އައްޑޫސިޓީގައި ފުލުހުންތަކެއް މީހަކަށް ހަމަލާ ދޭ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެއްޖެއެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ މިވީޑިއޯއިން ފެނިގެން ދަނީ ހިތަދޫ އީދިގަލި ކުޅި ބެލުމަށްޓަކައި އަޅާފައިވާ ޕްލެޓް ފޯމް މަތީގައި އާންމުންގެ މީހަކު ހުއްޓާ ފުލުހުންގެ ދެ އޮފިސަރަކު އޭނާ އާއި ވާހަކަ ދައްކަމުން ގޮސް ހަމަލާ ދޭ މަންޒަރެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައިވަނީ އެސަރަހައްދު ދޫކޮށް އޭނާ ހިނގައިގަންނަން އުޅުމުގެ ތެރޭގައެވެ.

މިއީ އައްޑޫގައި އަލަށް ހިނގާދިޔަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެހެން ނަމަވެސް މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެނިގެން ދަނީ އަންހެން ފުލުހަކު ވެސް އެކަމުގައި ޝާމިލުވާ މަންޒަރެވެ. އެގޮތުން އަންހެން ފުލުސް މީހާ އެ ފިރިހެން މީހާ ބިންމައްޗަށް ވައްޓާލާ މަންޒަރު އެ ވީޑިއޯއިން ވެސް ފެނެއެވެ.

ފުލުހުން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެގޮތުގައި ހަށިގަނޑުގެ އެކި ތަންތަނުގައި ބޫޓުން ޖަހާފައިވެއެެވެ.

ހިތަދޫ އީދިގަލި ކުޅި ސަރަހައްދުގައި ހުރި މީހަކަށް ފުލުހުން ހަމަލާދީފައިވާއިރު، މީގެ ދެ ދުވަސް ކުރިން އައްޑޫއަށް ދިޔަ އެހެން ރަށެއްގެ މީހަކަށް ފުލުހުން އަނިޔާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާއަށް ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މާމީ

  އިންޑިއާގެ ކަޝްމީރުގަ މުސްލިމުންނައް އިންޑިއާގެ ހައްދުފަހަނާޅާފަތިބި ހިންދޫ ޕޮލިހުން އަނިޔާ ކުުރާގޮތައް ދިވެހި ފުލުހުންގެ ތެރެއިން މަދުބަޔަކު މިގޮތައް އަމަލުކުރުމަކީ ފަހުން ދުވަހެއްގަ މިހެން އަމަލުކުރާ މީހުންނައް ދެރަގޮތެއް ވުމަކީ ވަރައް ނުވެނުދާނެ ކަމެއް ....

 2. އަލީ

  ފުލުހުންނަކީ ވަރައް އަނިޔާވެރި ބައެއް.

  36
  9
 3. ޏަމްނަމް

  ފިތުނަ ފަތުރަން ހަބަރު ލިޔެގެން ވާނެ މޮޅެއް ނެތް. ތިތަނުން ތި ވާގޮތެއް ނޭނގޭ ތި ވީޑިޔޯއަކުން.

  24
  25
 4. Anonymous

  ކީއްވެގެންތަ މި ފުލުހުން މިތެޅެނީ؟ މިހާރު ދެން ރައްޔިތުން ނުކުންނަންވެއްޖެއެއްނު.

  38
  10
 5. ޑައިވަރޭ

  ފުލުހުންނައް އެމީހާ ހަމަލަދޭން އުޅުނުހެން ބޮޑަށް ހީވަނީ

  33
  16
  • Anonymous

   އެހެންވިއަސް 2 ފުލުހުންނަށް އެމީހައަށް ހަމަލައެއް ނުދެވޭނެ. ފުލުހުން އަނިޔާ ކުރާ ހިސާބަކީ އަބަދުވެ މިނިވަން ކަމަށް އާއްމުން ނުކުންނަ ހިސާބު. މަޝްހޫތު ފްރެންޗް ރިވޮލިއުޝަންއަކީ މީގެ މިސާލެއް.

 6. އާދަން

  ގޭންތަކަށްވުރެ ފުލުހުން ގަދަވާންޖެހޭ. ގޭންގް ތަކުން އާންމުންގެ މުދަލައްގެއްލުންދީ މީހުންގެ ޅަދަރިން ކޮށަމުން ދާއިރު ފުލުހުންނަށް ކުރެވޭ މާބޮޑު ކަމެއް ނޯވޭ. ކޯޓްތަކުން އެމީހުން ދޫކޮށްލާ. ފުލުހުން މިހާރު އެމަސައްކަށް ކުރައްވަނީ އެކަން ކުރަންވާ ގޮތަށް.

  39
  10
 7. ޖަންގިޔަ ބޮންގ

  ތިޔަ ވީޑިއޯގަ އަސްލު އެތިބެނީ ވާހަކަ ދައްކަން. އަނިޔާ ކުރާ ނަމަ ފުރަތަމަވެސް ޖަހަންވީނު. އެމީހާ ކޮންމެސް ހަޑިއެއް ހާވައިގެން ކަންނެ ތިޔަ ޕީސް ޓޯކް ފަނިވެފަ ތިއޮތީ. ދެން ހަބަރު ލިޔެވިދާނެ އާން.. އެހެން ނޫނަސް ފިރުމައިގެން ގޭންގުތައް މައިތިރިއެއް ނުވާނެ.

