މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ގުޅީފަޅު ދޭން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅު ހެއްދެވުމަށް ފަހު މާލޭ ރަށްވެހިންނަށް އަތޮޅުތެރެއިން ގޯތި ދޭން ބާރުއަޅައި ދެއްކެވި ވާހަކަފުޅަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ފާޑުވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދެއްވަން ގުޅީފަޅު ނުދެއްވާ ގުޅީފަޅު ޕްރޮޖެކްޓް ވަކި ބަޔަކަށް މަންފާވާގޮތަށް ދެއްވާފައި ވަނީ "އަސްލަމްމެންނަށް ބައި އެޅޭގޮތަށް" ކަމަށެވެ. "ގުޅީފަޅު ޕްރޮޖެކްޓް ވަކި ބަޔަކަށް މަންފާވާ ގޮތަށް ދެއްވާފައި އެކަން ފޫބައްދަން ތިޔަ ދައްކަވާ ބަހަނާ އަކީ ތިޔަބޭފުޅުން ވެރިކަމަށް އަންނަން ދެއްކެވި ވާހަކައާއި ދިމާ އިދިކީލަޔަށް ދައްކަވާ ވާހަކައެއް." ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މާލޭ ސިޓީ ރައްވެހިންނަށް އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް އޮންނަ ހަމައާއި އުސޫލު އޮންނަން ޖެހޭނެ ކަމަށެވެ. "އެހަމަހަމަކަން ވެސް އޮންނަން ޖެހޭނެ. މާލެ ކައިރިންނާއި ހުޅުމާލެ އިން މާލޭ ރައްޔިތުންނަށް ގޯތި ލިބެން ޖެހޭނެ. ތި ދައްކަވާ ބަހަނާ މާލޭ ރައްޔިތުން ތިބީ މިއަދު އަޑުއަހާކަށް ނޫން." ނަރީޝް ވިދާޅުވިއެވެ.

މާލޭ ރަށްވެހިންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް މިހަފްތާގައި ވިދާޅުވީ މާލެއިން ބިން ދޫކޮށްލުމުން ގޯތި ނުދެވެނީ ދެއަތް ބަނދެވިފައި ހުރުމުން ކަމަށެވެ.

މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރިއަށް ނުދާތީ މާލޭގެ ވަރަށް ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަތްޔިތުދޭސީ އަހަންމަދު

    ބަލަ މައުމޫނު މާލެ ހިއްކީ ބިސްމިނުގެ ބަރަކާތުން މަލޭގެ ރައްޔިތުންނައް ގޯތިދިނުމުގެ ނަމުގައި މާލޭގެ ރައްޔިތުންލައްވާ މަސަތްކަތް ކުރުވާފަ މާލެ ހިއްކާ ނިމޭއިރައް އެސްޓީއޯކިޔާބަޔަކަށާއި ފާޑު ފާޑުގެނަންނަމުގަ ކޮށިއަޅާފައި ފުލެޓްވިޔަފާރި ފެއްޓީ ދެންހިއްކީ ހުޅުމާލެ މާލޭގެ ރައްޔިތުންނައް ގޯތިދިނުމުގެ ނަމުގައި ހިއްކާ ނިމޭއިރައް ފެށީބޮޑުއަގުގަވިއްކަން އަދިފުލެޓްފިޔަފާރި ކުރީ ފުޅާ ބިންތައް ހިސޯރުކޮއް ނުދީ ރައްރަށުގަ ހިއްކާފަވެސް ދެވޭ ގޯތި މާލޭގެ ރައްޔިތަކައް ނުދެވޭ ނަސްލިއިމްތިޔާޒް ދެންތިހިއްކީ ހުޅުމާލެ ފޭސް2 ހަމައެހެން މުސްސަދިންނައް ބިންދީގެން ފުލެޓް އަޅަފައި ބޮޑުއަގުގައި ކުއްޔައް ރައްޔިތުމީހާބިކަކޮއް ފަސޭހަކަމާއެކުވޯޓްހޯދަން ގޯތީގެ އަވާގައިޖައްސާފައި ދެންކޮންގުޅިފަޅެއްގެވާހަކައެއް އެއީ 2023 ގެވޯޓްހޯދަން ދައްކާހޮޅިވާހަކަ ގުޅިފަޅުންގޯތިދެވާހަކަ

