ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް މަރިޔަމް މުނާ އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްިފއެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ދެ ބޭފުޅުން އިންޓަވިއުކޮށް ނަން ވަރަށް ބޮޑަށް ދިރާސާކޮށްފައި އޮތުމުން އިންޓަވިއު ނުކޮށް މަގާމުތަކަށް އައްޔަން ކުރަން ފާސްކުރުމަށެވެ.

ރޮޒައިނާ ހުށަހެޅުއްވުން ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. އެހެންވެ ދެ ބޭފުޅުންނާ އަލުން އިންޓަވިއު ވެސް ކޮށްފައެއް ނުވެއެވެ.

އެޗްއާރުސީއެމްގެ ރައީސް ކަމަށް މުނާ އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަދުހަމް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުނާ އާއި އަދުހަމްގެ ފޮނުއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މި ގޮތަށް ނަން ފާސްކުރިއިރު، މީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެއެވެ. ތަޅުމުގައި މެމްބަރުން ރިޕޯޓަށް ބަހުސް ވެސް ކުރައްވާނެއެވެ. އެއަށް ފަހު އެ މަގާމުތަކަށް އައްޔަން ކުރަން ފާސްވާނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވީ މުނާއާއި އަދުހަމްގެ އިތުރުން މޫމިނާ ވަހީދުއާއި، އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގްއާއި، ސަމާއު އަހުމަދު ނަޖީބްއެވެ. މިއީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުޅިއަރާ

    ސިވޮލް ސާވަންޓުންނަށް ދޭންވީމަ ނެތީ... ސިޔާސީ މަގާމުތައް އުފައްދާފަ 25،000ރ 30000ރ އިން ދޭންވީމަ އޯކޭ...

    • އިންޑިއާ ކުމާރު ސިންގް

      40،000 ރ ވުރެމަތީގައި މިމީހުންގެ މުސާރަ

  2. ހުވަދޫ

    ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޕީ ހުސެންލަތީފުގެ އަބިކަބަލުންނަށް ހިއުމަން ރައިތްސްގެ މެންބަރުކަން ދިނީމަ އެންޑީޕީ މީހުން ހަޅޭފަޅާލަވާ ތެޅިބޭލި ދުވަސް މަމެން ހަދާންއެބަހުއްޓޭ. މިހާރު ބޮޑުވަރިހަމައޭ ހިންނަވަރު ސޯލިހު އެމްޕީ ފަލާހުގެ ކޮއްކޮއަށް އެތަނުގެ ރައީސްކަން ދިނަސް. ދެފުއްކެހެރި އެންޑީޕީ. ސޯލިހު އިސުތިއުފާ