މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަފްދެއް ތަމްރީން ޕްރޮގްރާމަކަށް އިންޑިއާ އަށް ފުރަން ނިންމައިފިއެވެ.

މި ވަފްދު އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

މިއީ އިންޑިއާ ސަރުކާރުގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސެސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ދިއްލީގެ ސެންޓްރަލް ރެވެނިއު ކޮންޓްރޯލް ލެބޯރަޓަރީ (ސީއާރްސީއެލް) ގައި ހިންގޭ "ކެމިކަލް އެނަލިސް އެންޑް ނާކޮޓިކް ޑްރަގްސް އެންޑް ސައިކޯޓްރޮފިކް ސަބްސްޓެންސް" މި ނަމުގައި ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްގެ 10 މުވައްޒަފުން ބައިވެރިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ލެބޯޓަރީ ޓެސްޓިންގެ ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ޒަމާނީ ސައިންޓިފިކް ވަސީލަތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ދެނެގަތުމުގެ ޢަމަލީ ތަޖުރިބާ އާއި ތަމްރީނު ޕްރޮގްރާމް ވެސް ލިބިގެން ދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް އެންމެ ފަހުން ކުރެއްވީ ރަސްމީ ދަތުރުފުޅުގައި ސީބީއައިސީ އަދި އެމްސީއެސްއާއި ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ރޭވުނު ދަތުރެކެވެ. "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް" ގެ މަގްސަދަކީ ކަސްޓަމްސްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އެމްއޯޔޫގެ ދަށުން މިދިޔަ އަހަރު ކަސްޓަމްސްގެ 10 އިސް އޮފިސަރުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް އިނޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސް އަށް ތަޢާރަފު ދަތުރެއް ކުރިއެވެ. އަދި 30 އޮފިޝަލުންނަށް ކަސްޓަމްސް ވެލުއޭޝަން އެންޑް ރިސްކް މެނޭޖްމަންޓް ތަމްރީނު ޕްރޮގްރާމް ހިންގުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަަަްައަލީ

    އިމިގްރޭޝަން އޮތީ ނިދާފަތަ....ހަނަފީ

  2. ދުރުމި

    ރަގަޅަށް ތަމްރީނު ދޭނެ. މޭޒުދަށުން ފައިސާ ދިނުމަށް ހަދާ ތަމްރީނު އެތަނުން ލިބެން ހުންނާނެ.