ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެއްގަމު ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމުގެ ތެރެއިން ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީއިން ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ އިރު، އެބޭފުޅުންނަށް ފިޔަވަޅު އަޅަންދެން މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެއީ މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިމާޒް އަލީއާ ހަމަދު އަބްދުލްގަނީއެވެ. އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައިނުވާނެ ކަމަށް ހަމަދު ވަނީ ވިދާޅުވެފައެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަންވެސް ވަނީ ހަތަރު މަސް ފަހުން އުވާލާފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން، ތުހުމަތުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ ޕީޖީ އޮފީހުން ދައުވާކުރުމުންނެވެ. ރައީސް އޮފީހުގެ އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ އެ ފަރާތްތައް މަގާމުގައި ދެމިތިބުމަކީ މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން، ތަހުގީގަށް އަސަރުފޯރުވުމާއި ހެކި ނައްތާލުންފަދަ ކަންކަން ކުރުމަށް މަގުފަހިކުރުވާނެ ކަމެެއް ކަމަށެވެ.

"ހާމަކަމެއް ނެތް ގޮތެއްގައި އެކުލަވާލެވޭ މިފަދަ އުސޫލުތަކަކީ، ކޮރަޕްޝަންއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ނޭދެވޭ އަސަރެއްކުރާނެ ކަމެއް. އެއީ، ވަކި ނިޒާމެއްގެ މައްޗަށް ބިނާކުރުމެއްނެތި މިފަދައިން ކަންކަން ކުރުމަކީ ކޮރަޕްޝަންގެ މައްސަލަތަށް ތަހުގީގު ކުރުމާއި އެފަދަ ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ހުރަސްއެޅޭކަމެއް"

"ފަރާތްތަކަށް ފިޔަވަޅުނާޅާ ދޫކޮށްލުމަކީ، ކޮރަޕްޝަންއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ރައްޔިތުންގެ އިތުބާރު އިތުރަށް ކުޑަވެގެންދާނެކަމެއް" އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ވަނީ ތިން ކަމަަކަށް ސަރުކާރުގައި ގޮވާލާފައެވެ. އެއީ ކޮރަޕްޝަންގެ މައްސަލަތަކުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމުތަކާއި އުސޫލުތައް އަވަހަށް އެކުލަވާލާ، އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެހެން ހާމަކުރުމަށާއި، ބޮޑު ހިޔާނާތާއި އަދި އެހެން ކޮރަޕްޝަނާއި ގުޅިފައިވާ މައްސަލަތަކުގެ ތަހުގީގުތަށް ހަލުވިދުވެލީގައި ކުރިއަށް ގެންގޮސް، ދައުވާކުރުމަށް ލަސްނުކޮށް ފޮނުވައި، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ތަންފީޒުކުރުން އަދި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާއި މުދާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އެ މުދަލާއި ފައިސާ އަނބުރާ ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މީހެއްގެއަތުގައިހުރި އެހެންމީހެއްގެ ފައިސާ އެ ފައިސާގެ ވެރިޔާގެ އެދުމަށް އެމީހާގެ އެކައުންޓަށް ޖަމާކޮށްދިންއިރު ފައިސާއާ ޙަވާލުވެގެންހުރި މީހާއޮތީ ވައްކޮންކޮށް ފަޅާއަރާފައެވެ. އެކަމުގެ އަދަބު އޭނަޔަށް ދިނީ ފައިސާތަކުގެ ވެރިމީހާއެވެ. އައި ރުޅިގަނޑުގައި ފައިސާތަކުގެވެރިމީހާއަށް ދިނީ ތިމަންނަ ވައްކަށްކޮށްގެން ނެގި ފައިސާއޭބުނެ ހާސަރުތައް ދމަންފެށުމާއެކު ސަރުކާރުން ފައިސާތަކުގެވެރިމީހާ ހިފާ ހައްޔަރުކޮށް ޝަރީޢަތްހިންގާ އެއްބުރުން އެމީހާ ޖަލަށްލިއެވެ. ވައްކަންކުރިމީހާ އެއީ ސަރުކާރުގެ އަޅަކަށްހަދާ ހެކި އުފައްދާ މެޝިނެއްގެގޮތުގައި ބޭނުންކުރަން ފެށިއެވެ.

    16
  2. ރުޅިއަރާ

    މި މިސްމީހުންގެ ލަދުގެ ކުޑަވެސް ކަންފުޅެއް ނެތް، ދުރޫސުލް އަޚުލާގެ ފޮތުގެ އަކުރެއްވެސް ކިޔާފަނެއްކަހަލަ.

