އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓީ ވާދަވެރި އިންޑިއާއާ ރޭ ބައްދަލުކޮށް 3 - 1 އިން ބަލިވުމުންނެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ރާއްޖެ އަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުން ދެއްކި މޮޅު ކުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ނުކުރެވުނު ނަމަވެސް ޓީމުން ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައި ކުރި ހިތްވަރަށް ޝުކުރާއި ތައުރީފު ހައްގުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުން ތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މި މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއް ބައްލަވާލެއްވުމަށް ގައުމީ ސްޓޭޑިއަމްއަށް ވަޑައިގެންފައެވެ.ރޭގެ މެޗުގައި ރައީސް ސޯލިހުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މެޗު ބައްލަވަން ވަޑައިގަތެވެ.

މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ ނޭޕާލާއި އިންޑިއާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަލާތި

  ގައުމީ ޓީމް ބަލިވުމުގައި ސަރުކާރުން ރައްޔިތުންގެ މެދުގައި ޑިވައިޑް އެން ރޫލްގެ އުސޫލު ތައް އިސްކޮށް ރާއްޖެތެރޭ ރަށްރަށުގެ އޮފީސް ހިންގާ ގޮތަށް ރައީސް އޮފީސް ހިންގުން އެއީ ވެސް މީގައި ނެގެޓިވް ރޯލް ކުޅުނު ކަމެކޭ ހިޔާ ފްލެޓްސް ތައް ލިބުނު ރައްޔިތުންނާއި މެދު ކަން ކުރަނީ އިޒްރޭލު މީހުން ފަލަސްތީނު ރައްޔިތުންނާއި މެދު ކަން ކުރާ ގޮތަށޭ ދެން އިންޑިއާ ސިފައިން މިގައުމުން ބާލާށޭ ބުނުމުން ކެނެރީގެ ނަޝީދު ބުނަނީ އިންޑިއާ ސިފައިން އިތުރު ކުރަންވީއޭ މިކަންކަމަށް ބަލާއިރު މިގައުމަކީ އެއީ ކެނެރީގެ އާއިލާގެ މިލްކިއްޔާތަކަށް ހަދަން އެމެން މަސައްކަތް ކުރާ ކަން ފާހަގަވެއޭ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އެއްވެސް ކަމެއް ނުކުރެއޭ މުޅިން ވެސް ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަން ނައްތާލެވޭތޯއޭ ބަލަނީ ބްރިޖް ވެސް މެއިންޓެއިން އެއް ވެސް ނުކުރެއޭ ގައުމަށް ވަރަށް ގެއްލުންވާ ގޮތަށް ގައުމު ފުނޑާލާ އިންޑިއާ އަށް ގައުމުގެ މިނިވަން ކަން ވިއްކާލާ ވެރިކަމުގެ ދަހިވެތިކަމުގައި ވެރިކަމުގައި ތިބެން އުޅުން ބަލިވުމުގެ އަލާމާތް ތަކޭ..

 2. މުފައްކިރު.

  ގައުމީޓީމަށް ފަޚުރެއް ލިބޭނީ ވާދަކޮށް ކާމިޔާބު ކުރެވޭ ފެންވަރުގެ މަސައްކަތްތަކެއް ކުރެވިގެން. މަސައްކަތެއް ބިނާވެފައި އޮންނާނީ ގާބިލް ހިންގުން ތެރިކަމަކާއެކު. ގާބިލް ހިންގުން ތެރިކަމެއް ބިނާވާނީ މަތީ ފަޑި ގާބިލް ވެގެން. މިހާރު ކަންކަން މިދަނީ ބޮޑު ސޯބު އެބުރޭ ގޮތަށޭ ކުޑަސޯބު އެބުރޭނީ ބުނާ ބީދައިން. އެހެންކަމަށްވާތީ މަމެން ހިތާމަ ކުރަނީ ރައީސް ޔާމީން ވެރިކަމުގައި ނެތީމަ. ހުންނެވި ނަމަ ގައުމީޓީމުގެ ފަޚުރު ދަމަހައްޓާނީ ތަށްޓާއެކު ރައްޔިތުންނަށް ގައުމީ އުފާ ކޮޅުނެތް ކޮޅަށް ހޯދާދީގެން.

