22:05

މިއަދު ފައްސިވީ 45 މީހުން.

18:15

ބ. ކުޑަރިކިލު އިން ނުވަ މީހަކު ކޮވިޑަށް ފައްސިވެ، ރަށަށް އަރާ ފޭބުން މަނާ ކޮށްފި

08:45

ފަތުރުވެރިންނަށް ބާލީ ހުޅުވާލައިފި.

ކޮވިޑް-19 އަށް ޔޫރަޕާއި އެމެރިކާ އިން ފައްސިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތް ނަމަވެސް ކުރިއަށް އޮތް ފިނިމޫސުމުގައި އެގައުމުތަކުގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދޭން ފަށައިފިއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑީ ފިނިމޫސުން އަންނައިރު ވެސް އެތައް މިލިއަން ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބޭނެތީއެވެ. ހުޅަނގުގެ ގައުމުތަކަށް ފިނިމޫސުން ފެށޭނީ ޑިސެމްބަރ މަހު އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތައް ބަލާއިރު މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1123 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 85932 އެވެ. އޭގެތެރެއިން 84451 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 237 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.