ކ. އަތޮޅު ތުލުސްދޫ ކުނިކޮށީގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފިއެވެ.

"ވަގުތު"އާ ވާހަކަދައްކަމުން އެރަށު ކައުންސިލް ރައީސް އަސްލަމް މޫސާ ވިދާޅުވީ، އެރަށު ކުނި ކޮށީގައި ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:30 ގައި ލިބިގެން ރަށު ރައްޔިތުންނާއި ކަައުންސިލުން ކުރި މަސައްކަތް 6:30 ހާއިރު ނިއްވާލި ކަމަށެވެ.

އެހެން ނަމަވެސް މިހާރުވެސް އެ ސަރަހައްދުގެ ވައި ބާރުވުމާއެކު، އަނެއްކާވެސް މިރޭ 7:00 ޖެހިހާއިރު އެތަނުގައި ރޯވެ ހުޅުގަނޑު ވަރަށް ބޮޑަށް ފެތުރިދާނެ ކަމަށް ބެލެވޭތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުލުސްދޫ ކުނިކޮށީގައި ރޯވުން - ފޮޓޯ ކައުންސިލް

އަދި މިހާރު އެމްއެންޑީއެފްއިން އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެ ކުނިކޮއްޓަކީ ރައްޔިތުން އުޅޭ ސަރަހައްދާއި ކައިރީގައި ހުންނަ ތަނެއް ކަމަށެވެ. އަދި އެތަނަކީ އަލިފާން ރޯކުރަން ކައުންސިލުން މަނާ ކޮށްފައި އޮންނަ ތަނެއްކަމަށްވެސް އަސްލަމް ވިދާޅުވިއެެވެ.

ރޯވެފައި ވަނީ މިހާރުވެސް ރަށުެ ރައްުުޔިތުން ކުނި އުކަން ބޭނުން ކުރާ ކުނި ކޮއްޓެއްގައެވެ. އަދި އެއީ އެރަށުގެ ހުޅަނގު ފަޅީގައި ގާއިމްކޮށްފައި ހުންނަ ކުނި ކޮއްޓެެވެ. އަދި ރަށުގައި ހުރި ހަމައެކަނި ކުނިކޮށިކަން ފާހަގަކޮށްލަން ޖެހެއެވެ.

ތުލުސްދޫ ކުނިކޮށީގައި ރޯވުން - ފޮޓޯ ކައުންސިލް

ނަމަވެސް އެ ކުނި ކޮއްޓަކީ މީހުން ދިރިއުޅޭ ސަރަހައްދާއި 200 އެއްހާ ފޫޓު ކައިރީގައި ހުންނަ ތަނެއްކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި އެ ކޮށިގެ ވަށައިގެންވެސް މީހުން ދިރިއުޅޭކަން ފާހަގަކުރިއެވެ. އަދި މިއީ ކަންބޮޑުވުމެއްކަން ފާހަގަކުރައްްވަމުން އަސްލަމް ވަނީ އެކަން ކަމާއި ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ދެން އަހަރެމެން ކީއްތަ ކުރަންވީ، ކޮބާ އެރަށު މެންބަރު؟ އޭނަ ޖެހޭނެ ދޯ އެކަމަށް އެޓެންޑް ވާން!

    9
    2
  2. ކަރީމް ޝަރާހާ

    ކައުންސިލް ކެންޕޭންގައި ވައުދުވެފައިވޭ ހުވާކުރާތާ 3 މަސްތެރޭ ކުނި ގޮނޑު އެހެންތާކަށް ބަދަލުކޮށްދޭނަމޭ. އެ އޯމެން ކީއްތަ އެކުރަނީ. ކުރިންވެސް ނުވިކަމެއް މިހާރު ވާނޭކަމުގެ ޔަގީންކަމެއް ނެތް.