މޫސުން ގޯސްވުމުގެ ސަބަބުން ފަސް އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓިއާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހަވީރު 18:30 އިން ފެށިގެން މިރޭ 00:30 އާއި ހަމައަށް އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މެޓުން ވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 00:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވެސް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

އެހެން ކަމުން މިރޭ މުޅި ރާއްޖެއަށް ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު