ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގް އަތުލައިގެންފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިން ކަމަށާއި އެ ތަކެތި ހޯދީ 10 ތަނެއް ބަލައި ފާސް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
While at #GSF2021 I have been following a well executed joint counter-narcotics trafficking operation in the last 24 HRS, by officers from DED, Drug Intelligence, Marine Police & Forensics. Arresting 10 people, searched 10 locations and seized approximately 100 kgs of heroin.👏🏽 pic.twitter.com/oozGzEnkFJ
— Mohamed Hameed (@M_Hameedh) October 14, 2021
އަދި އެ މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ޕޮލިސް ކޮމިޝަނަރު ނުދެއްވާ އިރު، މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށްވެއެވެ.
ޕޮލިސް ކޮމިޝަނަރު ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަން ހިންގުމުގައި އދ. ގެ ރަށްތަކުގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމުން ކުރި މަސައްކަތަށް ތައުރީފް ކުރައްވާ ކަމަށެވެ. ހާއްސަކޮށް މި އޮޕަރޭޝަން ކާމިޔާބުވީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިކަމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަން ލިބުނު ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަކީ ރާއްޖޭގައި މިހާރު އާންމުވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުންގެ ތެރޭގައި ގިނަ އިން ޒުވާނުން ތިބި އިރު، ފުލުހުން ގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުމާލޭ ފަޅު ތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފުލުހުން ވަނީ 100 ކިލޯގެ ޑްރަގް އަތުލައިގެންފައެވެ.
އައްޑޫން ވެސް ވަނީ 98 ކިލޯގެ ޑްރަގް އަތުލައިގަނެ ބޮޑު ޑްރަގް ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ފާހަގަކުރެވޭ ޢަބްދުﷲ އިބްރާހީމް (އަބުޗާ) އާއި ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ)، ހިމެނެއެވެ.
ކޯޓައް ގެންދާއިރައް ބުނާނެ އެމީހުން ހައްޔަރު ކުރަން އައި ފުލުހުން ތިބީ ޖަގިޔާނުލާކަމައް އެހެންވީމަ ހައްޔަރު ކުރާނެ ތަނެއް އެއްކަމައް
އޮޕަރޭޝަން ހިންގީއޭ ؟ ޑެލިވަރީބޯއިސް ތައް ތިޔަ އަތުލައިގަތީ. އެޖެންޓައް މަކަރުހެދީ. ދެން އެޖެންޓު ބޮސް އައްގުޅީދޯ؟ އިންޓެލިޖެންސް މައުލޫ މާތު ލިބުނީ. ޑެލިވަރީ 10 ބޯއިސް ހައްޔަރު ކޮށްފަ މުދާކޮޅު ގޭންގައް އަނބުރާގެނައީދޯ. ކިހާސަޅި ޚާއްޞަ އޮޕަރޭޝަން. ދެން އޮތީ މުއްދަތު ކޯޓު............ ދޫކޮށްލައިފިން. ﷲ އައް ބިރުވެތިވޭ. ބަދުނާ މުން ސަލާ މަތްވޭ. ނޫނީ ހަ މަ މިހާރު އިސްތިއުފާދީފަ ގެއަށް ކަނޑާލާ.
ރާޢްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާތާ 24 ގަޑިއިރު ؟
މިދިޔަ 50 އަހަރު ކުރީ ކޮންކަމެއް. ؟
ފޭކު. ރާއްޖެ ދެރަވީމާ އެހެންދިމާލަކަށް މިސްރާބު އަނބުރާލަން ހިންގާ ގޭސްގަނޑު. ތިޔަ ކަހަލަ ފޮޓޯލެވިދާނެ. ތިޔަ ހިފެހެއްޓި 10 މީހުންގެ ފޮޓޯއާ ވަނަވަރު ހާމަކުރާކަށް ނުކެރޭނެ. ލާދީނީ ހަމީދު ދައްކާ ވާހަކަ އަހަރެމެން ގަބޫލެއް ނުކުރާނަށް.
ޙައްޤު އަދަބު ދެއްވާ.
ލޯބިވާ ދަރިންކޮޅު މިއޮއް ހަލާކުވެ ދަނީ
ކަލޭތިއީ ގައުމީލޭ ގައިގަ ހިނގާ އެއްޗެއްނޫން ދޯ.
ރާއްޖެޓީމް ދެއްކި ހިތްވަރު ރަނގަޅު އެމީހުންނަށް ޝކުރު ހައްގު.
ނުވެސް ގުޅޭ ޓޮޕިކަކަށް ކީއްވެތަ އެޓީމްގެ ވާހަކަ ތިވައްދަނީ.
..ތީގެން ކުއްވެރިވާނީ ތިހޯދި މީގުން
.ތިޙާމަސައްކަތްކޮއްގެން ތިހޯދިޔަކަސް ތިކަންބެލޭނެ ކޯޓެއް ނެތް
އަޅުގަނޑު އަބަދު ވެސް ބުނާ ވާހަކައެއް އޮވޭ.
އެއީ ޓީބީ ޖެހިފާ ހުރި މީހަކަށް އަރިދަފުސް ރޯގާ ބޭސް ދީގެނެއްް ނުކަތާނެއޭ. އަހަރުމެންނަށް ވެސް މި ވަނީ އެހެން. އެހެންވެގެން ނާކޮޓިސް ކޮންޓްރޯލް ބޯޑަށް ކަމެއް ނުވެވިގެން އެއުޅެނީ.
މިސާލެއް ދަންނަވައިލިޔަ ދެއްވާ. ﷲ ޤުރުއާނުގައި އަމުރުކުރައްވާފައި އޮތީ މަރަށް މަރު ހިފާށޭ. އަހަރުމެން: އުނހޫ އަރުވާލީމަ ކަމުދާނެ
އެކަލާނގެ އަންގަވަނީ ވައްކަންކުރާ މީހާގެ އަތް ކަނޑާށޭ. ފަނޑިޔާރުން: އުނހޫ ޖަލަށް ލީމަ ނިމުނީއްޔޭ. މި މައްސަލަ މީ މައްސަލަޔަކީ
ﷲ ގެ އަމުރު މި ތާނގައި ނުހިނގުން. އޭގެ ހިތިކަން މި ފެންނަނީ މި ރަށާ މި ޤައުމުން ވެސް
ތިޔަ ބޮނޑިވަރު އެތެރެވާ ގޮތެއް ވިސްނަ ވިސްނާ ނޭނގުނު ކުޑަ ފަޓްހެތް އެތެރެޔެއް ނުކުރެވޭ އެކަމް ޑުރަގު ޓަނުން ކިލޯއިން އެތެރެވޭ މީ އަޖައިބެތް