    17
    1
  3. ކޮވިޑް

    ބަލަ ވެރިމީހާ ގެ މައްޗަށް ތުހުމަތެއް ނުކުރެވޭތޯ ލައިވް ކޮށް އަލީ ވަހީދު ކަޅު ދަނަހެއްގެ ވާހަކަ ނުދައްކާތޯ ؟ މިހާރަކު މި ޓްރާންސް ޕޭރެންސީ އެއް ފެންމަތިވެގެން މި އުޅެނީ ހިތްވަރު ހުރިއްޔާ ޤައުމުގެ ވެރިކަމުގާ ހުރި މީހާ ގެ ކަޅުދަބަހުގެ ވާހަކަ ދައްކާލަ ބަލަ؟

    15
    1
  4. ވަޒީރު

    ވަގުތައްވެސް ބުނެލަން ބޭނުން ފޮޓޯ ލަންޏާ ފުރަތަމަ ފޮޓޯ އަކަށް އިބޫ ސޯލިހުގެ ފޮޓޯ ލުމަށް. ސުރުހީގަ އޮތީ ތުހުމަތޭ، ކަޅުދަބަހެއްގާ ރައީސް މީހާ މިލިޔަނުން ފައިސާ އުފުލި ވާހަކަ މި ނޫހުގަ ވެސް އޮތް އެވެސް ތުހުމަތެއް ދެއްތޯ؟ އިބޫ ފޮޓޯލާން ގޮވާލަން،

    15
    1
  5. ހުސޭނުބޭ

    ބަލަގަ ކަރަޕްޝަނުން ތަތްތެޅިފައިވުމަކީ މި ސަރުކާރުގައި އެފަދަ މަޤާމްތަކަށް ކަނޑައަޅާފައިވާ ޝަރުޠެއް

    14
    1
  6. ސަނީ

    އެމީހުން ސަރުކާރު، ކުރެވުނު ވައްކަމެއް ނުރާނު..

    10
  7. ކަޅޯ

    މިގުރޫޕަށް ހޭވެރިކަމެއްވީ އަނެއްކާ ކިހިނެއްވީބާ. ވެރިކަމަށް ވަކިމީހަކު ގެންނަށް އަނެއްކާވެސް ފައި ވިއްދަނީބާ. ފާއިތުވި ދެއަހަރާާއި ބައި ދިޔައރު ހިލަމެއްނެއްބަޔަކު އަނެއްކާ ތެޅިގަތީ ކީއްވެބާ.

    12
  8. Anonymous

    ޓްރާން ޕޭރެންސީ އެބަ އުޅޭދޯ

    14
  9. ލާމު

    މަޖުލިހުގައި ވެސް ކަޅު ދަބަސް ގެންދިޔަ ޢިއްޒަތްތެރިން!!!. އެކަމާ ކަންބޮޑެއް ނުވޭތަ!!!

    14
  10. އަމީޒާ

    ޓްރާންސްޕޭރެންސީ އޭ! ކެނެރީ ނަށީދު ގެންގުޅޭ ވާ ބިރުގަންނަވާ އެއްޗެއްތީ. އޭނަ ބުނީމަ ބުނާ އެއްޗެއް ލިޔެފަ ނޫސްބަޔާން ނެރެނީ. އުވާލަން ޖެހޭ ބައެއްތީ މިހާރު. އެއްވެސް އިނޓެގްރިޓީ އެއް ނެތް.

  11. އަހުމަދު

    މިސަރުކާރުގެ ސިޔާސީ މަގާމަށް ޝަރުތު ހަމަވާނީ ކޮރަޕްޝަނަށް ތުހުމަތު ކުވެންޏާ.

  12. ދުއްރަ

    ރާއްޖޭގެ މިހާރުގެ ރައީސް 35 މިލިޔަންރުފިޔާ ކަޅުދަބަހުގަ އުފުލިއިރު ވެރިކަމަށް މިހާރު ކުފޫހަމަވޭބާ ހަމަޔަގީންނުވޭ އަލީވަހީދު ހެކިދޭ އެބަ އޭނަ ގެންދިޔަކަމަށް ދެން ޓުރާންސު ޕޭރަންސީ ކީއްވެ މިވާހަކަ ނުދައްކަނީ މަށަށްހީވާ ގޮތުން ކަލޭމެންނަށް ވުރެ ދެފުއް ފެންނަ ބިއްލޫރި ގަނޑެއްވެސް މާރަނގަޅު.

  13. ހަލީމު

    ޓްރާންސްޕޭރެންސީއަކީ ލާދީނީ ޖަމާއަތެއް. ލާދީނީމީހުންނަށް ހިތްވަރުދީ ލާދީނީމީހުން މަގާމުތަކަށް ގެންނަންވެގެން ދައްކާ ވާހަކައެއް ތީ.