ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއުގެ އެހީގައި ހުރަވީ ސްކޫލުގެ ކުޅޭ ސަރަހައްދު ފުރިހަމަ ކޮށްފިއެވެ.

މިކަން ހާމަކޮށް ޝުޖާއު މިއަދު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ސްކޫލްގެ ކުޅޭ ސަރަހައްދަށް ބޭނުންވާ ގްރާސް ކާޕެޓް ހޯދައިދީ، ކާޕެޓް އަޅައިދިނުމުގެ މަސައްކަތް ދަރިވަރުންނާއި ބެލެނިވެރިންނަށްޓަކައި ފުރިހަމަ ކޮށްދެވުމުން ވަރަށް އުފާވާ ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ޝުޖާއު ވަނީ ހުރަވީ ސްކޫލްގެ ޕްރީސްކޫލް މަރުހަލާގައި ކިޔަވާ ތުއްތު ދަރިންނަކީ ލޮލުގެ ފިނިކަން ކަމުގައި ސިފަ ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، "މި ކުދިކުދި ޅަ ދަރީންނަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން. ގައުމުގެ އުންމީދު. ހުޅުމާލޭގެ މުސްތަގްބަލް. އެ ކުދިންނަށްޓަކައި އަޅުގަނޑަށްވީ ކޮންމެ ކަމެއް ކޮށްދޭންވެސް އަޅުގަނޑު ހުންނާނީ އަބަދުމެ ތައްޔާރަށް" ކަމަށެވެ.

ޝުޖާއު ކުރެއްވި ޕޯސްޓުގައި ވަނީ ހުރަވީ ސްކޫލްގެ ވެރިންނާއި، މުދައްރިސުންނާއި ބެލެނިވެރިން ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތަށް ސާބަސް ދެއްވާފައެވެ. އަދި ސްކޫލް މެނޭޖްމެންޓާއި ބެލެނިވެރިން އެކުދިންނަށްޓަކައި ކޮށްދެއްވާ މަސައްކަތްތަކުގައި ދެވޭ ކޮންމެ އެއްބާރުލުމަކީ އުފަލެއްކަން ޝުޖާއު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ކޮބާ ފެނޭބާ ބާރަށުދާއިރާގެ ކުރީގެ މެންބަރ ހިތްހެޔޮކަމާ ދީލަތިކަން ، ބާރަށު ދާއިރާގެ މީހުން ސުޖާއު އަށް ދެވަނަ ފުރުސަތެއްނުދިނީ ރީނދޫ ޕާޓީގެ ދޮގު ބަހަނާތަކުގައި ޖެހި ތާށިވެގެން ، މިހާރު މެންބަރ ތަކަންދޫ އަހުމަދަކީ އޭނާގެ ލަނގޮޑި ވަށައިގެން ދަނގަޑު ފިލައިން ޕާޓިސަން ޖަހާފައި ހުރި ދަހިކޫދެއް ، ދާއިރާގެ މީހަކަށް އެހީއެއްނުވޭ

 2. ބޯޖަލީލު

  ސާބަސް ސުޖާއު ދާއިރާގެ ރައްޔިޔުންގެ ހައްގުގައި ގުރުބާންވާތި ، ތަކަންދޫ އަހުމަދަށް ވޯޓުދިން މީހުންނަން މިހާރު ހުއްނާނީ ރާކަނި މަސް ކެވިފައި

  10
 3. މުހައްމަދު

  ސުކުރިއްޔާ ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި މިހާރު މާލެސިޓީ ހުޅުމާލެދާއިރާގެ ކައުންސިލަރަށް. މިއީ މިދަށްކާވާހަކައަކީ. ސުކޫލް ތައުލީމް ބޭނުންޖެހިފައިވާ ތުއްތު ކުދިންނަށް ކުލާސްރޫމްގައި ޑިޖިޓަލް ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޓީވީ ފަދަ މުހިއްމު ވަސީލަތްތަށް "ސުޖާއު" ގެ އެހީތެރިކަމާއިއެކު އެވަނީ ފޯރުކޮތްދެވިފައި. އަދި މީގެ އިތުރުން ޝުޖާއުގެ އެހީގައި ހުރަވީ ސްކޫލްގެ ކުޅޭ ސަރަހައްދު އެ ވަނީ ފުރިހަމަ ކޮށްދެއްވާފަ. ތިއީ ނަމޫނާ ދަރިއެއް

  • ލޮލް

   ތީ ދެއްކުންތެރިކަމުގެ ނަމޫނާ. ޢެންމެ ރަނގަޅުމީހުންނަކީ ކަންކަން ކޮށްދީފަ ފޮނިކަނޑާބައެއްނޫން. މިބުނީ ދީނީގޮތުން ތިފަދަކަންކަން އޮތްގޮތް.

 4. Anonymous

  ޝުޖާމެންނާކީ ބަޠަލުން
  ދީނާއި ޤައުމުގެ ޙައްޤުގައި ގުރްބާންވާ ދަރިންނަކީ މިއީ. ދޫހެލޭނެ ވާހަކަ ދެއްކޭނެ
  ތިބޭނީ ހަމައިގާއި. ޢިލްމީ ވާނެ.
  އެމްޑީޕީގެ މަޤާމުގައި ގިނައީ ރަށްރަށުގައިވެސް ނުކިޔަވާ ތިބޭ ޕާޓޭން. ހަމައިގާ ނުތިބޭ މީހުން.
  ރަށްތަކާއި ޤައުމުގެ ކަންކަން ބޮއްސުންލައިގެން މިދަނީ ނާޤާބިލު މީހުންނަށް މަޤާމް ދީގެން