ހުޅުމާލޭގައި އަލަށް ހެދި މިސްކިތެއް ކަމަށްވާ "މަސްޖިދު މުހައްމަދު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުއްވައި ދެއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި އިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.

ރައީސް މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަޞުރު ނަމާދު ވަނީ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އިތުރުން ނައިބު ރައީސް ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޭރި

  ކީއްކުރަންތަ ސޯލިހުލަށްވާ ތިޔަމިސްކިތް ހުޅުވީ ބަލަކަލޭމެންނަކަށް ނޭނގޭތަ އޭނަ އަބަދުވެސް ލާދީނީ މީހުން ހިމާޔަތް ކުރާކަން މިސްކިތަކީ ﷲ ގެ މިބިންމަތީގެ ސުވަރުގޭގެ ގެކޮޅެއް މީނަގެ ވެރިކަމުގަ އެތަންމުޑުދާރު ކުރާމީހުންނަށް އަދަބެއްނުދޭ.

 2. ކޮރަލް

  ނަޝީދު ފެންނާކަށް ނެތެވެ.

 3. އުގުރި

  މިސްކިތެއް ހުޅުވިއަކަސް ސޯލިހެކޭ ނުބުނެވޭނެ. އެމްޑީއެން އުތެމާ ގެ މައްސަލަ ކޮބާތޯ ނުބަލަނީތޯ މިއަދު ތަނެއްގައި ހުރި މިސްކިތެއް ހުޅުވާލިޔަސް އީމާން ތެރި ސޯލިހު އަޅެއް ކަމަކަށް ނުބެލޭނެ.

 4. ޢަލީ

  މީގެން އެނގިގެންތިދިޔައީ 5 ނޫނީ 6 އަހަރުން މިސްކިތްބިނާކުރުމަކީ ފިނިހަކަ ސްޕީޑްކަން ކުރަންބޭނުންވީމަ 2 އަރުނުވަނީސް މިސްކިތެއްވެސް އެޅޭނެކަން ' ނިންމާފަ ހުރި މިސްކެތެއް ހުޅުވަން ވެސް 5 އަހަރު ކިހާ އިސްލާމްދީނާ ދިވެހިންދެކެ ލޯބިވޭ.....