ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާއްމު ކުރި 'ޔާޔާ' ނަބީލުގެ ބަންދުން ދޫކޮށްލައިފިއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކޮށްފައިވާ މައްސަލައިގައި އުމުރުން 36 އަހަރުގެ ނަބީލް ހައްޔަރު ކޮށްފައިވަނީ މިދިޔަ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ޖަހަން ގެންދިއުމުންް އޭނާ ދޫކޮށްލީ ކްރިމިނަކް ކޯޓުންނެވެ.

ކުރިން އޭނާ މުއްދަތުގެ މަޖިލީހުގެ ބުނެފައިވަނީ ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    އަޅެފަހެ މިސަރުކާރު ބޭނުންވާނީ ބަރަހަނާ ވީޑިއޯވެސް ޢާއްމުކުރަންކެރޭ ޙަޔާތްކުޑަ ކުދިން އެފަދަ ކުދިންނަށް ސޮހޮލުގެ ސަރުކާރުން ހިއްވަރުދޭނެ އިސްލާމްދީނާޚިލާފު ކޮންމެކަމަކަށް މިސަރުކާރު ހިއްވަރުދީ މަރުޙަބާ ކިޔާނެ

    8
    1
  2. ބުއްޅަބޭ

    ނުކުޅެދޭކަން ހުންނަ މީހެ އް...