ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާފައިވާ ކަން އިއުލާނުކޮށްފިއެވެ.
ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާފައިވާކަން އިއުލާނުކޮށްފައި ވަނީ މަޝްހޫރު ފިލްމީ ތަރި ޖޭޕީގެ މެމްބަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިއްސެ ވިދާޅުވީ، ގާސިމް އިބްރާހިމްގެ ބައިގްރޮފީ ފިލްމަކީ ދައުލަތުގެ ލައިބްރަރީގައި އިންނަން ޖެހޭ ފިލްމެއް ކަމަށެވެ.
"ގާސިމް އިބްރާހިމްގެ ލައިފް، އެ ފެށުނުގޮތާއި، މިހާހިސާބަށް އައިގޮތް، އަޅުގަނޑުމެންގެ ތެރޭގައި ދޭތެރެއަކުން އަޑުއިވޭނެ ގާސިމް އިބްރާހިމް އެންމެ ކުރިންސުރެ ވަރަށް ބުރަ މަސައްކަތެއްކޮށްގެން ކަން މިހިސާބަށް އައީ". އިއްސެ ވިދާޅުވިއެވެ.
އިއްސެ ވިދާޅުވީ، މިދިޔަ އަހަރު ތެރޭގައި ޖޭޕީ ތެރޭގައި ގާސިމްގެ ބައިގްރޮފީއަށް ފިލްމެއް ހަދަން ވާހަކަދެކެވުނު ކަމަށެވެ.
"އަޅުގަނޑު މި ބުނީ 100% ކޮމިޓްމެންޓް ދޭން ބޭނުންވާ ކަމެއް މިއީ، ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުގައި އޭތި ހަދަން". އިއްސެ ވިދާޅުވެފައިވެއެވެ.
އިއްސެ ވިދާޅުވީ، ގާސިމް ފަދަ ބޭފުޅެއްގެ ހަޔާތާއި ގުޅޭ ފިލްމެއް އިނުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.
"އިރާދަކުރެވިއްޔާ ހަދާނަން، އެ ފިލްމުން އެ ހިސާބަށް ދިޔައީމަ އެނގޭނެ، އާދައިގެ ގޮތަކަށް ނޫން ހަދާނީ، އިންޓަނޭޝަނަލް ފެންވަރުގައި ހަދައިގެން އަދި ޑޯކިއުމެންޓްރީތަކާއި ޓެލެ ފިލްމާއި މީހުންގެ އިންޓަވިއުސްތަކާއި ލީޑާރުގެ އިންޓަވިއުތަކާއި، އެގޮތަށް މިކްސް ކޮށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ".
މަ ނަގާތި ،ތި ފިލްމް ކުޅެން. ކޮންތާކު އޮޑިޝަން ބާއްވަނީ. ސަން އައިލެންޑް ގާ ތަ.
ގާސިމްގެ ބަޔަށް ދޯ؟
ރަނގަޅު. މަރުވުމުގެ ކުރިން ދިރި އުޅުމުގެ ހުރިހާ ތަސްވީރުތަކެ އް ހާމަކޮށް ނެރެ ދުނިޔެ އަށް ދެ އްކޭތޯ ބަލާތި. އެކަމަކު ތިމާ އީ މު އްސަނދި މީހެ އްކަން ދަ އްކަން، ތިމާގެ ދީލަތިކަން މީހުންނަށް ދަ އްކަން ކުރި އެއ އްވެސް ޢަމަލެ އް ﷲ ތަޢާލާ ޤަބޫލު ނުކުރަ އްވާނެކަން ހަނދާން ބަހަ އްޓާތި. އެކަލާނގެ ޤަބޫލުކުރަ އްވާނީ އެކަލާނގެ ރަސްކަންފުޅަށްޓަކާ ހިތް ނިޔަތް ޚާލިސްކޮ އްގެން ކުރި ޢަމަލެ އް. ފަހަރުގާ ކުރިން ދެންނެވި ފަދަ ދެ އްކުންތެރިކަން ޑިމޮކްރަސީ ޤަބޫލުކޮށްފާނެ. ﷲ ތަޢާލާ ޤަބޫލެ އް ނުކުރަ އްވާނެ.
