ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމެންޓަކަށް އާދަޔާ ހިލާފަށް ބޮޑު ފެން ބިލެއް ފޮނުވާފައިނުވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިގޮތަށް ބުނެފައިވަނީ ދެވަނަ ފިޔަވަހީގައި މީހުން ދިރިނޫޅޭ ހިޔާ ފްލެޓެއްގެ ފެން ބިލަށް ހަލައްކަ ރުފިޔާ އަރާފައިވާ މައްސަލައެއް ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް، އެ ކުންފުނިން ބިލް ކުރަމުން ދާ ކަމަށެވެ.

ނަމަވެސް ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައި ވާކަން ފާހަގަ ވާނަމަ، އެ ފްލެޓެއްގެ ވެރިފަރާތަށް ގުޅާ އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ދާ ކަމަށް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ފްލެޓްތަކުގެ ރީޑިން ނަގާ ބިލް ކުރަން ފަށާފައިވީ ނަމަވެސް، އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާ ފްލެޓް ތަކަށް ބިލު ކޮށްފައި ނުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

“މިހާރު މީޑިއާގައި ދައުރުވަމުން އަންނަ ހަ ލައްކަ ރުފިޔާގެ ފެން ބިލު ކަމަށް ބުނާ ބިލަކީ އެމްޑަބްލިއުއެސްސީގެ ފަރާތުން ފޮނުވާފައިވާ ބިލެއް ނޫންކަން ހުރިހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާލަން“ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ކުންފުނިން ވަނީ ފެން ބިލުގެ މައްސަލައެއް އުޅޭކަން ފާހަގަވާނަމަ، ކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް ކޯލް ސެންޓަރަށް ހުށަހެޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސައްލި

  ކުލި ދައްކަން ނުފަށަނީސް އެމްޑަބުލިއުއެސް އާއި އިސްޓެލްކޯ އިން ބިލް ހަދަނީ ކީއްވެތޯ ؟ ތިޔައީވެސް ދައުލަތުގެ ދެ ކުންފުނި ތިހާ އަވަހަށް ބިލް ކުރަން ފެށީ ކީއްވެތޯ ؟ ބިލް ކުރަން ވަކި މުއްދަތެއް ލިބެންވާނެ ނުހެދި ހުރި ތަންތަން ހަދަން ވެސް ؟ ރައްޔިތުން ނަށް ސިޔާސީ ވަފާތެރި ކެހިވެރިން ދެނީ ދޯކާ އަބަދުވެސް !

  2
  1
 2. ނުރަބޯ

  ދެން އިތުރު ކުންފުންޔަކުން ފެނުގެ ޚިދުމަތް ދޭކަމެއް ނުދެނަހުރިން. ތިމަންނަމެން ނުފޮނުވަމޭ ތިބުނަނީ. އެހެންވީމަ ބިލު އަމިއްލައަށް ދިޔައީކަމަށް ތިވާނީ.

  3
  1