  25
  7
 8. ސަނީ

  މޮޅުކަމަކަށް މިފަދަ ހަބަރު ލިޔެގެން ވާނެ މޮޅެއް ނެތް! ފުރަތަމަ ކަން ހިނގި ގޮތް ބަލަން އެބަޖެހޭ. މިހެން ހަބަރާ ޤާނޫނާ އެއްޗެހި ލިޔެގެން މިގައުމު ހަލާކުވެ ނިމިއްޖެ. މިސާލަކަށް ބަލާ، ނުރައްކާތެރި ކުއްވެރިންނޭ ކިޔާ ބަޔަކު މީހުން ޓީވީނާއި އެއްޗެހި ދައްކައިގެން ކިތައް ކުޑަކުދިންތޯ އެކަހަލަ ހީރޯއިންނަށް ވާހިތުން ހަލާކުވެގެން ދިޔައީ. ކުރާކަމެއް ކުރާނީ ވަރައް ވިސްނާފަ. ފަހުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ދުވަހެއް ވާކަން ހަނދާންކުރާތި

  26
  10
 9. ސަމާ

  ބޮލުގައި ޖަހާ މަންޒަރު އެބަފެނޭ.
  ތިއީ ފުލުހުން އުޅެން ޖެހޭ ގޮތެއްނޫން.

 10. ބަދަންއަލީ

  ތިވީޑިއޯއިން ފެންނަނީ އާއްމު މީހަކު 2 ފުލުހުންނަށް ހަމަލާދޭ މަންޒަރު

 11. ސަފާ

  ފިތުނަ ފަސާދަ ފަތުރާ މީހުންނަށް އޮތީ ނަރަކަ. ސަފާ

 12. ވަގުތު މީހާ

  މިއީ ނޫސް ވެރިކަމެއް، ނޫން ކޮންދުވަސް ވަރެއްގެ ފޮޓޯޖަހާފަ ތިލިޔަނީ ބޭނުން އެއްޗެއް އޭނާ އެއީ ކާކުތޯ ކީއްވެގެން ކަންވެސް ލިޔުނުނަމަ އެއީ ހިމާޔައް ކޮށްފަ އޮތް ތަނެއް އެތަނުން މަސްނަގާތީ އޭނަ ހުއްޓުވީ،އޭނަ ގޭ 3 މީހުން ޕޮޒިޓިވް ގެ ހުރީ ކަރަންޓީނުގަ އޭނަ އުޅެނީ އަބަދު ބޭރުގަ ސާމްޕަލްވެސް ނުދޭ ބޭނުން އެއްޗެއް ހަމަލިޔަން ވީ

 13. ބަރާބަރު

  ފުލުހުންނަކީ ވެސް ޖަޒުބާތުތަކެެއް ލިބިފައިވާ ހަމަ އަހަރެމެންކަހަލަ އިންސާނުން… އެމީހުންނާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ގޮވީމަ އެމީހުންވެސް ނުތިބޭނެ މަޑަކުން

 14. ސަރީފް

  ނޫސްވެރިޔާ ސަފާ އަށް މިވީޑިއޯއިން ފެންނައެއްޗަކާ އަޅުގަޑައްފެންނަގޮތް ވަރައްތަފާތު އަނެއްކާ ސަފާއަކީ މިގޭންގައްނިސްބަތްވާ މީހެއްނޫންބާ

 15. މަކުނު

  އަހަންނަށް ތި ވީޑިއޯއިން ފެންނަނީ ފުލުހެތްގާ ޖަހާތަން 😂

 16. ނަސީރުބެ

  ކޮއްކޮމެން ސިފައިން ކީއްކުރަން ތަ ރަށުތޭރޭގައި ތިއުޅޭ ޕާޓޭކުދިންނާ ތި ފޮށެނީ ނިކަން ޑިއުޓީ ނިމެންދެން ފުލުސް އޮފީހުތެރޭ އޮވެބަލަ ވިއްކާމީހުން ވިއްކަފާނެންނު ވައްކަން ކުރަން އުޅޭމީހު ވައްކަން ކޮއްފާނެންނު ކަމެތް ކުރީމަ އެތަނަކަށްދޭބަލަ ކަމެތް ކުރަން އުޅުމުގެ ކުރިން އެކަމެތް ހުއްޓުވަން ނޫޅެބަލަ މީ އެޒަމާނެތްނޫނޭ މީ 2021

 17. ލައިލާ

  ބަލަ މި ފުލުހުން މިއުޅެނީ ކިހިނެތް ވެގެންތަ ވައްކަންކުރާ ކުދިން ވައްކަން ކޮއްގެންނޭ ލާރިހޯދަނީ މަސްތުވާތަކެތި ވިއްކާކުދިން އެތަކެތި ވިއްކައިގެން ނޭ އާމްދަނީ ހޯދަނީ ދެން އޭގެ މަސްސަލަޔަކީ ކޮބާ

 18. އައްޑޫ ރަދުން

  ހަކުރު ވިއްކާ މީހުންގެ ފަރާތުން އާއިލާތަކަށާއި ޅަދަރިންނަށް ވަރަށް ފައިދާ ކުރޭ

 19. އާދަމުގެދަރި

  ބާރާއެކީގައި ނުކުމެ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ހިފިނުހުރެގެން އުޅޭ މީހުން މައިތިރިކުރަންޖެހޭ. ފުލުހުންނަށް އެކަން ކުރެވެންވާނެ. އެއީ އަނިޔާވެރިވުމެއް ނޫން.