ޓިކްޓޮކްގައި ބަރަހާނާ ވީޑިއޯ އާއްމު ކުރި މުހައްމަދު ނަބީލް "ޔާޔާ" ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ޝަރުތުތަކާއި އެކުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމުކުރި މައްސަލައިގައި ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އޭރު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

އޭނާ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ޖަހަން ގެންދިއުމުންް އޭނާ ދޫކޮށްލީ ކްރިމިނަކް ކޯޓުންނެވެ. އޭނާ ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކެއްކޮށްފައެވެ. އޭގެ ތެރޭގައި ދެ މަސް ދުވަސް ވަންދެން މީސް މީޑިއާގައި ޕޯސްޓްތައް ނުކުރުން ހިމެނޭ ކަމަށް މީޑީއަތަކުން ރިޕޯޓްކޮށްފައިވެއެވެ. އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

އޭނާ ބަންދުގައި ބަހައްޓާފައި ވަނީ މުޖުތަމައުއަށް ނުރައްކަލަކަށް ވެދާާނެތީއާއި ހެކި ނައްތާލާނެ ކަމުގެ ބިރު އޮތުމުންނެވެ.

ކުރިން އޭނާ މުއްދަތުގެ މަޖިލީހުގެ ބުނެފައިވަނީ ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި އެ ވީޑިއޯއަކީ ބަޔަކު އޭނާ ބޭޒާރުކޮށްލުމުގެ ނިޔަތުގައި، އޭނާގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ޔާޔާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް އޭނާ ވަނީ އަންހެންް ހެނދުން އަޅައިގެން އުޅޭކަމަށް އެއްބަސްވެފައެވެ.

ޔާޔާ ކޯޓުގައި ބުނީ، ޓިކްޓޮކްގައި ތިން މިނުޓުގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި، ޓިކްޓޮކަށް ލެވޭނީ އެއް މިނުޓުގެ ވީޑިއޯ ކަމަށެވެ.

މި އަޑުއަހުމުހައި ފުލުހުން ވިދާޅުވީ، ޔާޔާ ލައިގެން ހުރި ހެދުން އޭނާގެ ކޮޓަރިން ފެނިފައިވާ ކަަމަށެވެ.

އްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކުރުމަކީ އެއެޕްލިކޭޝަން ބުނާ ގޮތުން ވެސް މަނާ ކަމެކެވެ. އެހެންކަމުން ބަރަހަނާ ވީޑިއޯ އާއްމު ކުރުމާއިއެކު އެދިވެހި މީހާގެ އެކައުންޓް ވެސް ވަނީ ބޭން ކޮށްފައެވެ.

ޓިކްޓޮކްގައި ވަރަށް ގިނަ ދިވެހިން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވީޑިއޯތައް އާއްމު ކުރެއެވެ. އެފަދަ ވީޑިއޯތައް އާއްމުކުރާ މީހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.