ފިލްމީތަރި އަދި ޕްރޮޑިއުސަރު އަބްދުﷲ މުއާޒު (މުއާ) އަށް ސަރުކާރުން ސިޔާސީ މަގާމެއް ދީފިއެވެ.

މުއާ އަށް ދީފައި ވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ) ގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމެވެ.

ސިޔާސީ މަގާމަކަށް މުއާ، އައްޔަންކޮށްފައިވާކަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަގުތު" އަށް ޔަގީންކޮށްދީފައެވެ. އެކްޒެކްޓިވް ފެންވަރުގެ ބޭފުޅުންނަށް މުސާރައަކީ 25،000 ރުފިޔާއެވެ.

އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައިކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އޭނާ މި ވަގުތު ވަކި ޕާޓީއެއްގައި ހުރި ކަމެއް ވެސް ނޭނގެއެވެ.

އާޓްސް މިނިސްޓްރީ އާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޮފީސް އަދި މަރުކަޒު ހިމެނޭގޮތަށް ޖުމްލަ 11 މުއައްސަސާ ހިންގެވުމާއި ހަވާލުވެވަޑައިގެން މިވަގުތު ސިޔާސީ މަގާމުތަކުގައި 21 ބޭފުޅަކު އެބަ ތިއްބެވިއެވެ.

މުއާ ސިޔާސީ މަގާމަކަށް އައްޔަނު ކުރައްވާފައިވާއިރު އޭނާއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވެރިކަމަށް ގެނައުމަށް ކުރެވުނު ކެމްޕެއިންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތައް މަދުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވިޔަސް، މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ގިނައެވެ. ޚާއްސަކޮށް އިންތިޚާބުތަކުން ނާކާމިޔާބުވާ ސިޔާސީ ބޭފުޅުންނާއި، ބައެއް އެހެން ބޭފުޅުންނަށް ވެސް ދަނީ މަގާމުތައް އުފައްދަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޔޫތް މިނިސްޓްރީގެ ދަށުން އެންސީއޭ ހިންގިއިރު ވެސް މުއާ ވަނީ އެންއައިސީގެ އެގްޒެކްޓިން ކޯޑިނޭޓަރުގެ މަގާމު އަދާކޮށްފައެވެ. އެ މަގާމުން އޭނާ ވަކިކުރީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ސްނޭޕް

  ނޭނގެންޏާ ނުލިޔަންވީނު

  11
  2
 2. ކޮރަލް

  މާސްޓަރސް އަދި ޕީއެޗްޑީ ހަދާ ފަ ހުރި މީހުންނަށް ކުރި މަލާ މާތެކެވެ.

  46
 3. ސަފަރު ކައްދަ

  ވާ ވާ ސަޅި "އާޓްސް މިނިސްޓްރީގައި މި ވަގުތު ސިޔާސީ މަގާމުތަކުގައި 21 ބޭފުޅަކު އެބަ ތިއްބެވިއެވެ." އެކަމު އާންމު ރައްޔިތުން ސަލާން ޖަހަނީ. ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެވޭކަށް ބަޖެޓުގަ ލާރިއެއް ނެތް. ހަމަ ހަބޭސް

  49
 4. ގައުމުގެ ހަލާކު

  މީ މަގުމުގެ މީހުންނަކީ..25000ރުފިޔާ..މާސްޓާސް ހެދީމަ 7000 ރުފިޔާ ކިޔަވާނެކަމެއްނެތް

  54
 5. ޖ

  ސިޔާސީމަގާމުއުފައްދާފއި އެމީހުންނައް ބޮޑުމުސާރަދޭން އޯކޭ އެކަމަކު އާދައިގެ މީހުންމުސާރަތައް ބޮޑުކުރަންވީމަ މިއުޅެނީމައްސަލަދިމާވެގެން

  43
 6. އިސްޢާފް ސަލީމް

  ސިވިލްސާވިސްގައި 18 ގަޑިއިރު ( ކުލާސްތަކުގައި 6 ގަޑި ، ތައްޔަރުވުމަށް 4 ގަޑި ، ދަރިވަރުންގެ ޙަރަކަތްތަކުގައި 6 ގަޑި ، މަސައްކަތްކުރާ ( ސުކޫލްތަކުގައި ވަޒީފާއަދާކުރާ ) މާސްޓަރޒް ފެންވަރުގެ މުވައްޒިފަކަށް -/9000. އެލެވަންސްތަކާ އޯވަރޓައިމާއެކު -/15000 . މޭޒަކާ ކޮމްޕިޔުޓަރއަކާ އާމްޗެއަރއެއްއދީފައި ގޭމުކުޅެން 6 ގަޑިއިރު ދީފާ -/25000 ސަޅިއެއްނު؟

