އދ. ދަނގެތީގައި ވަރަށް ރަހުމު ކުޑަ ގޮތަކަށް އެރަށުގެ ވިޔަފާރި ވެރިޔެއް ކަމަށްވާ މަހްމޫދް އަބޫބަކުރު މަރާލި މައްސަލައިގައި ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މަހްމޫދް މަރާލުމަށްފަހު ގެއެއްގެ ވަޅަކަށް އެއްލާލާފައިވާ މައްސަލައިގެ ކަންބޮޑުވުން ފާޅު ކުރަނީ އެހާމެ ބިރުވެރިކަމާއެކު ކަމަށެވެ.
އަދި މަހްމޫދް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި، މިއަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެދިފައި ވެއެވެ.
އަދި މި މައްސަލަައިގައި ކުރެވޭ މަސައްކަތް އަވަސް ސްޕީޑެއްގައި ކޮށް، އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވައިލާފައެވެ.
އަދި އެރަށަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލާފައި ވެއެވެ.
ރަށުގެ ގިނަ ބަޔަކާއި ގާތް ގުޅުމެއް އޮންނަ މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ-އިންޑިއާ ބައްދަލު ކުރި މެޗު ބަލަން ގޭގައި އިނުމަށް ފަހު ބޭރަށް ނުކުތް ފަހުންނެވެ. ރަށުގެ ރައްޔިތުން ނުކުމެ އިއްޔެ ހެނދުނު އޭނާ ހޯދަނިކޮށް އޭނާ ފެނުނީ ފަޅު ގޯއްޗެއްގެ ވަޅުގަނޑަކަށް އެއްލާލާފައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ފެންނަން ހުއްޓެވެ.
ތިޔައީ ހައްދު ފަހަނަ އެޅި ބަޔަކު ދިން ހަމަލާ އެކެވެ. ނޫހުގަ އޮތީ އެހެން ގޮތަކަށެވެ.
ކިތަށް މީހުން މަރައިފި ؟ މީހުންމެރި މީހުން ހިފާ ހައްޔަރު ކޮށްފަ ހަރުކަށި އަދަބު ދޭންވީކީ ނޫން ! އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤިސޯސް ހިފަންވީ ! އެކަން ކުރެވުނުތަ ؟ ނުކުރެވުނެއްނު ؟ އެހެންވެއްޖިއްޔާ އަދިވެސް މީހުން މަރާނެ !
ސަރުކާރު ވަރަށް ބިސީ. ގުޑު ގުޑާ ދޫނި މެގަ ޕްރޮޖެކްޓް ހިނގަނީ.