މަކަރާ ޙީލަތް ހެދި މީހަކު 960 ގަޑިއިރަށް މުޖްތަމައުއަށް ހިދުމަތް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވަނީ މުހައްމަދު ޝިފާޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް ކުރީ މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކާއި އެކު ކުރެވުނު ވިޔަފާރީގެ މުއާމަލާތެއްގައި މުހައްމަދު ޒާހިރު އަށް ދައްކަން ޖެހޭ 180،000 ރުފިޔާ ނުދީ އޮޅުވާލުމުންނެވެ.

މުހައްމަދު ޒާހިރަށް، މުހައްމަދު ޝިފާޒް ދީފައިވާ ޗެކުން އޭނާ އަށް ފައިސާ ނުނެގިފައިވާއިރު ބޭންކުން ވަނީ ޝިފާޒްގެ އެކައުންޓުގައި އެވަރަށް ފައިސާ ނެތްކަންވެސް އަންގާފައެވެ. އަދި މުހައްމަދު ޒާހިރް ވަނީ ހަތް ދުވަހުގެ ތެރޭގައި އޭނާ އަށް މުހައްމަދު ޝިފާޒް ދޭންޖެހޭ ފައިސާ ދިނުމަށްވެސް އެދިފައެވެ. ނަމަވެސް އެ ފައިސާ އޭނާ އަށް ލިބިފައި ނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން ކޯޓުން ސުވާލު ކުރުމުން ޝިފާޒް ވަނީ މިއީ ތެދެއްކަމަށް އެއްބަސްވެފައެވެ. ކޯޓުން އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރަން ނިންމިއެވެ. ނަމަވެސް ޝިފާޒް ދައްކަން ޖެހޭ 18000 ރުފިޔާ ޝިފާޒްގެ ބައްޕަ މުހައްމަދު ޒާހިރުއަށް ދައްކާނެ ކަމަށް ބުނުމުންނާއި ޝިފާޒް އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އެއްބަސްވެފައިވާތީ އޭނާ އަށް ދޭ އަދަބު ވަނީ ކުޑަކޮށްފައެވެ.

ޝިފާޒް ކޯޓުގައި ބުނީ އޭނާ ޖަލުބަންދަށް ދާން ޖެހިއްޖެ ނަމަ އޭނާ މިހާރުވެސް ކުރަމުންދާ ވިޔަފާރި ހުއްޓި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭނެ ކަމަށެވެ.

ކޯޓުން ހުރިހާ ކަމަކަށް ބަލައި ފަހުން ނިންމީ ޝިފާޒްގެ ޖަލުހުކުމް ޖޫރީމަނާ އަކާއި މުޖްތަމައުއަށް ހިދުމަތް ކުރުމަށް ބަދަލުކުރުމަށެވެ.

އެގޮތުން ކޯޓުން ވަނީ އަދަބެއްގެ ގޮތުން 38،400 ރުފިޔާ އިން ޝިފާޒް ޖޫރީމަނާކޮށް 960 ގަޑިއިރުވަންދެން މުޖްތަމައުއަށް ހިދުމަތް ކުރުމަށް ހުކުމް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮންމެސް މަންމައެއް

    ދަރިންނަށް ހަރަދު ނުދިީ އުޅޭ މީހުންނަށް ހަދާނެ ގޮތެއް ނެތްތަ !! ގައިމު ރިކޯޑު އޮންނާނެ ކޯޓުގަ އަހަރުމެން އަންހެނުނ ގޭނި ހުސްމިވަނީ

    • ބޮޑުކަމެއް މީ

      އޭނައަށް ދަރިންތައް ބަލަން ހަވާލުކޮށްލާ..ވ.ލޯބިން ކައިވެނިކޮށްފަ ދަރިން ލިބުނީމަ ކޮންމެވެސް ސަބަބުތަކެއްގެ ސަބަބުން ވަރިކުރަނީ..ވަރިކުރީމަ ދެން ދަރިންނަށް އަޅާނުލާ ޚަރަދުނުދީ އުޅެ އުޅެފަ އަނެއްކާ އެހެން އަންހެނަކު ފެންނައިރަށް މިއިންނަނީ..އަދި ދުވަސް ކޮޅަކުން އޭނައަށްވެސް ދަރިން ހޯދާ އަޅާނުލާ މިހެން އުޅޭ މީހުންނަށް ވެއްޖެ މިހާރު ހިތުން ނުފިލާފަދަ އަދަބެއް ދޭން..