އދ. ދަނގެތީގައި ވިޔަފާރިވެރިއަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އެރަށުގެ ރައްޔިތުން ނުކުމެ ފުލުހުންނާއި ހަވާލު ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދަނގެތީގެ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް އެމީހުން ހައްޔަރު ކުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މުއާވިޔަތު ވިދާޅުވީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެރަށުގެ ރައްޔިތުން އެމީހުންނަށް ތުހުމަތުތަކެއް ކޮށްފައިވާތީ ހިމާޔަތް ދިނުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ހިމާޔަތް ދިނުމަށް ކަމަށް ސްޓޭޝަނަށް ގެންދިޔައީ. އެއީ ރައްޔިތުން ނުކުމެ އެމީހުންނަށް އެ މަރުގެ ތުހުމަތު ކުރާތީ" މުއާވިޔަތު ވިދާޅުވިއެވެ.

ދަނގެތިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނި ގޮތުގައި ގޯންޏަކަށްލައި މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނީ އެ ރަށަށް އުފަން އެ ރަށު ބިލެތްގޭ މަހްމޫދު އަބޫބަކުރު 55،އެވެ.

ރެއިން ފެށިގެން އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނިފައިވަނީ ވަޅެއްގެ ތެރެގައި ގޯނިއަކަށް ލާފައި ވަނިކޮށެވެ.

"ފެން ވަޅެއްގެ ތެރެއަށް އެއްލާލާފައި ބޯ ކޮޅު އޮތީ ވަޅު ތެރޭގައި، ހަށިގަނޑުގެ އަނެއް ބައި އޮތީ ގޯނި ތެރޭގައި." އެމީހާ ކިޔައި ދިނެވެ.

ރަށުން ވާހަކަ ދެއްކި މީހާ ބުނީ މަހްމޫދުގެ ފޯނު ރަށުގެ އުތުރު ފަރާތުގެ ވަލުތެރޭގައި ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑު ފެނުނީ ރަށުގެ ދެކުނު ފަރާތުގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކަމަށް ވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިމީހާ

    ރަސްދޫ ޕޮލިހުން އެމީހުންދޫކޮއްލީ ޖެއިލްފުރީކާޑު ދީފަ، މާދަންވެސް ދޫކޮއްލާނެ، އެންވެ އެވަރު ކަމެއް ކުރަން އެކެރުނީވެސް

  2. ޙާލަތު

    ސިޔާސީ މީހުންނަށް މުހިންމު ނޫން އާންމު ރައްޔިތްކަށް ވީތީ ތިނުވާނެ އެއްވެސް ކަމަކަށް.

    މަރު ކޮމިށަނަކީވެސް "ޙާއްސަ" މަރު ކޮމިށަން ވިއްޔާ. ދެން ތުނބުޅިލީ މީހަކު ތިކަމުގަ ނޫޅެންޔާ ހަމަ ބޭކާރުކަމަކަށް ވާނި.

    11
  3. Anonymous

    ާއަސްތާ ބަލި ކުދިންދޯ

    9
    1
    • ކަހުރަބު

      ހެޔޮކޮށް ތި ބުނީ ބަލި ކުދިން ހިއުމަން ރައިޓްސް އޮހޭނެ އެ ވެރިންނަށް