  56
  1
 7. މީހާ

  މީނަޔައް މިވަޒީފާދިނީ ކޮން ފާހެއް އޮވެގެންތަ؟ކިޔަވައިގެން މަތީ ފާސް އޮތަސް މިޖެހެނީ ވަޒީފާއެއް ނުލިބިފަ ތިބެން..އެކަމު މިސިޔާސީވެފަ ލަދުހަޔާތް ކަނޑާލާފަ އުޅޭ މީހުންނަ ވަޒީފާލިބޭ އެއްފާހެއް ނެތަސް...އަހަރެންގެ ދުއާއަކީ މިގައުމުގައި ނާއިންސާފުން ކަންތައް ކުރާ މީހުން ނިކަމެތިކުރައްވާށި..

  42
  1
 8. ދަރަނި ދަންތުރަ

  ގައުމުގެ ހަޒާނާ އައުވާނުންނަށް ބަހާ ހުސްކޮށްފި ކޮބާ ރީނދޫ ގުރޫޕު

  35
  1
 9. Anonymous

  ތައުލީމީ ފެންވަރަކީ ކޮބާ.

  33
  • ކާފަ

   ޑިގުރީނެގީ މެދު ފަޅުމަތިން..

   21
 10. ލާޗާރު ބިޗާރު

  ސާބަސް..ތީ މިޤައުމުގަ ތިބި އެންމެ ފެންވަރުހުރި ޝަރުތުހަމަވާ މީސްމީހުން..ކީކޭ ބުނާނީ؟؟ ބޭކާރު ލާރިތަކެއް ހަރަދުކޮށްގެން އެކި ފެންވަރުގެ ޑިގްރީތައް ހާސިލްކުރުމަށް ކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތް..

  33
  • ވާނުވާ މީހުން

   އެ ބުނީނު ސިއާސީ މަގާމެކެ .. ސީއާސީމަގާމައް ޑިގްރީ ބޭނުމެއް ނުވަނެ

   12
   2
 11. ޢން

  ފިލްމީ ތަރި ޢޭ ބުނީމަ އެދާއިރާގަ އެތައް އަހަރު ތަކެއް ހޭދަ ކޮއް އެތައް ފިލްމެއް ކުޅުނު މީހުނަށްވެސް ހުތުރު. މުއާޒު ކުޅުނު ފިލްމު އެހާ މަދު.

  26
 12. Anonymous

  ކުދިންނޭ ހަޅޭއް ފަޅެއް ނުޖަހާ މަޑުން ތިބޭ.
  ޕާޓީގައި މީހުން ހަރުލާނީ ޕާޓީއަށް މަސައްކަތް ކޮށްދޭ މީހުންނަށް މަޤާމު ދީގެން.
  ކިޔެވިއަސް ނުކިޔެވިޔަސް ރައީސް ކަމާ ބޮޑު ވަޒީރު ކަން ވެސް ޕާޓީން ދިނީމަ ނުކުރެވުނަސް އެނިމުނީއޭ. މީތި ސަޅިއޭ

  12
  1
 13. މީހަކު

  އަހަރެމެން ކިޔެވި ކިޔެވުން މިވަނީ ބޭކާރުތާ ދޯ..

  21
 14. ކިޔުންތެރިއެއް

  މި ދެން ކާކު؟ ދެއްކުންތެރިކަމާ އަނބިމީހާ އިޝްތިހާރު ނުކުރެވިގެން އުޅޭ މީހެއް.

  19
 15. ކާފަ

  ކުދިންނޭ ކިޔަވާނެ ކަމެއްނެތް.. ލަވައެއް ކުޅެލާފަ ޕާޓީއަކަށް ސޮއިކޮށްލީމަ އުމުރު ދުވަހު ތިކުދިން ކިޔަވާގެން އައިސް ނުލިބޭ ވަރުގެ ބޮޑު މުސާރައެއް ލަޓޯފަޓޯ މީހުންނަށް އެބަލިބޭ..

  22
 16. އަލީ

  މީދެން ކިޔައިގެން ތިބޭ މީހުނަށް ކުރާ މަލާމާތެއް

 17. ޢިންސާފް

  ޜަށު ކޯޓެއްގެ ގާޒީއަކަށްވެސް މި ލިބެނީ 23000 ރުފިޔާ . ޢިންސާފު ދެއްތޯ

 18. Anonymous

  ގައުމުގެ ހަލާކު މޑޕ