ބޭރު ގައުމުތަކުގައި ކުރިއަށްދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން 200 އާ ގާތް ކުރާ އަދަދެއްގެ ދިވެހިން ގޮސްފައިވާ ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ތެރެއިން ގިނަ ބަޔަކު ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން އެގޮތަށް ވިދާޅުވީ ގަތަރުގެ ދޯހާގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިރާގާއި ސިރިޔާގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން 200 އާ ގާތްކުރާ އަދަދަކަށް ދިވެހިން ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ރާއްޖެ އަންނަ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލާނީ ރިހެބިލިޓޭޓް މަރުކަޒުގައި ބޭތިއްބުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަރުކަޒަކީ ކ. ހިންމަފުށީގައި ހަދާފައިވާ ތަނެކެވެ. އެތަނުގައި މި ވަގުތު ތިބީ ކިހާ އަދަދެއްގެ ބައެއްކަން އެނގިފައެއް ނުވެއެވެ.
"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ތެރެއިން ގިނަ މީހުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ" އިމްރާން ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓް ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފައިވާ ގޮތުން އާބާދީގެ ނިސްބަތުން ބޭރުގެ ދާހިލީ ހަނގުރާމަތަކުގައި އެންމެ ގިނައިން ބައިވެރި ވަނީ ދިވެހިންނެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ދިވެހިން ގޮސް އުޅެނީ ސިރީޔާގައި ހިނގާ ދާހިލީ ހަނގުރާމާތަކަށެވެ. އެތައް ބަޔަކު ވަނީ މިހާތަނަށް މަރުވެސް ވެފައެވެ. ސީރިޔާގައި ތިބި ބައެއް ދިވެހިން ރާއްޖެއަށް އަންނަ ބޭނުންވެގެން ސަރުކާރުގައި އެދެމުންދާ ކަމަށެވެ.
އެކަމަކު ބައެއް ސަރަހައްދުތަކަކީ އެގައުމުގެ ސަރުކާރުގެވެސް ބާރު ނުހިނގާ ތަންތަނަށްވާތީވެ އެކަން ކުރަން ސަރުކާރުގެ އިދާރާތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ތަސްދީގު ކޮށްފައިވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުއަށް ގެނައި އިސްލާހާއެކު ރީހެބިލިޓޭޝަނާއި މައުލޫމާތާއި އިންޓެލިޖެންސް ހިއްސާކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި ތަހްގީގްކޮށް، މޮނިޓާ ކުރުމުގެ މަސައްކަތްތަކަށް މަގުފަހިވެގެންގޮސްފައިވާ ކަަމށް އެންސީޓީސީން ވަނީ ބުނެފައެވެ.
އޭގެ ތެރެއިން "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރީމިޒަމް 2020 – 2024" އަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ގައުމީ އިދާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި މުޖުތަމައު ގުޅިގެން، ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަގު ދައްކައިދިނުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްލޭނެކެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވުނަސަ އެ ފިކުރުގެ މީހުންގެ އަދަދު ގިނަވަމުންދާކަމީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރާކޮށްލަން ދިން ހަމަލާއަށް ފަހު ފުލުހުން ވަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގަން ފަށާފައެވެ. މީސްމިޑީއާގައި މީހުން ލޭ ހުއްދަކުރަން ގޮވާލުން ރާއްޖޭގައި ދަނީ އާންމުވަމުންނެވެ.
މނޑފ ގައި ސްޕެޝަލް ޔުނިޓެއް ހަދައި އެމީހުންނަށް ވަޒީފާ ދީފައި ވަކި ރަށެއްގައި ބައިތިއްބާ. އަދި އދ އިން ގައުމުތަކުގަ ސަލާމަތް ބަލަހައްޓާ ފައުޖުތަކަށް ބޭނުންޖެހުނީމާ އެމީހުން ފޮނުވާ.
އަދި ރާއްޖެއަށް އުދުވާނެއް ކުރިމަތިވާއިރަށް އެމީހުންނަށް ތިބި ރަށުން ބޭރުވެވޭނެ އިންތިޒާމް ހަމަޖއްސާފައި އެމީހުން ވަކި ތަނެއްގައި ބަންދުކޮސްފައި ބައިތިއްބާ.