ތި ފިލްމުގަ އޮންނާނީ ހުސް ކައިވެނި ކުރުން
މަ ބޭނުން އައިޝާ ގެ ބައި
ތިޔަ ފިލުމުގައި އޮންނާނީ ކައިވެންޏާއި ބަޤާވަތް، ދެން މުވައްޒަފުންނަށް ދޭ އަނިޔާ.
ހޮލީވުޑާއި ބޮލީވުޑް އަދި ދިވެހިވުޑުގެ މަޝްހޫރު ޑައިރެކްޓަރުންގެ ޚިޔާލާއި މަޝްވަރާ މުހިންމުވާނެ! ތިޔަ ފިލްމުގައި ލޯތްބާއި، މަސައްކަތްތެރިކަމާއި، ސިޔާސަތާއި މުވައްޒަފުންނަށް އަނިޔާވެރިވުން ވެސް ފެންނަ ގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޤާސިމުގެ ލެގަސީ ގެނައުން މުހިންމެވެ.
ތިއައްވުރެ ފައްކާވާނެ ގާރޫނުގެ ހަޔަާތައް ފިލްމެއް ހަދަާލަން
އަންްނިގެ ވެރިކަން ވަ އްޓާލަން ބަޣާވާތް ކުރި ވާޙާކަވެސް ފިލްމުގަ އޮތީމަ ފިލްމު ސަޅިވާނީ
ތިޔަ ފިލްމު ވާނީ ބޮޑު މަސްހުނި ގަޑަކަށް. މީހާގައި ހުންނަ އުނި ސިފަތަކާ ހިންމަތާ މިންނަތާ ، ބަސްމަގު ގެ ފެންވަރު ވެސް ފެންނާނެ ފިލްމަކަށް. ދަވްލަތުގެ ލައިބްރަރީގައި ކޮންމެހެން ޤާސިމް ގެ ފިލްމެއް އޮންނަންޖެހޭނެ ކަމަކަށް ނުފެނޭ.
ތިޔަފިލްމް ޑައިރެކްޓް ކުރަން ރަނގަޅުވާނީ ނަހުލާ ދޯ
ތި ފިލްމްގަ ޒިނޭކޮށްގެން ކޯޓުން އަރުވާލި ބައި ވެސް ހިމެނޭނެ ދޯ
ބިޓީންބައި ދައްކާފާ އިތުރުއެއްޗެއްދައްކާން ތަންއޮންނާނެބާ؟
ތިޔަ ފިލްމް ހަދައިފިނަމަ ފިލްމުގައި ހުންނާނީ މުޅިން ދޮގު ވާހަކަތަށް !
ތިފިލްމުގަ ވައްކަން ކުރާ ތަން ފެންނާނެބާ. ޙަހަ
މި ފިލްމުގައި ފިރިހެން ކުދިން ހޯދަންވެގެން ކައިވެނިކުރިކަން އެނގޭނެ / ތިއުޅެނީ 2023 އަށް ސަމާލުކަން ހޯދަން
ވަރަށް ރަނގަޅުޚިޔާލެއް މުއްސަނދިވިގޮތް ގެނެސްދޭއިރު އެއްކަލަ އެފް ޕީ އައި ޑީ ގެއަށް މުދާގަތްގޮތާ އެސް ޓީ އޯ އަށް ތެޔޮއެތެރެކުރިގޮތްވެސް ތަފްސީލްކޮށް ގެނެސްދެއްޗޭ
އަންހެން ކުދިން ކާމިޔާބު ކުރަން ޙަރަދު ކުރި ފައިސާ ގެ ޢަދަދު ހިމަނާތި.
އިއްސެ ބުނެދީބަލަ ގާސިމް އިބްރާހީމްގެ ބައިގްރޮފިީ ފިލްމެއް ދައުލަތުގެ ލައިބްރަރީގައި އިންނަން ޖެހޭ ގާނޫނީ ނުވަތަ ދީނީ ހުއްޖަތަކީ ކޮބައިތޯ؟
އައްދޭ ހާދަ އަހަކަށް ތިޔަ މޫނު ކުނިކޮށްލީ.
މަ ބޭނުން ގާސިމް ގެ ބައި ކުޅެން.
ކޮމަންޓްތައް ކިޔާލީމަ އެންގޭ ދިވެހިންގެ ސިކްކަން