ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. ކަނޑޫދޫއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ސޯލިހް ކަނޑޫދޫއަށް ވަޑައިގަންނަވަނީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ރައީސް ވަނީ ހަމަޖައްސަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ ޢުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމަށް ކަމަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެފަރާތްތަކަށް ކުރިމަތިވަމުންދާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެ ކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކަމަށް އެންމެ އެކަށޭނަ އައު ފަންނުތައް ދަނޑުވެރިންނަށް ތަޢާރަފުކުރުންވެސް ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސްއޫދު

    މި ދޮގުހަދާ ކަލޭގެ ދައްކާވާހައިގެ ދަންތުރައިގައި ނުޖެހޭތީ! ކަޑޫދޫ ރައްޔިތުންނޭވޭ! ރައީސްކަމަށް އަންނަންވެގެން ދެއްކިވާހަކަތައް ވީވައުތައް ހަދާނަށްގެނޭ! ހޮޓައްޖެންފަދަ އަގުބޮޑު ހޮޓަލެއްގެ އެއްފުލޯ އަދީ ހައިސިކިއުރިޓީ ނަޝީދުއަށް ދީގެން ރައްޔިތުންގެ ޓެކުސް ފައިސާއިން އަޗާތަޅަނީ! ލާދީނީ ނަޝީދަކީ ރައްޔިތުންނަށް ބަލަދު އަރައިފައިވާ މީހެއް ނޫން ހަދާނަށް ގެނޭ! ރައްޔިތުން މިއުޅެނީ އަގަޔާއަތާ ދިމާ ނުވެގެބް! މި އިބުރާހިމަކަށް މިކަން ބޮޑުކަމަކަށް ނުވޭ!

  2. އިސްތިއުފާއޭ

    ރައީސް އިބޫ ޖެހޭނީ މިހާރު ކަނޑޫދޫ އަށް ދާކަށް ނޫނޭ ރައީސް އިބޫ ޖެހޭނީ އިސްތިއުފާ ދޭން ގައުމީ ޓީމް ބަލި ކޮށްލުމުގެ ފަހަތުގައިވެސް ވަނީ ސަރުކާރާއި ކެބިނެޓޭ އިންޑިއާ އަށް ތަށި ދޭން ވެެގެންނޭ ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަނީ ދެން އެ މަތި ޖަހަން ވެގެން ފޯރ ނޭޝަންސް ކަޕޭ ކިޔާ އޮޅުވާލާ މަކަރާއި ހީލަތޭ ހަދަނީ ރައީސް އިބޫ ހުރެގެން މިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުކުރެއޭ އިންޑިއާ އަށް ރާއްޖެ ވިއްކާލާ ވެރިކަމުގައި ދިވެހިރައްޔިތުން ގުރުބާން ކޮށްގެން އިންޑިއާ މީހުން ލައްވާ ވޯޓް ލައިގެން ވެރިކަމުގައި ހުރެވޭތޯއޭ ބަލަނީ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ މަމެންނަށް އިނގޭތީއޭ މިބުނަނީ ތިމާވެށި މިނިސްޓަރު ސަޕޯރޓް ކުރީ އިންޑިއާ އަށޭ އޭނާ ކެމްޕެއިން ކުރަނީ ވެސް އިންޑިއާ ޓީމަށޭ ނުކެރޭނެ ނޫނެކޭ ބުނަން...

  3. ބަޔަކު

    ބޮޑުތަނުން ބޮޑާވެލާފަ ހުރި މީހެއް.

  4. ސަޖޫ

    ރައްޔިތުންނޭ މި މުނާފިގުން މި މިބައިގަނޑު މާދަމާ ވެސް ގައުމުން ފިލާގެން ދާން ގާނޫނޫ އޮތީ ބަދަލުކޮށްފައި. ދެވޭ ގޮތަށް. އަމްދުން ނަސޫދަކީ އިނގިރޭސި ވިލާތު މީހެއް! ކުއްލިއަކަށް މާދަމާ ތިޔަރަށު ރައްޔިތަކަށް ވެސް ވެލާފާނެ1 ކެނެޑާ ރައްޔިތެއް! ސޯލިހު މީ ހަަމަ އޭގެ ބޮޑު މުނާފިގެއް! މި ނުވާނެ ރަނގަޅެއްް! 2023 އަށް ބަރުލަމާނީ އަށް ރައްޔިތުން ގުނބޯހައްދަން ކެމްޕެއިން ކުރަނީ! އާކަމެއްނެތް ކުރާ! ޔާމީނު ރައްރަށުގައި ފަށަން ތައްޔާރުވެފަ ހުރި ދެވަަނަދައުރުގެ މަސައްކަތްތައް އިންޑިޔާގެ ނުބައި ރޭވުންތަކާއިއެކު ކުރަނީ،! ލާދީނީއްޔަތު ފަތުރަން ރަށަރަށް ގޮސް އެމްޑީޕީ ބައިގަނޑު އުޅެނީ! ސަމާލުވޭ! ރައްޔިތުންނޭ! ކުއްލިއަކަށް މާދަމާ ސޫލިހު ބުނާނޭ ދެން މީ ބަރުލަމާނީ ވެރިކަމެކޭ! ވަރަށް ނުރައްކާ އިނގޭ ރައްޔިތުންނޭ!