ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

ދިރާގުގެ މޯބައިލް ކަސްޓަމަރުންގެ ހިދުމަތްތަކަށް ބުރޫ އަރައިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެގޮތުން ދިރާގުގެ ނަމްބަރުތަކުން މީހުންނަށް ގުޅޭގޮތް ވަނީ ނުވެފައެވެ. އަދި މޯބައިލް ޑާޓާ ބޭނުން ނުކުރެވެއެވެ. އަދި އެސްއެމްއެސްވެސް ނުފޮނުވެެއެވެ.

ދިރާގުން ބުނީ، ދިރާގު މޯބައިލް ކަސްޓަމަރުންނަށް މީހުންނަށް ގުޅުމުގައި އާއި މޯބައިލް ޑޭޓާ ބޭނުން ކުރުމުގައި ދަތިތައް ދިމާވެފައިވަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމެންޓު

    ގފފ