނިކުފާނުގެ "އެޅިހާ ބަތަކަށް ރިހަ" ވެފައެއް ނޫންކަން ހަދާން ކޮއްދެނެ.

 7. Anonymous

  ބޯޅަޔަކީވައްއެއްޗެއް އަމާޒުން ކައްސާލާ ބައެއްފަހަރު އަތުވެދާނެ ހިތްވަރު ގަދަކުރޭ

 8. ޢަދުރޭ

  ނަޝޯދު އިއްޔެ ބުނީ ދިވެހިން މޮޅުވާނެއޭ .. ﷲ ގެ އިރާދަފުޅުމަތިން ހަނދާނެއް ނުވި . ބަލިވީމަ މި ބުނަނީ ﷲ ގެ އިރާދަފުޅޭ . މިކަމުން އެނގެނީ މީ ދިވެހިންނާ ދޭތެރޭ ހިތް ރަނގަޅު މީހެއް ނޫންކަން

 9. ދުރުމި

  ތި ސުންޕާ ކަލޭގެ ދައްކާވަހަކަތައް ނުގެނެސްބަލަ.

 10. ޙަފޯ

  މާކުރިންވެސް ހީވި، ކުއްލިއަކައް މާލެއައިސް މީނާ ގައުމީޓީމް އޮތް ހޮޓެލް ޖެންއަށް ވަދެ އޮތުމަކީ ގައުމީޓީމްގެ އަށް ކޮންފަދަ ކަމެއް ބާއޭ.

 11. ކޮއްޕަން

  އަންނި 3 ---- އިބޫ 1

 12. ހަޤީޤަތް

  މުއްލެވިގެން ކޮންމެހެން ތި ވާހަކަ ބުނާކަށް ނުޖެހޭ. ޢެއީ މަޖުލީސް ރައީސްގެ މެންޑޭޓުގައި ހިމެނޭ ކަމެއްނޫނ.

 13. ކޮރަލް

  ދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާ އެއް ވެސް މީހަކަށް ތާއީދެއް ނުކުރާނަމެވެ.

 14. އިސްތިއުފާ

  ސަރުކާރުގެ ކުޅިވަރު ސިޔާސަތު ވަކިން ޚާއްސަ ކޮށް ފުޓްބޯޅަ ސިޔާސަތު ވަނީ ފެއިލް ވެފައޭ އިންޑިއާ އިން ލޯން ނަގައިގެން ނުޖެހެއޭ ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަން އެތަނުގައި ފުޓް ބޯޅަ ސްޓޭޑިއަމް އެކޭ އަޅަން ޖެހޭނީ ރައްޔިތުންގެ ވިންދު ނުދަންނަ ކަނޑުކޮސް ރައީސުން ވެރިކަން ކުރާނަމަ ރާއްޖެ އަށް ސާފް ޗެމްޕިއަން ޝިޕް ތަށި ނުލިބޭނެއޭ ރައީސް އިބޫ އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 15. ނިހާން

  ޖަލު ހުކުމެއްގަ އޮއި ވަގެއްގެ ކިބައިން ހިއްވަރު ހޯދީމަ ބަލިވީ.

 16. އައްޑޫ މީހާ

  ކަލޭމެންގެ ވެރިކަމުގައި ކޮބާތަ ކުރެވުނު ކަމެއް ޤައުމީ ޓީމް ހަލާކު ކުރުން ނޫން ކަމެއް ނުކުރެވޭ

 17. ކަޅުބެ

  އަނެއްކާވެސް މިކަލޭގެ އަނގަބާނަންފެށީ ބަލިވީސް މިކަލޭގެޔާހެދި އަނެއްކާވެސް އަނގަ ނުތަޅުވާ މަޑުންހުރޭ.

 18. ދިވެހި

  ދަގަނޑޭ އަށް މިހާރަކު ނުކުޅެވޭ..ސުޒޭން އަދި ދަގަނޑޭ ބަދަލު ކުރީމަ ރަނގަޅުވާނެ

 19. ހޯރަފުށިމީހާ

  މިއަދު ކަލޭމެން ސިޔާސީ މީހުންނަށް ނިކަން ރީއްޗަށް ފެނިއްޖެ ދޯ މި ޤައުމުގެ ހަލާކަކީ ބައިބައި ކުރާ ބަޔަކީ ކަލޭމެންކަން… އަދި ޤައުމު އެކަތި ގަނޑަކަށް ހަދާ އެއްބައި ކުރާ އެއްޗަކީ ފުޓްބޯޅަ ކަން… ނިކަން އަސަރު ކުރިދޯ މީހުން އެއްކުލައަކުން ވަދެ ދަނޑު ފުރާލައިފަ ޤައުމީ ޓީމަށް ސަޕޯރޓްކުރާތަން ފެނުނީމަ…

 20. މެކް

  ކޮބާތަ މިތަނުން މިގައުމުގެ ރައީސަކީ

 21. ބާބޫ

  ކެނަރީ ބުއްޅަ ވަލް ގަންޖާ އަލް ޔޫގޭ އަޅު ގެ އެސްފީނާއާއި ގެރި މަހުލޫފުގެ އަނގަ ވިހަ ކަމުގެ ސަބަބުން ރާއްޖެ ބަލިވީ..............ވ ސަލާން

 22. ސަމްކުޅިބޭ

  އަދިވެސް މިޝައިތޯނު އަނގަމަޑުން ލައިގެން ހުންނާކަށްނޫޅެޔޭ. އަނގަޔަށް ފޯއްކިބައެއްލައިގެން ނަމަވެސް އަނގަމަޑުންލައިގެން ހުރެބަލަ.

 23. ސޮއްބެ

  ސަރުކާރު ސުންޕާ ވެއްޖެޔާ ރައްޔޮތުންނަށް ލިބޭނެ މޮޅެއް ނޯންނާނެ.. އެއީ މިފަހަރު ވީގޮތަކީ...