  2. ސސ

    ބައްލަވާ އަޅުގަޑު މީ ރާއްޖެތެރޭގެ މީހެއް އުމުރުން 50 ގޯތި ހޯދަން ފޯމް ލާތާ 10 އަހަރު އަދި އަދަވެސް ގޯއްޗެއް ފުލެޓެެއްވެސް ނުލިބޭ !

  3. ޢަލީ

    "މާލޭ ރަށްވެހިންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ" ވެރިކަމަށް އަންނަން ހައްދާލީ ހައްހައްހާ ގިނަމީހުން ވާވައްދާލަން ކަރާކެވުނު...

  4. ރބރ

    ފަރެސް މާތޮޑާ އޮޑިއެއް މާލެއަށް ބަދަރުކޮށް މާލޭގެދޮރު ހުރިމީހަކާއި ކާއިވެނި ކުރެވުމުން ދެން މަތީ މަގާމެއް ލިބުމާއި އެކު މާލޭގެ އަސްލު ރަށްޔިތުން މާލޭން ބޭރުކުރަން ނޫޅެ

  5. މެސީ

    ރައްރަށު މީހުންނާ މާލޭ މީހުންނާ ހަމަހަމަ ވަންޏާ ކޮންމެ ރަށެެއްގަ އައިޖީއެމްއެޗްއެއް، ބޭންކެއް ސިފައިންގެ ފުލުސް މިހެން ގޮސް ރައްރަށު މީހުނަށް ރަށުގަ ހުރެގެން ހުރިހާކަމެއް ކޮއްދީ

    1
    1
  6. 13ވގ

    ތީ ވައްކަމުގެ މައްސަލަ އޮތްމީހެ

  7. ޢަދުރޭ

    އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ކުރާ ކަންކަމުގެ ތެރޭގައި. ފަރެސް މާތޮޑާ އަސްލަމް ހުރީ ކޮންތާކުތޯ ބަލާ ހޯދާ މީނަޔާ ހައުސިންގް މިނިސްޓްރީ ޙަވާލް ކުރުން ހިމެނޭ . މީ މާލޭ ރައްޔިތުން ނަށް އެމްޑީޕީން ކުރާ ފުރައްސާރަ އެެއްތޯ ؟ މީ ހަމަ ހިތުގައި އުފެދޭ ސުވާލެއް ކޮށްލީ . ވަގުތު ނޫހުން މި ކޮމެންޓް ޕަބްލިޝް ކޮށްދެއްވާނެ ކަމަށް ހީކުރަން

  8. ރޮނާލްޑޯ

    އައިޖީ އެމް އެޗް އާއި ބޭންކުތައް އެއީ މާލޭ މީހުންނަށް އެކަނި ހަދާފަ ހުރި ތަންތަނެެއް ނޫން ވަގުތު ނޫހަށް ތި އުޅެނީ އޮޅިގެން . އެއީ ވަގުތާ ޙާލަތު ނިޔާކުރާ ގޮތުން އެތައް ޒަމާނެއް ކުރީއްސުރެ ތަންތަނުގައި ބިނާކުރެވިފަ ހުންނަ ބިނާތައް. އެހެނެކޭ ކިޔާފަ އެތަންތަނުގެ މީހުންނަށް އެހެން ތަންތަނުން ލިބެން ޖެހޭ ޙައްޤުތަކުން މަޙުރޫމް އެއް ނުކުރެވޭނެ . ނިއުޔޯކްގައި އަލިފްދާލުގެ މައި މަރުކަޒު ހުރުމުން ރާއްޖޭގެ ކޮންމެ ރަށެއްގައި އަލިފުދާލުގެ މައި މަރުކަޒު ހުންނަން ޖެހޭތަ ؟

    1
    2