ކެއުމާއި ބުއިމާއި ހުިހާ ޚަރަދެއް އެމީހުން ކުރާ މަސައްކަތަކުން ހަމަޖެހޭނގޮތަކަށް ރާވައި މިމީހުން ބެލެހެއޤޓުން ދައުލަތައް ބުރަޔަކަށްނުވާ ގޮތަށް ކުރަން ޖެހޭ
ތި ކަމަކީ އަޑީގައި ބަޔަކު ތިބެން ކޮށްފައިވާ ބޮޑު މިނި ވިޔަފާރިއެއް
މީނާގެ މަސައްކަތަކީ ރެއާއިދުވާލު ޓެރަރިސްޓުން ހޯދާ ރާއްޖެ އަށް ގެނެސް އިތުރުކޮށް ރައީސް ނަޝީދަށް ނުރައްކާކުރުން.. ސިކުޑިން ވިސްނަން އެމްޑީޕީ އެބަޖެހޭ.
މިއީ ޓެރަރިސްޓުންނަށް ދިވެހި ރާއްޖެއިން ހިތްވަރު ދިނުން.. މީ އިމްރާންމެން ފޮނުވި ކުދިން.. މިތަން ދެވަނަ އަފްޣާނިސްތާނަށް ހަދަން.. އެމީހުން ރެކްރޫޓްކުރުވަނީ ސީދާ އަމިއްލަ ޖަމިއްޔާއެއްކަމަށް ދުނިޔެ ދައްކަން އުޅޭ ދީނީ ހައްދުފަހަނައެޅި ގުރޫޕެއް..
.ކީއްކުރަން ގެންނަބައެއްބާ..ގައުމު ހަލާކު ކުރަންތަ..އެހެން ވެއްޖިއްޔާ ގެނޭ
މީ އިންޑިއާ ސިފައިން މި ގައުމުގައި ބޭތިއްބުމުގެ ބޭނުމުގަ ސަރުކާރުން އަނބުރާ ގޭސް ގަޑެއް!
ސަލާމްބެ ތި ބުނި ގޮތަށް އެމީހުންނާ ދޭތެރޭގަ ހެދުމުގެ މާނައެއް ނެތް ! ސަބަބަކީ އެއިގެ ތެރެއިން އެ ބުނާ ޓެރަރިސްޓުންވަނީ اللهގެ ހަޟުރަތަށް ދަތުރުކޮށްފަ، މީހަކު މަރުވުމުން އޭނައަށް އެއްޗެހިގޮވުމެއް ނެތް ! އަނެއް ކަމަކީ އެއީ ތުއްތު ކުދިން ، އެކުދިންނަށް ބޭނުންވަނީ ތައުލީމް ، ކީއްކުރަން ހުޅުމާލެގަ ބޮޑުތަނެއްގަ ޔަތީމް ކުދިންނަށް އަޅާލަނީ ހަމަ ޚަރަދު ހިނގާ ދޯ؟ ޑުރަގުން ސަލާމަތް ނުވެވޭ ވަރުވެފަ 4000 ވަރަކަ ދިވެހިން ރެކޯޑުތަކުން ދައްކާ އެމީހުންނަށް ރިހަބްލިޓޭޝަން ދީ ދޫކުރުން ރަނގަޅުތަ ؟ ބައިތިއްބާ ނަމަވެސް ހަރަދު ހިނގާ ދޯ؟ ތިބުނާ ގޮތުން މިފަދަ އެއްވެސް ކަމަކާ އަޅާލާނެ ކަމެއްނެތްދޯ ؟ އެހެންކަމަށްވާނަމަ ދުނިޔޭގެ ކަންކޮޅުތަކުން ކިތައްމިލިޔަން މީހުން ބިކަވާނެ ؟ އެހެންވީމަ އެހާ ގިނަބަޔަކަށް ކެއިން ބުއިން ދިނުމަށް އ.ދ އަށާއި އިންސާނީ ޖަމިއްޔާ ތަކަށް ނުކުޅެދިގެން ތަކުރާރުކޮށް އ.ދ އިން ވަނީ އެ ރައްޔިތުން ނިސްބަތްވާ ގައުމަށް ގެންގޮސް ފަރުވާދީ އެމީހުން ބިނާ ކުރުމަށް .
މި ގައުމުގެ ދުވަސް ދަނީ.
އަދި އިންޑިއާއިން ގެންނަން ޖެހޭ ސިފައިންގެ ކުދިން ގެނެ ނިމުނީމަ ތިޓެރަރިސްޓުން ގެންނަންވީ! ގައުމެއް ނެތް!