 3. ސަލްމާ

  ކުޅުންތެރިން ރަނގަޅަށް ކުޅުނު ނަމަވެސް އިންޑިއާގެ މުޑުދާރު ކުޅުމާއި ހެދި ބޭނުންވި ގޮތަށް މެޗް ކުރިއަށް ނުގެންދެވުނީމާ ޕްރެޝަރ އިތުރުވީ.

  8
  1
 4. ހަވާސާ ހަމީދު

  ގައުމީޓީމުގެ ކުޅުން ރަނގަޅު ކުޅެވޭނީ ކުލަބު ކުޅިވަރު ރަންގަޅުކޮށްގެން އަދި ކުޅުންތެރިން ގެ ކެއުމާއި، ބުއިމާ އުޅުމާއި ގުޅުން ރަގަޅުކޮށްގެން!

  5
  1
 5. އަލްޖިބްރާ

  ޤައުމުގެ ރައީސްގެ ހައިސިއްޔަތުން ބުނެވޭނީ ތިކަހަލަ ގޮތަކަށް ! އެކަމަކު ދިވެހިފުޓްބޯޅަ މިހާރު މިއޮތް ގޮތަށް އޮވެގެން ދުވަހަކުވެސް ކުރިއަކަށް ނުދާނެ ! ކުޅިވަރުގެ ތެރެއަށް ސިޔާސީ ކުޅިގަޑު ވަދެފާ އޮތުމަކީ ދުވަަހަކުވެސް ކުޅިވަރު ކުރިއަށް ގެންދެވޭނެ ގޮތެއް ނޫން ، އަދި މީގެ އިތުރުން ކުޅުންތެރިންގެ ފިޓްނަސް ، ކުޅުންތެރިންގެ ކެއުމާއި ބުއިން ، ދިރިއުޅުމުގެ ވައްޓަފާޅި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަޚްލާޤީ ފެންވަރު މިހުރިހާކަމަކީވެސް ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ކިބައިގާ ވަރަށް ފުރިހަމަ އަށަގަންނުވަން ޖެހޭ ކަންތަށް ތަކެއް ! މިކަންތަށް ތައް ރަގަޅުނުކޮށް ކޮންމެ ދުވަހަކު ހަވީރު މާފަންނު ސްޓޭޑިއަމް އަށް ގޮސް ޕްރެކްޓިސް ކުރާނަމުގައި ކަންތަށް ތަކެއް ކުރިއަސް ކުޅިވަރު ކުރިއަކަށް ނުދާނެ ! ކޮންމެ ކުޅިވަރެއް ކުޅެން ޕްރެކްޓިސް އަށް ދާން ތައްޔާރު ވާއިރު އެންމެ ފުރަތަމަ ކަމަކަށް ފެންނާނީ ކުޅުންތެރިއާ ކޮންމެވެސް " އެނަރޖީ ޑްރިންކް " އެއް ބޭނުން ކުރާތަން ! އެއަށް ފަހު ބައެއް ކުޅުންތެރިން ތިބޭނީ " ފެގެއް " ހިފައިގެން ! ދެން ކުޅިވަރު ކުރިއަރާނެ ގޮތެއް ބުނެދީބަލަ ؟ ޜޭގަޑުވީމާ އެވީ "ބިޓް" ގޮވައިގެން ކޮފީބޯން ދުއްވަން ! ރޭގަޑުގެ ހަމަނިދި ނުލިބޭ ކުޅުންތެރިން ގިނަވާނެ ! ދެން ކުޅިވަރު ކުރިއަރާނީ ކިނެއް ؟ ކުޅިވަރު ކުޅޭ ކުޅުންތެރިއެއްގެ އެންމެ ފުރަތަމަ އަސާސީ ސިފައެއްކަމުގައި އެކުޅުންތެރިއެއްގެ ހަށިގަޑުގެ ދުޅަހެޔޮ ކަން ވަރަށް މުހިއްމު ! މިކަން ވަރަށް މަދު ކުޅުންތެރިއެއްގެ ނޫނީ ނެތް! ބައެއް ކުޅުންތެރިންނަކީ އެއްގޮތަކަށް ނަމާދު ކުރާބައެއްނޫން ! ދެން އިސްލާމުން ކަމުގައި ތިބެ ކުޅިވަރު ކުރިއަރުވާނެ ގޮތެއް ބުނެބަލަ ؟